23:48

އިސްރާއީލްގެ ނެޓިވޮޓް އަށް ރޮކެޓް ހަމަލާއެއް ދީފި. ހަމަލާ އަމާޒުވީ ގެއަކަށް. ނަމަވެސް އެއްވެސް މީހަކަށް މިހަމަލާގައި ގެއްލުމެއް ނުލިބޭ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނޭ.

23:45

އިސްރާއީލާއި ހަމަލާތައް ބަދަލުކުރުން އެއީ ބޮޑެތި ގުރުބާނީތަކެއް ވާންޖެހޭ ކަމެއްކަން އެނގޭ ކަމަށާއި ނަމަވެސް އެއީ މިނިވަންކަން ހޯދުމަށާއި ގުދުސް ރައްކާތެރިކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިސްލާމިކް ޖިހާދުގެ ލީޑަރު ޒައިދު ނަކްލީހް ވިދާޅުވެއްޖެ.

19:44

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަނީ ނިރުބަވެރި ހަމަލާތަކެއް ކަމަށާއި އެފަދަ އަމަލުތަކަށް ބައިނަލްއަގުވާމީ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ

19:03

އެމެރިކާގެ ލޮސް އެންޖެލަސް ގައި ދިރިއުޅެމުން އަންނަ އިސްރާއީލުގެ ގިނަ އަދަދެއްގެ ބަޔަކަށް ފަލަސްތީނުގެ ރައްޔިތުން ހަމަލާ ދީފި. އެމީހުންނަށް ހަމަލާ ދީފައިވަނީ އެސިޓީގެ ރެސްޓޯރެންޓެއްގައި ކާން ތިއްބާ ކަމަށް ރިޕޯޓްތަކުން ބުނޭ.

19:02

އިސްރާއީލުގައި ތިބި ފަލަސްތީނުގެ 58 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެފި. އެމީހުން ހައްޔަރު ކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އަދި ސާފު ވެފައެއް ނުވޭ

18:30

މިއަދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި ފަލަސްތީނުގެ އާއިލާއެއްގެ އަށް މީހަކު މަރުވެފައިވަނީ ޣައްޒާއިން ފޮނުވާލި ރޮކެޓަކުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

18:17

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުން ގެނެސްދޭ އަލްޖަޒީރާގެ އަރަބިކް ސްޓްރީމް ވަކި އުމުރެއްގެ ބަޔަކަށް ފެންނަ ގޮތަށް ޔޫޓިއުބުން ހަދައިފި

17:56

އިސްރާއީލްގެ ދެކުނު ސަރަހައްދަށް ގިނަ އަދަދެއްގެ ރޮކެޓްތަކެއް އަމާޒުވެއްޖެ. މިހާރު އެ ސަރަހައްދުގެ ބައެއް ތަންތަނުގައި ދަނީ ރޯވަމުން، ރޯވި ތަންތަނުން އަލިފާން ނިއްވުމުގެ މަސައްކަތްތައް ކުރަމުން ދޭ،

ރޮކެޓް ހަމަލާ އަންނަ ކަމުގެ ސައިރެން ކިރްުޔަތް މަލަޗީގައި ދަނީ އަޅަމުން.

17:37

އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެގައުމުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

17:04

އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާ ތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ގެދޮރުތަށް އަލުން އިމާރާތް ކުރުމަށް މިސްރުން 500 މިލިއަން ޑޮލަރުގެ އެހީއެއް ޣައްޒާއަށް ދޭން ނިންމައިފި

14:41

އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގައި ޒަހަމްވި ކުޑަ ކުއްޖެއް.
އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގައި ޒަހަމްވި ކުޑަ ކުއްޖެއް.

14:39

އިސްރާއީލްގެ ހަމަލާތަކުގައި އަނިޔާވި މީހެއް ހޮސްޕިޓަލަށް ގެންދަނީ.

14:35

މިއީ ޣައްޒާ އަށް އުފަން އުމުރުން ތިން އަހަރުގެ މެނާ ޝިރެއާ. އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އެ ކުއްޖާ ވަނީ ޒަހަމްވެފައި.

13:39

އިސްރާއީލް ސިފައިން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ ދެކުނުގެ ރަފާހްގައި ހުންނަ ކުވައިތީ ހޮސްޕިޓަލަށް ގެއްލުންތަކެއް ލިބިއްޖެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާތަކުގައި އެ ހޮސްޕިޓަލަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވޭ.

