އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 25 އަހަރުގެ އާސިފު ޚާނާއި އޭނާގެ ދެ ބޭބެއިން ކަމުގައިވާ އުމުރުން 30 އަހަރުގެ ރާޝިދުއާއި އުމުރުން 31 އަހަރުގެ ވާސިފު ބޭސް ގަނެގެން އެނބުރި ގެއަށް އައި މަގުމަތީގައި ބަޔަކު އަނިޔާކޮށް، އެ ތަނުން އެކަކު މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ތިން ބެއިން ދަތުރު ކުރަމުން ދިޔަ ކާރު ބަޔަކު ވަށާލައި ހަޑި ހުތުރު ބަހުން އެމީހުންނާ ވާހަކަ ދެއްކިއެވެ. ކާރުތަކުގައި އައި އެމީހުން މި ތިން ބެއިންނަށް އަނިޔާ ކުރި ކަމަށްވެއެވެ. އަދި ރާޝިދު އާއި ވާސިފް ކާރުގައި ބެހެއްޓުމަށް ފަހު އާސިފް ރަހީންކޮށްގެން ގެންދިޔައެވެ.

އާސިފުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭގެ އެއް ދުވަސް ފަހުން ހަރިޔާނާގެ ސަރަހައްދަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭރު ވެސް ރާޝިދާއި ވާސިފުގެ ޒަހަމްތަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެވެމުންނެވެ.

ވާސިފު ބުނެފައިވާ ގޮތުގައި އެމީހުންނަށް އަނިޔާކުރި މީހުންނަކީ ކުރިން ވެސް އެނގޭ ބައެއް ކަމަށާއި ވަރަށް ކުރިއްސުރެ ވެސް އެދެބައިމީހުންގެ މެދުގައި ނަފުރަތު އުފެދިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އާއިލާގެ ފަރާތުން ބުނެފައިވަނީ އާސިފްމެންނަށް އަނިޔާ ކުރި މީހުން އެމީހުން ލައްވާ ''ޖެއި ޝްރީ ރާމް'' ކިޔުއްވުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މުސްލިމެއްގެ ހައިސިއްޔަތުން އާސިފު އެހެން ކިޔުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ދެ ގުރޫޕެއްގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ނަތީޖާއެވެ. މި ހާދިސާއަށް ފަހު އެ އަވަށުގެ މަގުތަކުގައި މުޒާހަރާ ކުރަން ފަށާފައިވެއެވެ. އެއީ އެމީހުންނަށް އަނިޔާ ކުރި ބަޔަކު ހޯދައި އެބަޔަކަށް އަދަބު ދިނުމަށް ގޮވާލައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    ސަރުކާރު ނެޓްވޯކް ބީޖޭޕީ އާ ހަވާލު ކުރަން ތާއީދެއް ނުކުރަމެވެ. މުސްލިމުން މަރަނީ އެވެ.

    62
    1
  2. ނުލަފާ އިންޑިއާ މީހުން

    އަދިވެސް މިމީހުންގެ ބާރު މިތަނަށް ގަދަކުރެވޭތޯ މިސަރުކާރުން އުޅެނީ.

    59
    1
  3. މަގޭގައުމު

    އިސްލާމުންގެ ލެއައްފެންބޮވާފާވާ ގެރި މޮޑީ މިގައުމުވެސް އޭނަގެބެލުމުގެދަށުގައި؟؟

    25
  4. އެދުރުބެ

    ރާއްޖޭގަ މިއުޅޭ ހަރުކަށި ފިކުރުގެ ބުދުވާޝަންގެ ގުރޫޕެއްތީ އެމީހުން އެބުނާ ގޮތަކަށް ބޯނުލަނބައިފިއްޔާ ބޮލެން ނީންނާނެ އިންނަންވާތަނުގައެއް

  5. ސަލާމާ ހެޔޮހިތުން

    އެއީ މަޑުކަށި ފިކުރުގެ މީހުން. ނަޝީދަށް އަދި އެމްޑީޕީ ބައިގަނޑަކަށް އެކަން ވާނީ ކޫލް ކަމަކަށް. އެއީ އެލެކްސް ނަޝީދުގެ ލަޝްކަރާ ގުޅުން އޮންނަ މަޑުކަށި މީހުންވީމަ

    11