ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތައް ހުއްޓާލަން އިސްރާއީލްގެ ގައުމީ ސަލާމަތާއި ގުޅޭ ކަންކަމާއި ބެހޭ ކެބިނެޓުން ނިންމައިފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ޣައްޒާއަށް ހަމަލާތައް ދިނުން ހުއްޓާލަން އިސްރާއީލްގެ ކެބިނެޓްގައި ނެގި ވޯޓުން ވަނީ ހަމަލާތައް ހުއްޓާލަން ފާސްވެފައެވެ.

ހަމަލާތައް ހުއްޓާލަން ނިންމާފައި ވަނީ މިރޭ އިސްރާއީލްގެ ގަޑިން މެންދަމު 02:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ފަތިހު 04:00 އެވެ.

ހަމާސް އިން ވެސް ވަނީ އިސްރާއީލުން ހަަމަލާތައް ދިނުން ހުއްޓާލައިފިނަމަ ހަމަލާތައް މެދުކަނޑާލާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހަމާސްގެ އަތުގައި ހުރި ރޮކެޓް ހުސްވެގެން ނުވަތަ އިސްރާއީލްގެ ހަމަލާތައް ވަރުގަދަވެގެން ހަމާސް އިން ފަހަތައް ނުޖެހޭނެ ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އިސްރާއީލްގެ ސަލާމަތީ ކަންކަމާއި ގުޅޭ ކެބިނެޓުން ނިންމި ނަމަވެސް ހަރުކަށި ފިކުރުގެ ބައެއް މެންބަރުން ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާކަން ދެކޮޅު ހަދާފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ދެކޮޅު ހަދަމުންދާ އެކަކީ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ގާތް ގުޅުމެއް އޮންނަ ޖިޑޮން ސާރުއެވެ. އޭނާ އަކީ ނިއު ހޯޕް ޕާޓީގެ ލީޑަރެވެ. އޭނާ ބުނީ ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލުމަކީ އިސްރާއީލްގެ ގައުމީ ސަލާމަތައް ނުރައްކާވާނެ ކަމެއް ކަމަށެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާ އިން ވަނީ އިސްރާއީލަށް 3700 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފައެވެ. ބައެއް ހަމަލާތައް ވަނީ އިސްރާއީލްގެ އެންމެ ދުރު ސަރަހައްދުތައް ކަމަށްވާ ވެރިރަށް ތެލްއަވީވަށް ވެސް ފޯރާފައެވެ. އެހެންކަމުން ހަމާސް އިން ރޮކެޓްތައް އުފެއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ފާއިތުވި 11 ދުވަސް ތެރޭގައި އިސްރާއީލަށް ވަނީ ވަޒަންކޮށްލެވިފައެވެ.

ހަމަލާތައް ކުރިއަށް ދިޔައިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ އެމެރިކާ އިން އިސްރާއީލަށް ދެމުން ގެންދިޔަ ހިތްވަރެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅު ހަދާނެ ވެރިއެއް ކަމަށް ބައެއް މީހުންނަށް ކުރިން ހީވެފައި އޮތްނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ފެނިގެން ދިޔައީ އިސްރާއީލްގެ އަނިޔާވެރި ހަމަލާތައް ކުރިއަށް ގެންދަން ބައިޑެން ހިތްވަރު ދެމުން ގެންދިޔަ މަންޒަރެވެ.

ހަމަލާތައް މިވަގުތައް މެދުކެނޑުނު ނަމަވެސް ގުދުސްގައި އިސްރާއީލްގެ އަނިޔާވެރިކަން ކުރިއަށް ގެންދާނަމަ އަނެއްކާވެސް ހަމަލާތައް ބަދަލުކުރުން ފެށިގެން ހިނގައިދާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޙފުެކނެ

  މާޝާﷲ! ﷲ ފިޔަވާ އެހެން އިލާހަކު ނުވެއެވެ.

  86
  2
 2. 🤲🤲

  Alhamdhulillah

  57
 3. ރަށިޔާ

  އެއީ ރަށުޔާއިން އިސްރާއީލަށް އިންޒާރު ދިނުމާއިވެސްގުޅިގެން ކަމަށް ލަފާކުރެވެއެވެ. އަދި ފަލަސްތީނުގައި ތިއްބެވި މުޖާހިދުންގެވެސް ހިއްވަރުންނެވެ.

  47
  1
 4. ޙުއްތު

  ޙަތިޔާރު ހުަސްވީދޯ

  14
  1
 5. ބަރުގޮނު

  އަލްޙަމްދުލިﷲ ... ރުހުމުގައި ނަމަވެސް ނުރުހުމުގައި ނަމަވެސް އިސްރާއީލު މިގޮތަށް ނިންމުން އެއީ ﷲ ގެ މަތިވެރި މިންވަރުފުޅު. އިރާދަ ކުރެއްވިއްޔާ އިސްރާއީލު ގެ ގޮށްމުށުގެ ބާރު ދާނީ ބަލިކަށިވެ ނިކަމެތިވަމުން. އާމީން.

  27
 6. ާަާާޢަބްދުﷲ ޝާކިރު

  ސާބަހޭ! މުޖާހިދުން.
  . އެހުއްޓާލީ ބަލިނުކުރެވޭނެކަން ކަށަވަރުވެގެން. ޢަހަރެމެންނާ އެކު ﷲ ވޮޑިގެނވޭ. އަހަރެމެންގެ ތެރޭން ޝަހީދުވާ ކޮންމެ މީހަކީ ސުވަރުގެ ވަންތަވެރިއެއް. އިންޝާ ﷲ.

  31
 7. ެާއާދަމް

  ފަލަސްތީނު މީހުންނަށް ނަސްރު ދެއްވާންދޭވެ.

  31
  1
 8. Anonymous

  ހަމަލާ ހުއްޓާލިޔަސް ތިޔަ ޒައިނިސްޓު ޔަހޫދީންގެ މައްޗަށް އަހުރެންގެ ހިތުގައި ޙަމްދަރުދީއެއްނުވެ. ﷲގެ ޙަޟްރަތަށް ގެންދަވަންދެން ތިޔަ ޞަހްޔޫނީ އަނިޔާވެރި ބައިގަނޑު ހަލާކު ކުރެއްވުންއެދި ދުޢާކުރުމުގައި ދެމި ހުންނާނަން

  24
  • Anonymous

   إن شاءالله

 9. ހަމްދު

  احمد الله ... އެންމެހައި ހަމްދު ސަނާއެއް ވަނީ الله. އަށެވެ. މެދުވެރިއަކަށްވި މިސްރަށް ފައްފަށުން ޝުކުރު ދަންނަވަމެެވެ. މި މެދުކެންޑުމަކީ ދާއިމީ ކަމެއްކަމުގައި ލައްވާށިއެވެ. ފަލަސްޠީން ގެ ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން ދެއްވާށިއެވެ. ހުރިހާ ޝަހީދުންނަށް ސުވަރުގެ މިންވަރު ކުރައްވާށި! އާމީން.

  26
 10. މުއުމިނު އަޅެއް މީ

  އިސްރާއީލުގެ މީހުންނަކީ ޔަހޫދީން ކަން ހަނދާން ކުރުމަށް ގޮވާލާން..... ބުނާ ބަހުގަ އިތުބާރެއް ނުހިފޭނެ

  23
 11. ޙގފފދ

  ޓުބީ ކޮންޓިނިއޫޑު.....

  8
  1