އިންޑިއާގައި ކޮވިޑް-19 ފައްސިވި މީހުންގެ އަދަދު 25 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި އެ ގައުމުން 263،533 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދަކީ 4،329 އެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން ދާއިރު، އަވައްޓެރި އިންޑިއާގައި ކޮވިޑުގެ ހާލަތު ވަނީ ގޯސްވެފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެގައުމުން ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެ، މަރުވާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 25.23 މިލިއަން މީހުން ކޮވިޑަށް ފައްސި ވެފައިވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 278,719 އަށް އަރާފައެވެ.

މިއީ ދުނިޔޭގެ ހުރިހާ ގައުމަކަށް ބެލިކަމުގައިވިޔަސް ކޮވިޑަށް އެހާ ގިނަ މީހުން ފައްސިވި ދެވަނަ ގައުމެވެ. މި ލިސްޓުގެ އެއްވަނާގައި އޮތީ އެމެރިކާއެވެ.

އިންޑިއާގއެ ހާލަތު ކޮންޓްރޯލް ނުވާ ވަރަށް ވުރެ ބޮޑަށް ގޯސްވި ނަމަވެސް މަޑު މަޑުން ފައްސިވާ މީހުންގެ ނިސްބަތް ދަނީ ދަށަށެވެ. އެގޮތުން، މިދިޔަ ހަފްތާގައި ވަނީ ކޮވިޑް ވޭދަނަތައް މަދުވާން ފަށާފައެވެ.

އިންޑިއާގައި ފެތުރެމުންދަނީ ކޮވިޑްގެ ބީ.1.617 ވޭރިއެންޓެއް ކަމަށް ވެއެވެ. އަދި އެއޫނުރައްކާތެރި ވޭރިއެންޓެއް ކަމަށް ދިރާސާ ތަކުން ދައްކައެވެ. އަދި އެ ވައްތަރު 44 ގައުމަކުން ފެނިފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ހަގީގީ އަދަދު ތައް ނޭނގެ އެވެ.

  2. ވޭރިއަންޓް

    ކުދިންނޭ އަނެއްކާވެސް އިންޑިއާގެ ޒުވާން އަދި ދުވަސްވީ މީހުނާ ބޮޑެތި ޢާއިލާތައް އެކުގައި މަގުމަތިން ފެންނަން ފަށައިފި އަނެއްކާވެސް ދިވެހިން ވޭރިއަންޓްވަނީކަންނޭނގެ ހޭއަރާ ރައްކާތެރިވޭ