ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ރޮކެޓް ހަމާލަތަކެއްދީ ބޮޑެތި ގެއްލުން ތަކެއް ދީފިއެވެ.
ހަމާސް އިން ފޮނުވާލި ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ މީހަކަށް އެކި ކަހަލަ އަނިޔާތަކެއް ވަނީ ވެފައެވެ. އެހެން ނަމަވެސް އަނިޔާތަކުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
ހަމާސްއިން ހަމަލާތަކެއް ދީފައިވަނީ އިސްރާއީލުގެ އަޝްކެލޮންގެ ބައެއް އިމާރާތްތަކަށާއި ބަހަކަށެވެ.
އެގްރޫޕުން ހަމަލާތަކެއް އިސްރާއީލަށް އަމާޒު ކޮށްފައިވަނީ އިސްރާއީލުން އެޖަމާއަތުގެ ސަރަހައްދުތަކަށް ވައިގެން ހަމަލާތަކެއް ދިނުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
ފާއިތުވި 11 ދުވަހުގެ ތެރޭގައި އިސްރާއީލާއި ޣައްޒާއާއި ދެމެދުގައި ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި މިހާތަނަށް ޣައްޒާއިން 227 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުގެ 12 މީހަކު ވަނީ މިހަމަލާތަކުގައި މަރުވެފައެވެ.
އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ބޮޑެތި ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލާނީ ހަމާސް ޖަމާއަތް މައިތިރި ކުރެވުނު ދުވަހަކުން ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެގައުމުގެ އިންޓެލިޖެންސް މިނިސްޓަރ އެލީ ކޮހެން ބުނެފައިވަނީ އެގައުމަށް ކިތަންމެ ޕްރެޝަރެއް އައިކަމުގައި ވިއަސް ހަމަލާތައް ހުއްޓާލާނީ އެމީހުންގެ މަގުސަދު ހާސިލު ވުމުން ކަމަށެވެ.
އިޒްރޭލު ޔަހޫދީ ސަރުކާރުން ޕަލަސްޠީނަށް ދެވޭޙަމަލާގަ އެއްފަހަރާ ހަލާކުވެމުޅިޤައުމު ސުންނާފަތި ވެގެން ނުދިއުމުން ބައިޑެން ލޯކުޑަކޮށް އިތުރުން ކޮލެޓީމޮޅު ހަތިޔާރު އިޒްރޭލައްވިއްކަން ކެތްމަދުވެގެން ބޮލުރޮދި
ކެނޑިގެން ތެޅިބާލާތަން އެންމެނަށްވެސް ފެނޭނޫންތޯ؟ ކިތައްމެގާތްވެގެން އުޅުނަސް ޔަހޫދީންނާއި، ނަޞާރާއިން މުސްލިމުންނާ ހިތާހިތުގެގުޅުމެއްނޯންނާނެ؟
ބޮޑު މައްކާރު ދޮގުވެރިން...ކޮން 12 އޭކިޔާކަށް
ހަމާސްގެ ރޮކެޓް ހަމަލާތަކުގަައި އިޒްރޭލްގެ 30 ހަކަށް ވުރެ ގިނަ ޔަހޫދީން މަރުވެއްޖެ..ހަގީގަތް ފޮރުވަނީ...އަދި ހަމާސްގެ ރޮކެޓްތައް އިޒްރޭލްގެ ތަންތަނަށް އަރާ ޑެމޭޖްވާ މަދު ތަނެއް ދުނިޔެއަށް
މިފެންނަނީ
އަލްހަމްދުލިﷲ.
އަލްހަމްދުލިއްالله