ހަމާސް އިން މިއަދު އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލުން ދެމީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމާސް އިން ފޮނުވާލި ހަމަލާއެއް އަމާޒުވެގެން މަރުވެފައި ވަނީ އެގައުމުގައި މަސައްކަތް ކުރާ ތައިލެންޑްގެ ދެމީހުންނެވެ. ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެނީ އިސްރާއީލް މީހުންނެވެ. އަށް މީހަކު ވަނީ މިހަމަލާގައި ޒަހަމްވެފައެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.

އިސްރާއީލް ސަރުކާރުން ބުނާ ގޮތުގައި މިހަމަލާ އަމާޒުވި ސަރަހައްދުގައި މަސައްކަތް ކުރަން ބަޔަކު ތިބީ ސަރުކާރުން އާއްމުކޮށްފައިވާ ގައިޑްލައިނާއި ހިލާފަށެވެ. މިހާރު އިސްރާއީލް ސަރުކާރުން އާއްމުކޮށްފައިވާ ގައިޑްލައިން ބުނާ ގޮތުގައި މިދުވަސްވަރު ވަކިސަރަހައްދުތަކެއްގެ ބޭރުގައި މަސައްކަތް ކުރެވޭނީ ކައިރީގައި ރޮކެޓް ހަމަލާތަކުން ރައްކާތެރިވެވޭނެ ބިންގަރާހެއް ހުރިނަމައެވެ. ނަމަވެސް މިހާދިސާ ހިނގި ސަރަހައްދުގައި އެފަދަ ބިންގަރާހެއް ނެތް ކަމަށް ވެއެވެ.

އިސްރާއީލުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން ހަމާސް އާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން އަންނަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް ފެށިފަހުން މިހާތަނަށް އިސްރާއީލުން ވަނީ 12 މީހަކު މަރުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 212 މީހަކު ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި 61 ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

އިސްރާއީލުން މިހާރު ވެސް ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް މެދުކަނޑާލަން ބައިނަލްއަޤުވާމީ ދުނިޔެ އިން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް އަދި އިސްރާއީލުން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަކަރުވެރި ޔަހޫދީން

    އިޒްރޭލުން ތެދެއް ހަދާނެތަ! އިޒްރޭލުން މަރުވި މީހުންގެ އަދަދުތައްވެސް އޮތީ ވަންހަނާ ކޮށްފައި.

    28
    2
  2. ފަރުދީޒިއްމާ

    ޔާﷲ ޔަހޫދިން ނިކަމެތިކުރައްވައި ބަލިކަށި ކުރައްވާދޭވެ. މިިހަގުރާމައަކީ ކާފަރުންނަށް ޚާއްސަކޮށް ޔަހޫދިންނަށް އިބުރަތެއް ކަމުގައި ލައްވައި މުސްލިމުންނަށް ނަސްރާއި ފަތަހަ މިންވަރު ކުރައްވާށެވެ. ބަރުހަތިޔާރަކީ މުއުމިނުންގެ ކުރިމަތީގައި އަގެއްނެތް އެއްޗެއްކަމުގައި ލައްވައި މުސްލިމުން އެއްބައި ކުރައްވާފާދޭވެ. މުސްލިމުންނަށް ކާމިޔާބީއާއި ފަލާހާއި ނަސްރު ދެއްވާދޭވެ. މުނާފިގުން އަރަގުކުރައްވައި ބޭޒާރު ކުރައްވާފާދޭވެ.

    31
    2
    • ފަންޑުފޮށި

      امين امين امين امين

      15
      1
  3. މޭނާ

    އާމީން