ދުނިޔެ އިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ފަހުން އެއް އަހަރާއި ހަ މަސް ވެފައިވާ އިރު، އަވަށްޓެރި އިންޑިއާ އަށް ވަނީ ކޮވިޑުގެ ދެ ވަނަ ރާޅާއެކު ކޮންޓްރޯލް ނުވާ ވަރަށް ހާލަތު ގޯސް ވެފައެވެ. މި ބަލީގައި ދުނިޔެއިން އެތައް ބަޔަކު މަރުވެފައިވާ އިރު، ވައިރަހަށް ނިމުމެއް އަންނާނީ ކޮންއިރަކުން ކަމެއް ނޭނގެއެވެ. ނަމަވެސް، ވައިރަސް އުފެދުނު ގޮތާއި، ވައިރަހާއި ޗައިނާ އާއި ގުޅުން ހުރި މިންވަރެއް ހޯދުމަކީ ވެދާނެ ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ވައިރަސް އުފެދިގެން އައިސްފައިވާ ގޮތް ބެލުމަށް ދިރާސާ ތަކެއް ކޮށްފައެވެ. ޖަނަވާރެއްގެ ސަބަބުން އުފެދިގެން އުޅޭ ވައިރަހެއް ކަމަށް އެ ދިރާސާ ތަކުން ދެއްކި ނަމަވެސް، ބައެއް މީހުން ބުނަމުން އައީ ޗައިނާގެ ލެބޯޓަރީ އެއްގައި ވައިރަސް އުފެއްދި ކަމަށެވެ. އެކަމާ ގުޅޭ ޑޮކިއުމެންޓް ތަކެއް ލީކް ވެފައިވެއެވެ.

ވައިރަހުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވަމުން ދާއިރު، ވައިރަސް އުފެދިގެން އައިގޮތް ހޯދުމަކީ މުހިންމު ކަމެކެވެ. އިންޑިއާގައި މިހާރު ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، ބައެއް މީހުން ބުނަމުން ދަނީ އެއީ ގަސްތުގައި އެގައުމަށް ދީފައިވާ ވައިރަހުގެ ހަމަލާއެއް ކަމަށެވެ. މިހެން ބުނެފައިވަނީ އިންޑިއާގެ އަވައްޓެރި ގައުމަކަށް ވައިރަސް ފެތުރި ބޮޑުވަރު ވެފައި ނުވުމާއި އެކު ޗައިނާގެ އިގްތިސާދު ދުވަހަކަށް ވުރެ ދުވަހެއް މުއްސަނދިވަމުން ދާތީއެވެ. ކޮވިޑް ފެތުރެން ފެށުމާއެކު ގައުމުތައް ފުރަބަންދު ކުރި ދުވަސްތަކުގައި، އެމެރިކާ ހިމެނޭހެން ހުރިހާ ގައުމެއްގެ އިގްތިސާދު ދަށަށް ގޮސްފައިވާއިރު، ޗައިނާއަށް ލިބިފައިވަނީ އިގްތިސާދީ ކުރިއެރުމެކެވެ.

2017 ވަނަ އަހަރުގެ 'ޑިފެންސް ޕްރޮގްރާމު'ގެ ތެރެއިން ސާސް ވައިރަސް އާއި ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. ވައިރަސް ފެތުރެން ފެށުމާއި އެކު މިދިޔަ އަހަރުގެ މާރޗް މަހު ޗައިނާގެ ލެބުން ވަނީ ސީނިއާ ފެކަލްޓީއަށް ވެކްސިން ފޮނުވައިފައެވެ. އެހެން ކަމުން، ވައިރަހުގެ ޕްރޮގްރާމަކީ ފުރާނައަށް ގެއްލުން ވާގޮތަށް ކުރިއާލާ ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުުހުމަތު ކުރެއެވެ.