އިސްރާއިލް އާއި ހަމާސް އާއި ދެމެދު 11 ދުވަސް ވަންދެން ކުރެވުނު ހަނގުރާމާގައި ޣައްޒާ އަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލަން އިސްރާއިލުން ނިންމުމާއި ގުޅިގެން ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި ކާމިޔާބީ ފާހަގަކުރަން ފަށައިފިއެވެ.

ދަންވަރުގެ ވަގުތުގައި ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ މަގުތަކަށް އެތައް ހާސް ބަޔަކު ދަނީ ނިކުމެ އުފާ ފާޅު ކުރަމުންނެވެ.

އިސްރާއީލަށް ނިސްބަތްވާ އަރަބިން ފަލަސްތީނުގެ ދިދަތައް ހިފައިގެން އެ ގައުމުގެ މަގުތަކަށް ނިކުމެ އުފާ ފާޅު ކުރަމުން ދާއިރު ހުޅަނގު އައްސޭރީގައި ދަނީ ހަވާ އަރަމުންނެވެ.

ޣައްޒާގެ ހުރިހާ މިސްކިތްތަކުން ވަނީ ހަނގުރާމާގައި ފަލަސްތީނަށް ކާމިޔާބު ލިބުނުކަން އިއުލާން ކޮށްފައެވެ. އެއާއިއެކު ޣައްޒާގެ މަގުތަކަށް ނިކުމެ އެތައް ހާސް ބަޔަކު ދަނީ ”الله أكبر“ ގޮވަމުންނެވެ.

ޣައްޒާގެ މަގުތަކަށް ނިކުމެފައިވާ މީހުންނާއި ވާހަކަ ދައްކަމުން ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރު ޙަލީލް އަލް ހައްޔާ ވިދާޅުވީ އިސްރާއިލްގެ މައްޗައް ކާމިޔާބު ހޯދިއްޖެ ކަމަށެވެ.

އިސްރާއިލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި ބިމާ ހަމަވި ގެތައް އިމާރާތް ކުރުމަށް 500 މިލިއަން ޑޮލަރު ދޭނެކަމަށް މިސްރުން ވަނީ ބުނެފައެވެ.

11 ދުވަސް ވަންދެން ކުރި ހަނގުރާމާގައި 232 މީހަކު ޣައްޒާ އިން ޝަހީދުވިއިރު ހުޅަނގު އައްސޭރިން 25 މީހަކު ޝަހީދުވިއެވެ. އަދި ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއިލުގެ 12 މީހަކު މަރާލިއެވެ.

ޣައްޒާ އިން 65 ކުޑަކުދިން ޝަހީދުވިއިރު ހުޅަނގު އައްސޭރިން 2 ކުއްޖަކު ޝަހީދުވިއެވެ. އަދި އިސްރާއިލުން ދެ ކުއްޖަކު މަރުވިއެެވެ.

ޣައްޒާ އިން 91،000 މީހުންގެ ގެދޮރު ގެއްލުނުއިރު 500 އަށް ވުރެން ގިނަ ގެތައް ވަނީ ބިމާ ހަމަކޮށްފައެވެ. މީގެ ތެރެއިން 66،000 މީހުން މިހާރު ތިބީ އދ.ގެ 58 ސްކޫލެއްގައި އަދި 25،000 މީހުން ދިރިއުޅެމުން ދަނީ އާއިލާ މީހުން ކައިރީގައެވެ.

ޣައްޒާ އިން މިފަހަރު އިސްރާއިލަށް ވަނީ ހައިރާން ކުރަނިވި ރައްދުތަކެއް ދީފައެވެ. އެގޮތުން އިސްރާއިލުގެ ވެރިރަށް ތެލް އަވީވް އަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީ 3 މީހަކު މަރާލިއެވެ.


މި ހަމަލާތަކުގައި އިސްރާއިލުން މަރުވާ މީހުންގެ އަދަދުތަައް މަދުވަނީ ހަމަލާތަކުން ދިފާއުވުމަށް އިސްރާއިލުގެ އެކި ކަންކޮޅުތަކުގައު ހާއްސަ ބިންގަރާސްތައް ހަދާފައި ވާތީއެވެ. "މިއީ ތާރީހުގައިވެސް ހަމާސްގެ ފަރާތުން އިސްރާއިލަށް ދިން އެންމެ ގެއްލުން ބޮޑު ހަމަލާތައް" ޓައިމްސް އޮފް އިސްރާއިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޜރރ

