އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކާއި، ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށް އެމެރިކާ ސަރުކާރުން ގޮވާލައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ހަމަލާތަކަށް މިއަދުން މިއަދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ދެފަރާތުން ވެސް ދޫދޭން ޖެހިފައިވާ ކަމަށެވެ.

ބުދަ ދުވަހު ބައިޑެން އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހުއަށް ކުރެއްވި ފޯން ކޯލެއްގައި ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓަން ޖެހޭ ކަމަށެވެ. ނަމަވެސް، ނަތަންޔާހުގެ ވިސްނުން ހުރީ ހާސިލްކުރަން ބޭނުންވާ ކަންތައް ހާސިލް ވަންދެން ހަނގުރާމަ ކުރިޔަށް ގެންދަން ކަމަށް ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައެއް ފަށައި ބޮޑު ކުރިމަތިލުމަކަށް ނުކުތް އިސްރާއީލަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ހިތްވަރުދެއްވާފައެވެ. އިސްރާއިލަށް ހަތިޔާރު ވިއްކުމާއި، މިކަހަލަ ކަންކަމުން އެމެރިކާ ސަރުކާރުން ވަނީ ތާއިދުކުރާކަން ހާމަ ކޮށްފައެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ދެއްކެވި ވާހަކަފުޅުތަކުގައި އިސްރާއީލުގެ ދިފާއަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ގައުމުން ކުރަން ޖެހޭނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް، މިހާރު ވާހަކަތައް ބަދަލުވެ ބައިޑެން ގޮވާލައިފައިވަނީ ހަނގުރާމަ ހުއްޓާލުމަށެވެ. އިސްރާއިލާއި އެއްކޮޅަށް ބައިޑެން ވާހަކަ ދެއްކެވުމުން އެތައް ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މިކަމާ ގުޅުވައިގެން ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށް ބަލައި ވާހަކައިގެ މިސްރާބު ބަދަލު ކޮށްލުމަކީ މިވީގޮތް ކަމަށް ބެލެވެއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން، ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް މިއަދު ހުއްޓުމަކަށް އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސިޒޫ

    އަލްހަމްދު ﷲ

    36
    1
  2. Anonymous

    ފަލަސްތީނުގެ މައްސަލާގާ 73 އަހަރުގެ ތެރޭގާ ކަލޭމެންގެ (އެމެރި ކާގެ) ސަހަރޯވެރި ކަމުގާ މެރި އެތަށް ލައް ކަ ކުށެއް ނެތް މީހުންނާ ޔަތީމު ކުރި އެތަށް ކުދިންނަ ކާ އިރާޤު ހަނގުރާމާގާ މެރި އެތަށް ލައް ކަ ބަޔަ ކާ ޔަތީމު ކުރި 5 މިލިޔަން ކުޑަ ކުދިންނާއި އަދިވެސް ޙައްޤަ ކާ ނުލާ އަރައިގަތް އެތައް ކަމެއް ކޮއް ނިންމާފާ، އިންސާނީ ޙައްޤޭ އަންހެނުންގެ ޙައްޤޭ ކުޑަ ކުދިންގެ ޙައްްޤޭ ކިޔާ އަނގަ އަރުވާއިރު އިންސާނީ ޙައްޤުތަ ކުގާ އެ ކަން އޮތީ އެހެންތޯ ޖޯން ބައިޑެން ގެ އަރިހުން އައްސަވަން.
    މިއަދު ޤައުމު އަނދަވަޅަ ކަށް ތިޔަހެން ބުނެލެވިދާނެ. އެ ކަމަ ކު ކަލޭމެން މެރި އެތައް އިންސާނިއްޔަތެއްގެ ޙައްޤުތަ ކަށް މާދަމާ ﷲ ގެ ދަރުބާރުގާ ދަޅުހުރި ޖަނަވާރު ދަޅު ނެތް ޖަނަވާރަށްކ ކުރި އަނިޔާގެ ހިސާބު ބައްލަވާ ދުވަހު ފިލައިގެންގޮސް ވަގުވަގުން ނިންމާލާ ކަށް ދާނެ ތަނެއް ނޯންނާނެ.

    25
    1
  3. ކޮރަލް

    ދެ ބައި މީހުން ރާވައިގެން ކުރާ ކަމެކެވެ.

