އިސްރާއިލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. ވޭތުވެދިޔަ ހަތް ދުވަހު ކުޑަ ކުދިން ވެސް ތިބެން ޖެހުނީ ރޭގަނޑުގެ އަރާމު ނިދިން ވެސް މަހުރޫމު ވެފައެވެ.

ފަހަރަކަށް ވުރެ ފަހަރެއް ހަމަލާތައް ދަނީ ވަރުގަދަ ވަމުންނެވެ. ހަމަލާގެ އަޑަށް ތުއްތު ކުދިން ބިރުން އައިސް މަންމަގެ ގައިގައި އޮޅުލައިގަނެއެވެ. މި ވާހަކަ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ތުއްތު ހަތަރު ކުދިންގެ މަންމަ އެއް މި ވަނީ ކިޔާދީފައެވެ.

ކުދިންގެ ފޮޓޯއެއް

އޭނާ ބުނެފައިވަނީ އުމުރުން ހަތް އަހަރުގެ ދަރިފުޅު ބޮމުގެ ހަމަލާ ތަކުގެ އަޑަށް ބިރުން އުޅުނު ކަމަށެވެ. ބާރަށް ހިތް ތެޅެމުން ދިޔައިރު އެކުއްޖާ ބިރުން ތުރު ތުރު އަޅާ ކަމަށް މަންމަ ބުނެފައިވެއެވެ.

"ކުއްލި ސިހުމަކާއި އެކު ދެން ފެނުނީ ކުޑަދޮރުން ކޮޓަރި ތެރެއަށް އަލިފާންގަނޑު ވަންނަން ފެށި މަންޒަރު، ލިބުނު ސިހުމާއި އެކު އޭނާގެ ދަރިން އެއްއަޑަކުން އެކަން ހުއްޓުވާށޭ، މަރުވަނީ އޭ ކިޔައި ހަޅޭ ލަވައިގަތް". އެ ޕޯސްޓުގައި ލިއެފައިވެއެވެ.

ހަމަލާ ދެމުން ދިޔަ ވަގުތުގެ މަންޒަރެއް

މިއީ ޣައްޒާގައި ދިރިއުޅޭ އާއިލާ ތަކުގެ ހާލަތެވެ. ހަމަލާއެއް ލިބިދާނެ ކަމަށް ބިރުން ތިބޭ މީހުން މަދެއް ނޫނެވެ.

"މަރުވާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުން އެސްޓްރޮނައުޓްއަކަށް ވާން. އޭރުން މިތަން ދޫކޮށް ސްޕޭސްއަށް ގޮސް އުޅެވޭނެ. ހަމަ ޔަގީން އެތަނުގައި ރައްކާތެރި ވާނެކަން. މަންމާ! އާދޭސް ކޮށްފައި ބުނަން އަހަރެން ގައިގައި ބާރަށް ހިފަހައްޓާލަދީ" މިއީ އެ އަންހެން މީހާގެ ދެ ދަރިން ގޮވައިގެން އެޕާޓްމެންޓް ދޫކޮށް ނިކުތުމުން، ފަސް އަހަރުގެ ކުއްޖާ ދެއްކި ވާހަކަ ކަމަށް ބުނެފައިވެެއެވެ.

އަޑު މަޑު، ރައްކާތެރި، އަމާން ސަރަހައްދަކަށް ދިޔުމަށް ޣައްޒާގެ ކޮންމެ މީހަކު ވެސް އެދެެއެވެ. ކޮންމެ ފަހަރަކު ރައްކާތެރި ވާނެ ކަމަށާއި، ހަމަލާގައި ޒަހަމްވާ ބައެއްގެ ތެރެއިން އެ ތުއްތު ކުދިން ނުވާނެކަމަށް ބުނެ ހިތްހަމަ ޖައްސާލަދޭން ޖެހޭ ކަމަށް އޭނާ ކުރި އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އެ ހަމަލާ ތަކުގެ އަޑު ބާރުކަމުން ކަންފަތަށް އަނިޔާއެއް ލިބުނީ ކަމަށް ހީކުރެވޭ ފަހަރު ވެސް އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.

ޣައްޒާގައި ހަމަލާތަކުގެ އަޑު ނުކެނޑޭތާ ހަތްދުވަސްވެފައިވާއިރު، އެ ސަރަހައްދުގެ އެތައް ތަނެއް ވަނީ ސުންނާފަތިކޮށްފައެވެ. އަދި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެރަވޭ

    މާޝާﷲ.. ވ.ލޯބި ކުދިން ތަކެއް!!މިފަދަ އެތައް ކުދިންތަކެއް ފަލަސްތީނުގަ އުޅޭ ނިކަމެތި ހާލު ފެނުނީމަ އަދި އެކުދިންގެ ވާހަކަ އަޑު އިވުނީމަ ހިތަށް ވ.އަސަރުކުރޭ..

    101
    1
    • ޔިއާ

      މި ޑިސް މައިކު ދެނީ އިސްރާއީލަށް ސަޕޯޓް ކުރާ އެތިން ދޯ😓

      33
      1
  2. އިންނާ ﷲ

    ކޮބާ އެއްހަށިގަނޑެއްފަދަ މުސްލިމް އުއްމަތް؟

    38
  3. ޓްރައުމާ!!

    އެކުދިންނަށް އެނޫން ދުނިޔެއެއް ނުފެންނާތީ ހީކުރަނީ މުޅި ދުނިޔޭގައިވެސް އޮންނާނީ ގާޒާ ގޮތަށް ހަމަނުޖެހުން ކަމަށް.

    38