 

13:29

އިސްރާއީލް ސިފައިން ރޭގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކުގައި ބައެއް ގެތައް ބިމާ ހަމަކޮށްލި. ރެއަކީ އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް މި ފަހުން ހަމަލާދޭން ފެށި ފަހުން އެންމެ ވަރުގަދަ ހަމަލާތަކެއް ދިން އެއް ރޭ.

13:23

އިސްރާއީލް ސިފައިން ޣައްޒާ އަށް ރޭ ބޮން އެޅުމުގެ ސަބަބުން ފަލަސްތީންގެ ނޫސްވެރިއަކު ވަނީ ޝަހީދުވެފައި. އިސްރާއީލް ސިފައިން ބޮން އަޅާފައި ވަނީ އެ ނޫސްވެރިޔާ ދިރިއުޅޭ ގެއަށް.

ފަލަސްތީނުގެ ނޫސްވެރިޔާ
ނޫސްވެރިޔާ ޖަނާޒާ ކުރިއަށް ދަނީ.

12:22

ހަމާސް އިން އިސްރާއީލްގެ ހައަސްކަރީ މަރުކަޒަކަށް ހަމަލާދީފި.

12:20

އިސްރާއީލް ސިފައިން ބައިގަޑިއިރެއްހާ އިރު ތެރޭގައި ފަލަސްތީންގެ ޣައްޒާއަށް 122 ބޮމުގެ ހަމަލާދީފި.

10:48

ހަމާސް އިން އިސްރާއީލްގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި.

10:33

އިސްރާއީލުން ރޭ ޣައްޒާއަށް ދިން ހަމަލާއެއްގައި ދެމަފިރިއަކާއި އެމީހުންގެ ފިރިހެން ދަރިފުޅު ވަނީ ޝަހީދުވެފައި.

08:57

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން ބޭނުންވާ ހުށަހެޅުމުގެ ކޮޕީއެއް ފުރާންސުން ތައްޔާރުކޮށް ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ފޮނުވައިފި.

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ތިން ފަހަރެއްގެ މަތިން އެމެރިކާ އިން ވަނީ މިހާތަނަށް ހުއްޓުވާފައި.

08:55

ހަމަލާތައް ހުއްޓާން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ބޭނުންވާ އެމެރިކާ އިން ބުނުމުން އަދި ނުފުދޭކަމަށާއި ހަމަލާތައް ހުޓުވުމަށް އެމެރިކާ އިން ކުރާ މަސައްކަތެއް ވެސް ދައްކަން ފަލަސްތީނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރު ގޮވާލައްވައިފި.

އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ދިގުދެމިގެން ދާއިރު އަދިވެސް އިސްރާއީލްގެ އަނިޔާވެރިކަން ދުވަހަކަށްވުރެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 212 މީހަކު ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި 61 ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އިސްރާއީލުން މިހާރު ވެސް ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް މެދުކަނޑާލަން ބައިނަލްއަޤުވާމީ ދުނިޔެ އިން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް އަދި އިސްރާއީލުން ނުގެންގުޅެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް މިވަގުތައް ހުއްޓާލަން އިސްރާއީލް އަސްކަރިއްޔާގެ އިސް ޖެނެރަލުން ވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް ލަފާދީފައެވެ. ނަމަވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. އެއީ އިސްރާއީލްގެ ހަރުކަށި ފިކުރުގެ މީހުންގެ ތާއިދު ހޯދަން ނަތަންޔާހޫ ކުރާކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ފަލަސްތީން މަސްރަހުގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. فَلَسْطِيْنٌ

  "އިސްރާޢީލުގެ ހަމަލާއެއް ޣައްޒާގައި ހުރި ހޮސްޕިޓަލަކަށް އަމާޒުވެއްޖެ" އެއް ނޫން.
  "ޣައްޒާގެ ހޮސްޕިޓަލަށް އިސްރާޢީލުން ގަސްތުގައި ހަމަލާ ދީފި"

 2. فَلَسْطِيْنٌ

  "އިސްރާޢީލުން ދިން ހަމަލާއެއްގައި އަނިޔާވި" އެއް ނޫން
  "އިސްރާޢީލުން ހަމަލާ ދީ އަނިޔާ ކުރި"

 3. ޢަހު

  މަހޫދު ތިޔަ އުލުއްވަނީ އޮޅިވަޑައިގެން. ތިތަޅާފޮޅަމީ އެއް އާއިލާއެއް. އާއިލީ ކަންކަމަކަށް އެހެމް މީހުން ނުވަންނާނެ.