އެއް ޑޯޒްގެ ވެކްސިން ދީގެން ކޮވިޑުން ރައްކާތެރިވެވޭނެ ވެކްސިނެއް ޗައިނާ އިން އުފައްދައި، އެވެކްސިން އާއްމުކޮށް ދޭން ފަށައިފިއެވެ.

ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި މިވެކްސިން އުފައްދާފައި ވަނީ ޗައިނާގެ ކެންސީނޯ ބައޮލޮޖިކްސް އިންނެވެ. ޗައިނާގެ ޝަންހާއީގައި ވަނީ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިވެކްސިން ޖަހަން ފަށާފައެވެ. މިހާތަނަށް 23154 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމަޖެންސީ ހާލަތުގައި މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިހާރު ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. ނަމަވެސް މިވެކްސިން ޗައިނާ ފިޔަވައި އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފަށާނެ ދުވަހެއް ޗައިނާ އިން އަދި ހާމައެއް ނުކުރެއެވެ.

ޗައިނާ އިން ވަނީ މިހާތަނަށް ހައެއްކަ ވެކްސިން ކޮވިޑާއި ދެކޮޅަށް އުފައްދާފައެވެ. ޗައިނާ އަކީ މިހާތަނަށް ކޮވިޑްގެ ވެކްސިން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމެވެ.

ފުރަތަމަ ކޮވިޑް ފެނުނީ ޗައިނާ އިން ކަމަށް ވީނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު މަސައްކަތެއް ކޮށްފައި ވަނީ ޗައިނާ އިންނެވެ. ޗައިނާ އިން މިހާރު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު 50 އަށް ވެސް ނާރައެވެ.

މިހާރު ކޮވިޑް-19 އަށް ގިނަ ވެކްސިންތަކެއް އުފައްދާފައި ވީނަމަވެސް އަދި މިހާތަނަށް އުފެއްދި ގިނަ ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހެއެވެ. ވެކްސިން ޖަހަން ޖެހޭ މީހުންގެ އަދަދު އެތައް ބިލިއަނަކަށް އަރާއިރު، ކޮންމެ މީހަކަށް ދެ ޑޯޒް ވެކްސިން ޖެހުން ވެފައި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އިން ވެސް ވަނީ އެއް ޑޯޒް ވެކްސިން ޖަހައިގެން ކޮވިޑުން ރައްކާތެރިވެވޭނެ ވެކްސިނެއް އުފައްދާފައެވެ. ނަމަވެސް އެވެކްސިން ޖެހުމުން ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވާކަމަށް ބުނެ ވެކްސިން ޖެހުން އެމެރިކާ އިން މެދުކަނޑާލިއެވެ. މިހާރު އަލުން ޖޯންސަންގެ ވެކްސިން ޖެހުމުގެ ހުއްދަ ދީފައި ވީނަމަވެސް އަދިވެސް އެވެކްސިންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެމެރިކާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުހައްމަދު

    ޗައިނާގެ ވެކްސިން މާ ބޮޑަށް ވެސް ރަނގަޅު. އެއީ އިންޑިއާ އުފެދި ވެކްސިން ޖެހި މީހުން ޗައިނާއިން އުފެދި ވެކްސިން ޖެހި މީހުންނަވުރެ ޕޮޒިޓިވްވާލެްް މާގިނަ

  2. ޢަޖައިބު

    ޗައިނާ މީ ކޮވިޑް ބަލީގެ 7 އަޖައިބުން ކުރެ އަޖައިބެއް. ފުރަތަމަ ކޮވިޑް ފެނުނީ ޗައިނާ އިން. އެކަމް މިހާރު ޗައިނާގަ ކީއްވެ އެހާ މަދީ ކޮވިޑް. އެހެން ގައުމުތަށް އުޅެނީ ނޭވާ ނުލެވިގެން. އަނެއްކާ ޗައިނާ މީހުން އެ ކާ އެއްޗެހިތަކެއްގެ ސަބަބުން އެމީހުންގެ ދިފާއީ ނިޒާމް އެހެން ގައުމުތަކުގެ މީހުންނަށްވުރެން ވަރުގަދަވަނީބާ

    3
    1
  3. ހެޔޮ

    އެކަމުވެސް މިގައުމުން ޗައިނާގެ އެހީއަކަށް ނޭދޭނެ. ރައްޔިތުންތައް ހަލާކުވިއަސް ހެޔޮ. އިންޑިއާގެ ހުއްދަނެތި ޗައިނާއާ ދިމާލަން ބަލާލަންވެސް ކެރޭ ސަރުކާރެއްނޫން މިއީކީ.

    6
    1
  4. ޗައިނާ

    އަޖައިބުވާކަށް ނުޖެހެއެވެ. ޢެއީ ޒިންމާދާރު ސަރުކާރެކެވެ. ސިޔާސީ ބޭނުންތަކަށް ރައްޔިތުން ގަނައެއް ނުތަޅުވައެވެ. ޢަދި އެއީ ބަސްއަހާ އެއްބައިވަންތަ ރައްޔިތުންތަކެކެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ޢިބްރަތަކަށް ވެދާނެ ތޯއްޗެކެވެ. ޢަޖައިބުވަނީ ރާއްޖޭގައި ހިނގާދިޔަ ކަނތައްތަކާއި މެދުގައެވެ. ޥަކިވަކި ރަށްތަކެއް އޮންނަ ކުޑަކުޑަ އާބާދީއެއް އޮތް ތަނެއްގައި ބޮއްސުންލާފައި އޮތުމުންނެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ އޮންނަ އެއްޗެކެވެ.

  5. ޙައްޕު

    މިބައްޔަ ކީ ، ޓުރަންޕު ބުންޏަސް ، ޗައިނާ އިން ކޮށްގެން އުޅޭ ކަމެއް.ދުނިޔޭގެ އެންމެ ބާރުގަދަ ، އެންމެ މުއްސަނދި ޤައުމަށް ވުން ބޭނުމަ ކީ..ހެއް ކަ ކީ ޗައިނާއަށް ކޮންޓުރޯލްވެފަ އެހެން އެންމެން މި ކަމުން އަރައި ނުގެނެވުން.