    الله اكبر

    174
    4
  2. ކައުންސެލަރު 🙌

    ﷲ އަކްބަރު.
    އިސްރާއީލުގެ މިއުދުވާނުގައި ފަލަސްޠީނުން މަރުވެދިޔަ އެންމެންނަކީ ޝަހީދުން ކަމުގައި ލައްވާށި. ފަލަސްޠީނަށްދީފައިވާ ގެއްލުމަކީ ފަލަސްޠީނުގެ މީހުންގެ ފަހަތަށްޖެހޭނެ ކަމެއްކަމުގައި ނުލައްވާށި. އަދި ފަލަސްޠީނުގެ މުޖާހިދުންނާ އާންމުންގެ ހިތްވަރު އިތުރުކުރައްވާ މިއަށްވުރެ މަތިވެރި ކާމީޔާބީ ކުރިމަގުގައިވެސް ދެއްވާށި. އާމީން

    221
    3
  3. ދެބޯ

    الحمد لله

    181
    3
  4. ނުރަބޯ

    ތީ ކާމިޔާބަކަށް ވަންޔާ 2000ގެކުރީކޮޅު ސައްދާމްހުސެއިން އަށްވެސް ލިބުނީ ކާމިޔާބެއް

    26
    119
    • ....

      ޢެއީ މިފަހަުން ލިބިފަނޔވާފަދަ ބޮޑު ކާމިޔާބަކަށްވަނީ އިސްރާއީލުން ނަގަން އުޅުނު ބިންތައް ނުނެގި އެމީހުން ފަހަތައް ޖެހެންޖެހުން... ﷲ އަށް ހަމަދު ހުރި

      91
      2
    • ދެފުއްމިޔަ

      ތީ ޔަހޫދީ ބައިގަނޑުގެ ޔަހޫދީއެއްތާ. މިޔަމީހާގަނޑަށް ވިސްނޭ އެކަށްޗެއްނެތް. ވީގޮތަކީ އެކި ފެންވަރުގެ މޮޅެތި ޒަމާނީ
      ހަތިޔާރާއެކީ މަތިންނާއި،ކަނޑު މަގުންނާއި، ޣާއްޒާ އަށް އަރައި ޔަހޫދީބައިގަނޑު އަރާ ދިން ޙަމަލާތަކަށް ގާބުރިއަ،ލަކުޑިބުރިއަކުން ދިފާޢުވާންޖެހޭބައަކު އަދިޙަމަލާއެއް ކިރިއާވެސް
      ދެވެންއޮތީ އަމިއްލަރަށު ތިބެފަ ފޮނުވާލާ ރޮކެޓަކުން އެކަނި. ބަލަﷲއަންގަވަފައިއޮތީ ތިމަންﷲ މަގުފުރައްދަވައިފިމީހަކަށް ތެދުމަގުވެސް ދެއްކޭނެ އެއްވެސްފަރާތެއްނުވާ
      ކަމަށް.މާތްﷲތިބާއަށް ސީދާވެގެންވާ ތެދު
      މަގަށްމަގުދައްކަވާ ފާނދޭވެ އާމީން

      34
      1
    • ޗެރޯން

      ވަށައިގެން ބަންދު ކޮއްގެން ކާއެތިކޮޅު ވެސް ޗެކްކޮށްފަ ނޫނީ އެތެރެވިޔަ ނުދީ ގެންގުޅޭ ބަޔަކު އަތުން ރޮކެޓް ކޮޅުވެސް ހުސްކޮށް ނުލެވި ހަމަލާތައް ފެށުނު މޮޔަ ހީވެ އެއްބަސް ނުވާނަމޭ ބުނެ ގަދަފައި ވިއްދި ކަންކަމަށް އެއްބަސް ވާން ޖެހުމުން ބަލިވުން ނޫން ދެން ކޮންނަމެއް ކިޔާނީ؟

  5. އަހްމަދު

    الحمدلله الله اكبر

    149
    1
  6. سعدية عبدالله

    ألله اكبر

    143
    1
  7. ޢަހު

    ޢިސްރާއީލުމް ހުއްޓާލާ އެޢީ ކާމިޔާބެއްޔާ؟

    15
    9
    • Anonymous

      އިނގިލި ކުރިޔާ ހަމައަށް ވިސްނޭ ކަމަށް ވަނީނަމަ ތިކަހަލަ މޮޅު ކޮމެންޓް ކުރެވިދާނެ. ހަމަލާ ފެށީ ހަމާސް އަތުގައި ހުރި ރޮކެޓް ކޮޅު ހުސްކުރަން. އެކަން ނުވެ ފަސް ވަރަކަށް ދުވަހު ހަމަލާ ދީފަ ހަމަލާތައް ފެށުނު މޮޔަ ހީވެ ހުއްޓާލަން ލަދުން ތިބީ. ހަމާސްގެ ހަމަލާތައްވެސް ހުއްޓާލެވުނީއެއް ނޫން. ފަލަސްތީނުގެ ޝަރުތު ތަކާވެސް އެއްބަސް ވާން ޖެހުނީ. ޝެއިހް ޖައްރާހުގައި ޖަހަން އުޅުނު ސަކަރާތް ވެސް ނުޖެހުނީ. ގައްޒާ ބަންދުކޮއްގެން ކާއެތިކޮޅި ވެސް ޗެކްކޮއްފައި ނޫނީ ނުވެއްދޭނެ އޭ ކިޔަަިގެން ކެނޑި ފޮނިވެސް ރޮކެޓްކޮޅުވެސް ހުސްކޮއް ނުލެވުނީމަ އަތައް ގޮވީ.

