ހަމާސް އިން އިސްރާއީލްގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފިއެވެ.

ހަމާސް އިން ބުނީ އެޖަމާއަތުން ރޭ ފޮނުވާލި ރޮކެޓް ހަމަލާތަކެއް އަމާޒުވީ އިސްރާއީލްގެ އެއާފޯސްގެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ. އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ އަސްކަރީ މަރުކަޒުތައް ހުންނަ ގިނަ ސަރަހައްދުތަކަކުން ރޭ ވަނީ ރޮކެޓް ހަމަލާތައް އަމާޒުވާއިރު އަޅާ ސައިރަން އަޅާފައެވެ.

ނަމަވެސް އަސްކަރީ މަރުކަޒަކަށް ހަމާސްގެ ހަމަލާއެއް އަމާޒުވިކަމަކަށް އިސްރާއީލުން އެއްބަހެއް ނުވެއެވެ. އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން ބުނީ އަސްކަރިއްޔާގެ މަރުކަޒަކަށް ހަމަލާއެއް އަމާޒުވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ ހަމާސްގެ އަސްކަރީ ގޮފި ގައްސާމް ބްރިގޭޑުން އިސްރާއީލްގެ ހަސިޓީއަކަށް ރޭ ރޮކެޓް ހަމަލާތައް ދީފައިވާ ކަމަށެވެ. ހަމާސް އިން ހަމަލާދިން އަސްކަރީ މަރުކަޒަކީ އިސްރާއީލްގެ މެދުތެރޭގައި ހުންނަ އަސްކަރީ މަރުކަޒެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

އިސްރާއީލަށް ޣައްޒާއިން ދެމުން ގެންދާ ހަމަލާތައް އަދިވެސް މަޑުޖެހުމެއް ނެތި ކުރިއަށް އެބަގެންދެއެވެ. އިސްރާއީލުން އެތައް ހަމަލާއެއް ދެމުން ގެންދާއިރު ވެސް ހަމާސް އާއި އަދި ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ އެހެން ޖަމާޢަތްތައް ފަހަތައް ނުޖެހި ހަމަލާތައް ދެމުން ދިއުމަކީ އިސްރާއީލަށް ވެސް ލިބޭ ވަރަށް ބޮޑު ހައިރާންކަމެއް ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

އިސްރާއީލުން ރޭ ވަނީ ޣައްޒާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ. ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ☝☝

  ﷲ އީ ކުޅަދުންވަންތަ ރަސްކަލާނގެ
  ﷲ ފަލަސްތީންއައް މިބުރު ނަސްރު ދެއްވާނެ
  70 އަހަރުވަނީ ... ﷲ ބައްލަވާ ވޮޑިގެންވޭ ހުރިހާ ކަމެއްވެސް
  70 އަހަރު ވި އިރުވެސް އެބިމެއް އެމީހުނަށް ނުހިފުނު އިންސާﷲ ނުވެސްހިފޭނެ
  ޤުރުއާން ގަ އަންގަވާފަ އެއޮތީ އެބިމުން މީހުން ހުސްނުކުރެވޭނެ ކަމަށް
  ޔާ ﷲ ޔަހޫދީން އިސްރާއީލް އަދި ނަތަންޔާހޫ އިބިލިސް ބަލިކުރައްވާ ވޭންދެނިވި ކޯފާއެއް ފޮނުއްވާ
  ދުނިޔޭގަ ތިބި މީހުންނައް ބޮޑު ފިލާވަޅެއް ކަމުގާ ލައްވާ

  21
 2. ރަބަރޭ

  ތިޔަ ހަބަރަ ކީ ތެދެއް ވެއްޖެއްޔާ ވަރަށް އުފާވެރި

  21
 3. އެޖެންޑާ2021

  އިސްރާއީލަކީ އަހަރެން ކުޑައިރުއްސުރެންވެސް ވަރަށް ނުބައި ހައްދުދަހަނައަޅާފަވާބައެއްކަމަށް ޤަބޫލުކުރަން. އެއީ ދުނިޔެފަސާދަކޮށް ދުނިޔެ ޚަރާބުކުރާބައިވަރުގަނޑު. އެބައިގަޑަކީ އެންމެން
  މަސައްކަތްކޮއްވެސް އެތަނުން ފޮހެލަންޖެހޭޤައުމެއް.