އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަނީ ނިރުބަވެރި ހަމަލާތަކެއް ކަމަށާއި އެފަދަ އަމަލުތަކަށް ބައިނަލްއަގުވާމީ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އިސްރާއީލުން މެދުނުކެނޑި ޕަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވާއިރު، އިސްރާއީލުން ވަނީ އެ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ. އަދި އެ ހަމަލާތައް ހުއްޓާލާނީ ހަމާސް ޖަމާއަތް މައިތިރިވުމުން ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން މަހުމޫދު އައްބާސް ވިދާޅުވީ، އެފަދަ ހަމަލާތައް ދެމުން އަންނަ ފަރާތްތަކުން ބައިނަލްއަގުވާމީ ކޯޓުތަކުގެ ކުރިމައްޗަށް ގެންނަން ފަލަސްތީނުން ޖެހިލުމެއް ނުވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އަދަބު ދޭން ޖެހޭނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އިސްރާއީލުން ދެމުން އަންނަނީ ނިރުބަވެރި ހަމަލާތަކެއް ކަމަށާއި ހަމަލާތަކުގައި ކުށެއް ނެތް މައުސޫމް އެތައް އާއިލާއެއް ދުނިޔެ ދޫކޮށް ގޮސްފާއިރު، އިސްރާއީލުން ބުނެފައިވަނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ވަކި ބަޔަކަށް ކަމަށެވެ.

އައްބާސް އެފަދައިން ވިދާޅުވެފައިވާއިރު، މިއަހަރުގެ ކުރީކޮޅު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ވަނީ 2014 ވަނަ އަހަރު އިސްރާއީލާއި ފަލަސްތީނުގައި ހިނގި ހަމަނުޖެހުމާއި ގުޅޭ ގޮތުން ތަހުގީގެއް ފަށާފައެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކުއްވެރުކޮށްފައިވާއިރު، ބައެއް ގައުމުތަކުން ވަނީ ފަލަސްތީނަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޭޓް

    މަހްމޫދު އައްބާސް ކާރީ ބުނަންއޮތީ މަހަށް ދާށޭ. ތިޔަކަހަލަވެރިންގެ ސަބަބުންނޭ މުސްލިމުން ނެތި ހަލާކުމިވަނީ.

    20
    2
  2. ......

    ބައިޑެންގެ ފަހަތުންތޯ މީނަޔަށް ނިކުންނަން އެނގުނީ...ކޮންމެވެސް ކުއްޖަކު އޭނަ ކައިރި ބުނެލަ ދީބަލަ މިއަދަކު ނޫނޭ ހަމަލާދޭންފެށީ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއޭ...ގައުމުގެ ރައީސް ވީމަ....ރިއަލައިޒް ވާލެއް ލަސްކަމުން

    16
    1
  3. Anonymous

    އެމެރިކާ އޮތްހާހިނދަކު ތި ތަޙުޤީޤު ދާނީ ޖަމަލު ފޮޑިއަށް!!

  4. ލޮލް

    މަހުމޫދު މޮޔަގޮވަނީ