  8. އަބޫ ޢަލީ

    الحمدلله رب العالمين ☝️

    59
    1
  9. އަމާން

    އިސްރާއިލުން އަމާން ދިނީއެވެ.

    78
    4
  10. ޕީޖޭ

    الله اكبر

    56
    1
  11. ޢައި

    ޢަލްހަމްދުލިއްލާހް.
    ޢެކަމު ތި ހުރިހާ ނުބއެއްހަދަނީ އެމެރިކާ އަޑީގައި އޮވެގެން

    52
    1
  12. ވައިކިންގ

    ފަލަސްތީނުގައިވެސް ރައްޔިތުންނަށް ބިންގަރާސްތައް ހަދަންވީ.

    49
    1
  13. ރިޒާ

    * އިސްރާއީލު ނުކިޔަމާތޯއެވެ. އެހެނީ އެއީ ޔަޢްޤޫބުގެފާނުގެ ނަން ފުޅެވެ. މި މީހުންނަށް ނިސްބަތްކޮށް ބުނަންވާނީ ޞޮހްޔޫނީ (ޒަޔަނިސްޓް) ދަވްލަތެވެ. މިހާރުވެސް ބަދަލުވެފަ އޮތް ތައުރާތަށް ތަބާވާ ޔަހޫދީން އެބައިމީހުން ގެ ކިބައިން ބަރީއަވެއެވެ.

    * ޣައްޒާ ހަނގުރާމައިގަ ޞޮހްޔޫނީ ދަވްލަތުން މަރުވި މީހުންގެ އަދަދު މިއަށްވުރެ މައްޗެވެ. ނަމަވެސް އެބައިމީހުންގެ ފިނޑިކަމުން އެކަން ހަގީގަތަށް ހާމަ ނުކުރެއެވެ.

    51
    3
  14. ފަލަސްތީނުގެ ލޭހިނގާ ޒުވާނާ

    مرحبا 👋الحمد لله

    43
    1
  15. Happy 123

    الحمدلله الله اكبر..

    24
  16. ބިރުވެތި

    الله اكبر

    25
  17. ލައިބުރަރީ

    މާތްﷲޥަޢުދުވެވޮޑިގެންފައިވާފަދައިން މުސްލިމުން
    ނަށް ޙައްޤައްނަޞްރުދެއްވައިފިކަން ސިކުޑީގެ
    ތަރާދުން މިނެކިރާލި ކޮންމެމީހަކަށް ވިސްނޭ ވަރުގެ ޢިބްރަތްތެރި ފިލާވަޅަކަށްވާންޖެހޭ.ﷲއީ އެންމެ ބޮޑު އެންމެމަތިވެރި ޤިޔާމަތްދުވަހުގެ ވެރިރަސްކަލާންގެ!!!!!!!!!!!

    26
  18. ކާމިޔާބު

    ކާމިޔާބަކައްވީ އެމީހުންނައް ގާޒާއައް ނޭރި ގާޒާނުހިފި ޔަހޫދީންނައް ބޮޑެތި ގެއްލުންތައްވާންފެށުމުން އެތެރޭގެ ޕުރެޝާބޮޑުވެ އެއްވެސް ޝަރުތެއްނެތި ހަމާސްގެ ރޮކެޓް ނުހުއްޓުވި ހަގުރާމަ ހުއްޓާލަން ޖެހުނީތީވެ

    30
  19. ހޫ

    ހާދަ ފަސޭހައިން އިތުބާރު ތިކުރީ.

    3
    1
  20. މަ

    ތި ކަހަލަ ކާމިޔާބެއް ލިބުނު ގައްޒާފީ ދައުރު ލީބިޔާއަށްވެސް

    1
    17
    • ބަ

      އިސްރާއީލުން ފެށި ކަން ކޮޅެއްގައި ނުޖެހުނު. ޝެއިހް ޖައްރާހުގައި ޖަހަން އުޅުނު ސަކަރާތްވެސް ނުޖެހި އެކަން ހުއްޓާލަން އެއްބަސް ވާން ޖެހުނީ. ގައްޒާ ވަށައިގެން ބަންދު ކޮއްގެން އުޅޭއިރުވެސް ހަމާސްގެ ރޮކެޓް ހަމަލާތައް ހުއްޓުވައި ނުލެވުނީމަ ހަމަލާ ފެށުނު މޮޔަ ހިތައްއަރާ ދުނިޔޭގެ ކުރިމަތިގައި ބޮޑު ލަދެއްގައި ބެދިގެން ތިމާމެން ފެށި ހަނގުރާމަ ކޮޅެއްގައި ނުޖެހި ހުއްޓާލަން ޖެހުނީ. އަދިވެސް އެތައް ކަމެއް. އެކަމަކު އިނގިލި ކުރިޔާ ހަމައަށް ވިސްނޭ މީހުންނަށް ވާނުވާއެއް ނޭންގޭނެ.

