މިއަދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި ފަލަސްތީނުގެ އާއިލާއެއްގެ އަށް މީހަކު މަރުވެފައިވަނީ ޣައްޒާއިން ފޮނުވާލި ރޮކެޓަކުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްމަން ޖޮނަތަން ކޮންރޮކަސް ބުނެފައިވަނީ ފަލަސްތީނުގެ އަށް މެމްބަރުންގެ އެ އާއިލާއަކީ ޣައްޒާގައި ދިރިއުޅެމުން އަންނަ އާއިލާއެއް ކަމަށާއި އެއާއިލާ މަރުވެފައިވަނީ ޣައްޒާއިން ފޮނުވާލި ރޮކެޓެއް ފެއިލް ވެގެން ޣައްޒާއަށް ވެއްޓިގެން ކަމަށެވެ.

އޭނާ ބުނީ، އެއާއިލާ މަރުވެފައިވަނީ އިސްރާއީލުން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި ނޫން ކަމަށެވެ.

"އެ ރޮކެޓަކީ އެއީ ޣައްޒާއިން ފޮނުވާލި ރޮކެޓެއް. އޭތި ވެއްޓުނީ ޣައްޒާގެ ތެރެއަށް. އެއީ އިސްރާއީލުން ދިން ހަމަލާއެއް ނޫން" އޭނާ ބުންޏެވެ.

އޭނާގެ އިތުރުން އެގައުގެ އަސްކަރިއްޔާގެ ސީނިއާ އޮފިސަރަކު ބުނެފައިވަނީ އެ ހަމަލާ ތަހުގީގު ކޮށްފައިވާ ކަމަށާއި ބެއިތް ހަނޫން އަށް ވެއްޓުނު ރޮކެޓަކީ އެއީ އިސްރާއީލުން ފޮނުވާފައިވާ ހަމަލާއެއް ނޫން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، 700 ރޮކެޓަކުގެ ތެރެއިން ބައެއް ރޮކެޓްތަކަކީ އެއީ ފަލަސްތީނުގެ އަސްކަރިއްޔާއިން ފޮނުވާފައިވާ ރޮކެޓް ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެއްޗަކީ އިސްރާއީލާއި ހަމައަށް ނުގޮސް ޣައްޒާގެ ތެރެއަށް ވެއްޓިފައިވާ ރޮކެޓް ކަމަށެވެ. އެ ރޮކެޓްތަކުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ފަލަސްތީނާއި ދެމެދުގައި ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުން ތަކުގައި މިހާތަނަށް ފަލަސްތީނުގެ ކުޑަކުދިން ހިމެނޭ ގޮތަށް 197 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙެހެ

    ޔަހޫދީން ވާނީ ހަމަ ޔަހުދީން ނައް،

    24
    1
  2. ދިފާއު ވުމުގެ ހައްގު

    "ފަލަސްތީނުގެ އަސްކަރިއްޔާއިން ފޮނުވާފައިވާ ރޮކެޓް ކަމަށާއި.." މައުލޫމާތަށްޓަކައި ބުނެލަން: ފަލަސްތީނުގެ އަމިއްލަ އަސްކަރިއްޔާއެއް ނޯވެއެވެ. އެވެސް ފަލަސްތީނު މީހުން އަތުން ނިގުޅައިގަނެފައިވާ ހައްގެއް.

    23
    1
  3. އައިޑީއެފް ފެއިލްޑް

    އިޒްރޭލުން ތެދެއް ހަދާނެތަ!

    23
    2
  4. ޢަހޫ

    މިހާރު ތިއުޅެނީ ގޮތްހުސްވީމަ ކަންކަން އޮޅުވާލަން ކުރިންބުނި ތައިލެންޑްގެ 2 މީހުން މަރުވިކަމަށް. ޢިޒޮރޭލުގެ ޔަހޫދީއަކު މަރުވާކަމަކަށް ނުވޭ. ތިރަތްލާޖެހި ޔަހޫދިން ދައްކާވާހަކަ އަހަން ހެޔޮނުވާނެ.

    27
    1
  5. Anonymous

    ދޮގުހަދާ މަ މަ ކަރުވެރި އަނިޔާވެރި ﷲ ގެ އަމުރުތަ ކާ ނަހީތަށް އެބަޔަ ކު ބޭނުން ގޮތަ ކަށް ބަދަލު ކުރަމުންދާ ޔަހޫދީން ތިޔަފަދަ ވާހަ ކައެއް ތިޔަގޮތަށް ބުނީމާ ދެން އެވާހަ ކަ ޤަބޫލު ކުރާނެ އެއްވެސް އިސްލާމެއް ޤަބޫލެއް ނު ކުރާނެ

    7
    1
  6. އެޖެންޑާ2021

    ތިޔަ ޔަހޫދީ ބައިގަނޑު ތެދުބަހުން ވާހަކަދައްކާނެތަ؟ އެއުޅެނީ އަސްރާއީލު ހަނދާން ކުރުމުން ވހއަނިޔާއެކޭބުނަން.ތިމަންމެނަކީ ޤުރްއާން އަންދައި ޤުރްއާނަށް ޖޯކުވެސްޖެހި މީހުނޭ އެއްކަމެއްވެސް ނުވާނޭބުނާހިސާބުގަ.

    5
    1