އިސްރާއީލްގެ އަނިޔާވެރި ޔަހޫދީ ސަރުކާރުން ވަނީ މުޅި ޣައްޒާ ހިސޯރުކޮށްފައެވެ. ޣައްޒާ އަށް އެހީގެ ތަކެތި ހިފައިގެން ވަދެވޭނެ ހުރިހާ މަގެއް ވަނީ ބަންދުކޮށްފައެވެ. ފަލަަސްތީންގެ އެހެނިހެން ސަރަހައްދުތަކާއި ޣައްޒާ އާއި ދެމެދު ވަނީ ފާރެއް ރާނާ ވަކިކޮށްފައެވެ. މިސްރަށް ޕްރެޝަރު ކޮށްގެން ޣައްޒާ އާއި މިސްރު ގުޅޭ ސަރަހައްދީ އިން ވެސް ގިނަ ފަަހަރަށް އޮންނަނީ ބަންދުކޮށްފައެވެ.

ހާލަތު މިހެން އޮތުމުން ޣައްޒާގެ ހުރިހާ ރައްޔިތުން ވެސް ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައެވެ. ވަޒީފާގެ ފުރުސަތެއް ނެތެވެ. ގިނަ ބަޔަކު ވަނީ ދިރިއުޅޭނެ އެކަށީގެންވާ ބޯހިޔާވަހިކަމުން މަހްރޫމް ވެފައެވެ.

ނަމަވެސް ޣައްޒާގައި އުޅޭ މުސްލިމް އަހުންނާއި އުހުތުން ދަނީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ނަމޫނާ ދައްކަމުންނެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމުގެ މިސާލު ޣައްޒާގެ ކޮންމެ ރައްޔިތަކު ވެސް ދަނީ ދައްކަމުންނެވެ.

މިއީ އެފަދަ އެންމެ ވާހަކައެކެވެ.

ފަސް މީހުން ހިމެނޭ ޣައްޒާގެ އާއިލާއެއް އެއް ކޮޓަރީގައި، ނިދައި ކައިބޮއެ ހަދާތާ ހަތް އަހަރު ފަހުން ޣައްޒާގެ ގިނަ ބަޔަކު އެހީތެރިވެގެން އެއާއިލާ އަށް މިވަނީ ދެކޮޓަރި އާއި ފާހާނާ އަކާއި ބަދިގެއެއް ހިމެނޭ ގެއެއް އަޅައިދީފައެވެ.

އާއިލާގެ ހުރިހާ މެންބަރުން އެއް ކޮޓަރިއެއްގައި ހަތް އަހަރު ވަންދެން އުޅެން ޖެހުނީ އާއިލާގެ އެއްވެސް މެންބަރަކަށް ވަޒީފާ އެއް ލިބިފައި ނެތުމުން އާންމުދަނީ ނުލިބޭތީއެވެ.

ހާއްސަ އެހީއަށް ވެސް ބޭނުންވާ ކުއްޖަކު ހިމެނޭ އާއިލާ އަށް އެމީހުންގެ އަވައްޓެރިން ދިން އީދު ހަދިޔާ އެއާއިލަ އިން ވަރަށް ޝުކުރުވެރިކަމާއި އެކު ވަނީ ބަލައިގެންފައެވެ.

ނިކަމެތި އާއިލާ އަށް ވަރަށް ހާލުގައި އުޅޭ ޣައްޒާ ރައްޔިތުން ވެދިން އެހީތެރިކަން ދުނިޔޭގެ އެތައް ބަޔަކު ވެސް ދަނީ ފާހަގަ ކުރަމުންނެވެ.