    17
    1
  4. ޙެހެ

    މުޖާޖިދުން ފަހަތައް ނުޖެއްސޭނެކަން ޔަގީންވުމާއި ނަސާރާއިންނާއި ޔަހޫދީންންކީ މަރައް ބިރުގަންނަ ބަޔަކައްވެފައި އިސްރާއީލާއި އެމެރިކާއައް ކުރިއައް އޮތް ނުރައްކާ ބޮޑުވާނެކަހް ޔަގީންވުމުން އަމާން ދިނީ..

    31
  5. ސ.

    ބައިޑެން އަހަރެންގެ ދުއާއަކީ ކަލޭގެ ވެރިކަން މުއްދަތެއްގާ މަތް ﷲ އަވަހަށް ގެންދަވާށި އާމީން

    33
  6. ޙަސީން

    ބައިޑެން އަހަރެންގެ ދުއާއަކީ ކަލޭގެ ވެރިކަން މުއްދަތެއްގާ މަތް ﷲ އަވަހަށް ގެންދަވާށި އާމީން

    21
  7. ާަްއަކިފް

    އަލްހަމްދު ﷲ

    14
  8. Anonymous

    ހަމާސް ބަލިނުކުރެވޭނެކަން އެނގުނީމާ. އެތައްބައެއް ޝަހީދުކޮށް ތަންތަން ފުނޑާލާފަ. ވާންއޮތްވަރެއް ކޮށްފަ މިބުނަނީ ކަލޭމެން ހުއްޓާލާށޭ.
    މިކަމުގެ ޒިންމާ އިޒްރޭލް ލައްވާ ނަގުވަންޖެހޭ.

    42
    1
  9. ސަޒާ

    ޔާަﷲ ޢެނުބާ ޝައިޠާނުންގެ ކިބައިން ފަލަސްތީނު ސަލާމަތްް ުކރަށްވާ ފާންދޭ!

    40
  10. ޙހހހ

    ތިކަންވެސް ތިނިމުނީ ،މީޑިއާަތަކާއި އަރިބި މުސްލިމުންތައްވެސް ދެން ދުވަސްކޮޅަކުންތިކަން ހަނދާަން ނައްތާލާަނެ ، ތީ އަބަދުވެސް ވާަވަރަު ، އެތައްބަޔަކު މަރާފަ ހަމަ ހިންދަްލަނީ

    21
  11. ރަބަރޭ

    ތިޔައީ އެމެރިކާ ސައުދީ އަރަބިއްޔާ ގުޅިގެން އިޒްރޭލު ލައްވާ ކުރުވާ ކަންތައް ހަތިޔާރު ދީގެން،،، ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން އަށް ވީވަރުވެސް ސައުދީ އަރަބިއްޔާ އަށް ނުވި ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން އަށް ސާބަސް

    27
    1
  12. Anonymous

    ނޮތް އިނަފް

  13. އެޖެންޑާ2021

    ޖޯ ބައިޑެން ބުނާއެއްޗެއް އަޑުއަހަންބޭނުނެއްނެތް. މިހާރުވެސް ސެލިޓްކުރަނީ. އަދި އެކިޔާ އ.ދ.ގެ
    އިސްނެގުންވެސް ހުއްޓުވާ އަދި ފަލަސްތީނުން އިޒްރޭލަށް ދޭ ހަމަލާތަކަށް އިޒްރޭލުން ދޭރައްދެކޭ
    ބުނިއިރު އަޤްޞާ މިސްކިތައް އަރައި މުސްލިމުން
    ޝަހީދު ކުރީ މުސްލިމުންތަ؟އެމިސްކިތުހުރި މުޞްޙަފްތައްއަންދާހެދީވެސް މުސްލިމުންތޯ؟
    އެމިސްކިތަކީ އެތައްހާސް އަހަރެއްގެކުރިއްސުރެ
    ހަމަ އިޒްރޭލުގަ ހުރި މިސްކިތެއްތޯ؟ ބަލަމުސްލިމުންނަކީ ދުނިޔެއާރާސްތުކޮށް ޢަދުލާއި،
    އިންސާފު ދަންނަމީހުން.މުސްލިމުން ބަލިވަނީ ﷲއާއި،ރަސޫލާ ދެއްކެވި މަގުން ނޫޅުމުން.

    14