އިސްރާއީލް ސިފައިން ހައްޔަރު ކުރި ފަލަސްތީން ރައްޔިތުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީން ހާމަކޮށްފިއެވެ.

ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީއިން ހާމަ ކޮށްފަައިވާ ގޮތުން، އޭޕްރީލް މަހުން ފެށިގެން މިހާތަނަށް 1،500 ފަލަސްތީނު ރައްޔިތުން އިސްރާއިލްގެ އިސްތިއުމާރީ ފައުޖުތަކުން ހައްޔަރު ކޮށްފައިވެއެވެ.

އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ދަނީ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ޔަހޫދީން ގަދަކަމުން އަތުލާ މައްސަލަ އާއި ޣައްޒާ ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ އިރު ދެޖިންސުގެ މީހުންނާއި 18 އަހަރު ނުފުރޭ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަދަދަށް ފަލަސްތީނުގެ ރައްޔިތުން އިސްރާއިލް ސިފައިންގެ އަތްދަށަށް ގެންދެވުނު މިއީ ފުރަތަމަ ފަހަރެެވެ. މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން އިސްރާއިލް ސިފައިން އަޅުވެތިކޮށްފައިވެއެވެ.

އިސްރާއިލުން ވަނީ މަސްޖިދުލް އަގްސާއަށް ހަމަލާދީ، އާންމު ރައްޔިތުންގެ ގެދޮރަށާއި ހޮސްޕިޓަލުތައް އަދި އޮފިސްތަކަށް ހަމަލާ ދީފައެވެ. އިސްރާއިލު އިސްތިއުމާރީ ސިފައިންގެ ބެލުމުގެ ދަށުގައި މިހާރު 4،400 ފަލަސްތީނު ރައްޔިތުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި 39 އަންހެނުންނާއި، 18 އަހަރު ނުފުރޭ 155 ކުދިން ތިބި ކަމަށް ބުނެފައިވެއެވެ.

ހައްޔަރު ކޮށްފައިވާ ކުޑަކުދިންނާއި ދެކޮޅަށް ވަނީ ގައު އުކިކަމަށް ބުނެ ދައުވާ ކޮށްފައެވެ. އިސްރާއިލްގެ ގާނޫނުގެ ދަށުން ގައު އުކުމަކީ 20 އަހަރަށް ވުރެ މަދުނުވާނެހެން ޖަލު ހުކުމް އަންނަ ކުށެކެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ ގައުމުގެ އަސްކަރީ ކޯޓުތަކުގައި އަހަރަކު ގާތްގަނޑަކަށް 700 އެއްހާ ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ދައުވާ ކުރެއެވެ. އިސްރާއިލުގައި ކުރެވޭ ޝަރީއަތް ތަކަކީ އިންސާފުވެރި ޝަރީއަތްތަކެއްތޯ ބެލޭނެ ގާނޫނީ ނިޒާމެއްް އެގައުމުގައި އެކުަލާވަލައިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .....

    އެއެންމެން މިނިވަން ނުވަނީސް އެއްވެސް ހަމާސްއިން ކޮން އެއްބަސް ވުމެއްބާ ހަދަން މިއުޅެނީ....ހަމާސް ނިޔަތާމެދު ސުވާލު އުފެދޭ....

  2. ޝައުފާ

    ދެން މިމީހުންނާއި ދެކޮޅައް ނިކުންނަ ކޮންމެ މީހަކީ ނުވަތަ ބަޔަކީ ޓެރަރިސްޓުންނައް ހަދަނީ.