އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެގައުމުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ ސިފައިންގެ މީހާ ބަންދުކޮށްފައިހުރީ، އަލަށް ހުޅުވި ނީވެ ޓްޒެޑެކް ޕްރިޒަން ކޮމްޕެލްކްސްގައެެވެ. އެ ޖަލަކީ އައިޑީއެފް މިލިޓަރީ ފުލުހުން ހިންގަމުންދާ ޖަލެކެވެ.

އޭނާ މަރުވެފައިވަނީ ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އިސްރާއީލްގެ ޑިފެންސް ފޯސް އިން ބުނެފައި ވެއެވެ. އޭނާގެ މަރާއެކު ސިފައިންގެ އިންޓާނަލް އެފެއާރޒް މިނިސްޓްރީން ވަނީ ޙާއްސަ ތަހުގީގެއް އެކަމާއި ގުޅިގެން ފަށާފައެވެ.

އެ ސިފައިންގެ މީހާ މަރުވީ އަމިއްލައަށް ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ މަރުވެފައި ވަނީ ކިހިނެއްކަން އަދި އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. އެކަން ހާމަ ކުރާނީ ތަހުގީގަށް ފަހު ކަމަށް ސިފައިންގެ ޓީމުން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ޖަލެއްގައި އެގައުމުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވިއިރު، އިސްރާއީލުގެ ސިފައިންނާއި ރައްޔިތުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަހަމް ވެފައެވެ.

އެ މައްސަލާގައި ދުނިޔޭގެ ބައެއް ގައުމުތަކުން އިސްރާއީލާއި ދެކޮޅަށް ނުކުމެފައިވާއިރު، އިސްރާއީލުން ވަނީ ހަމަލާތައް ނުހުއްޓާނެ ކަމަށް ބުނެފައެވެ. އަދި އެފަދަ ހަމަލާތަކެއް ހުއްޓާލާނީ ހަމާސް ޖަމާއަށް މައިތިރިވުމުން ކަމަށާއި ގައްޒާ ބިމާއި ހަމަކޮށްލާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދުނިޔެ

    ކަލޭމެން ހަބަރު ލިޔާ އިރު ތަންކޮޅެއް ވާނުވާ އިނގެން އެބަޖެހޭ މިހާރު. އިޒްރޭލް ކިޔާ ގައުމެއް ދުނިޔެ އަކު ނޯވޭ. ރަނގަޅަށް މައުލޫމާތު އޮޅުން ފިލުވަބަލަ.

    56
    6
    • ދަ ހައިޖެކްޑް ސްޓޭޓް

      އިސްރާއީލް ކިޔާ ޢައިރު ޤާނޫނީ ދައުލަތެއް ފަލަސްތީނުގެ ބިން ފޭރިގަނެގެން އުފައްދާފައި އޮވެއެވެ.

      56
      3
    • ކަނީރު

      ކޮންތާކު އޮތް ޗާޓެއްބަލައިގެން ތިހެންތިބުނީ. ހިތް ކިތަންމެވަރަކަށް ނުރުހުނަސް ހަގީގަތް އޮޅުވާލުމަކީ ދެރަކަމެއް. މަޢުލޫމާތު ދޮގުކުރެވެނީ. އަޅުގަނޑުވެސް ބޭނުމެއްނުވޭ އިޒްރާއީލް ކިޔާ ޤައުމެއް އޮންނާކަށް. އެކަމު ތެދު، ދޮގަކަށް ނުހެދޭނެ

      8
      1
    • ައަލީ

      ރާއްޖެތެރޭ މީހުނަކައް ވާނުވާއެއް ނޭގޭނެ. 5 މަދުވާނެ.

      2
      4
      • އާން އެހެންނަ

        އާން އެކޮޔެ އެއްޗެހިތައް ހަމަ ކަމުން ނަމާ އެއްޗެހި ލިޔެލި އިރު ހުރިހާ ފިއްޔެއް ހަަމައަށް އެހުރީ....؟ އެކޮޔެ އަންނަގަ ރާއްޖެތެރަށް ދިވެހި ކިޔަވައިދޭނަން.... އެކޮޔެ ޔޫރަޕު ދޮތަ...؟

  2. ތާރީޚަށް ކަޅިޔެއް

    އިޒްރޭލު ނުވަތަ ޔަހޫދީ ދައުލަތް 1948 ވަނަ އަހަރު މޭ މަހު 15 ވަނަ ދުވަހު ކަންޢާނީންގެ ވަޠަނުގާ (ފަލަސްތީނުގެ އަސްލު ވަޒަންވެރިން) ނުވަތަ ފަލަސްތީނުގެ ބިމުގާ އިއުލާނު ކުރެވުނީ އިނގިރޭސީން ފަލަސްތީނު އިސްތިއުމާރު ކޮއްގެން އޮތުމަށް ފަހު އެމީހުން ފޭބި ތާރީޚުގާ. އޭގެ ކުރިން އެތަނަ ކީ ޔަހޫދީންގެ އަސްލެއް ފަސްލެއް ވަސްލެއް ވެސް އޮތް ތަނެއް ނޫން. އިސްރާއިލީ ދައުލަތަ ކީ ދުނިޔޭގެ އެ ކި ކަން ކޮޅުތަ ކުން މަ ކަރުވެރި ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުފައްދާފާ އޮތް ޤައުމެއް. ތިލަ ކޮށް ބުނަންޏާ ބައެއްްގެ އަމިއްލަ ބިމުގާ އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓުންނާ އަނިޔާވެރިއެމެރި ކަޔާ އަނިޔާވެރި ހުޅަނގުގެ އިސްތިއުމާރީ ބާރުތަ ކުން ސިނާޢީގޮތުން އުފައްދާފާ އޮތް ޤައުމެއް.
    ތަނުގެ ތާރީޚަ ކީ އެއީ މުސްލިމުންގެ ބިމެެއް. މުސްލިމުންގެ ޙައްޤެއް. އެތަނަ ކީ އެއްވެސް އިރެއްގާ ރަސޫލުންގެ ދޫފުޅުން ލައުނެތަލެއްވިގެންވާ ޔަހޫދީންގެ ތަނެއް ނޫން. އަދި އެމީހުންގެ ކާބަފައިންގެ ތަނެއްވެސް ނޫން.
    ދޭތެރެޔަ ކުން ފޭރިގަނެ މީ ތިމާމެންގެ ތަނެ ކޭ ކިޔާ އަތްގަދަ ކޮށްލުން ފިޔަވާ އެއްވެސް ޙުއްޖަތެއް ދަލީލެއް އެމީހުންނަ ކަށއ ނުދެއް ކޭ.

    9
    2
  3. މޭނާ

    އަލީ ތީ ހަތަރު މަތިފުށް މާލޭ ބޭފުޅެއްބާ

  4. ކޮންމެވެސް

    އިސްރާއީލުމީހުން މަރުވުމަކީ އުފާވެރިކަމެއް