  21. ނަތަންޔާހޫ

    ފަލަސްތީނުގެ މީހުން ނުކުމެ ހަނގުރާމަކޮށް އިސްރާއީލު ބަލިކޮށް ފަހަތަށް ޖައްސާލި ނަމަވެސް ކާމިޔާބީއެކޭ ނުބުނެވޭނެ. އެއޮތް ކުޑަ ގައުމުގެ ވަށައިގެން އެއޮތީ އިސްލާމީ ބިޔަ ލަޝްކަރު. އިޒްރޭލް އެއޮތީ ސަލާމަތުން. ފޮނުވިހާ ރޮކެޓްތަކުން މަރުވީ 12 ވަރަކަށް މީހުން. މުޅި ރަށް އެއޮތީ ފުނޑުފުނޑުވެފަ. އެތައް ކުދި ދަރީންނަކާއި ކުށެއްނެތް އެތައް ބަޔަކު އެދިޔައީ ހަނާވެގެން. ދެން މީ ކާމިޔާބީއެއް ނަމަ ކާމިޔާބީއެއް. އުފާފާޅުކޮށް ނަށާ ލަވަކިޔާ ހަވާ އަރުވަންވީ!

  22. ހާލުފޮޅި

    الحمد لله

    15
  23. Anonymous

    الحمد الله. ޔާ ﷲ.ފަލަސްތީނުގެ ބި މުން އިބަ ﷲ ގެ މަގުގާ ހަނގުރާ މަކޮށް ޝަޙީދުވެދިޔަ އެން މެހާ މުސްލި މް އަޚުންނާ އުޚުތުންނަށް ސުވަރުގޭގެ މަތިވެރި ނިއު މަތް ދެއްވާށި. އަދި އެބައި މީހުންގެ ތެރެއިން ޔަތީ މުވެދިޔަ އެން މެހާ އަޚުންނާ އުޚުތުންނަށް ތެދު މަގު ދައްކަވާ ބޯހިޔާވަހިކަން ދެއްވާށި. އެބަޔަކު ޝަހީދުވެ ދިޔަ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި އަދި އެބައި މީހުންގެ ތެރެއިން އިބަ ﷲ ގެ މަގުގާ ގޯތިގެދޮރު ދޫކޮށް ހިޖުރަކުރި އެން މެން ނަށް އެކަ މުގެ އަޖުރު ދެއްވާ އެބައި މީހުންގެ އަސްލު ބި މަށް ރުޖޫޢަ ކޮއްދެއްވާށި. އަދި ޔަހޫދީންގެ އަނިޔާވެރިކަ މާ މަކަރުވެރިކަ މުން އަބަދުގެ އަބަދަށް އެބައި މީހުން ސަލާ މަތްކޮއްދެއްވާށި. އާ މީން.

  24. އަލީ

    الحمد لله الله اكبر އަދި ވަގުތު ނޫހަށް ވެސް ވަރަށް ޝުކުރު ދަންނަވަން. މިކަހަލަ މުސްލިމުންނާ ގުޅުން ހުންނަ ހުރިހާ ކަމެއްގައި ހަބަރުތައް ވަގުތުން ވަގުތަށް ގެނެސް ދެއްވާތީ. ތިނޫސް ކަމުދަނީ އެހެންވެ.

  25. ބަކުރުބެ

    الله اكبر

    މީއި، ބަލަން ތިބި ބަޔަކަށް އިސްރާއިލާއިދެކޮޅަށް ދެވުނީ ކުޑަ ގެއްލުމެއްކަމަށް ލަފާ ކުރެވުނު ނަމަވެސް އިސްރާއިލަށް ދެވުނު ވަރުގަދަ ރައްދެކެވެ. ހަމާސް މައިތިރި ކޮއްފައި ނޫނީ ހުއްޓާލަން ބުނި އިސްރާޢިލުން ހަނގުރާމަ މަޑު ޖައްސާލީ ބިރުންކަން ދޭހަވެއެވެ. މުސްލިމު ޤައުމުތައް އެކައްޗެއް ކިޔައިފި ނަމަ ، އިސްރާޢިލު އަދި ވަކީން ބިރު ގަނެ ބަލި ވާނެއެވެ. ﷲ އިރާދަ ކުރެއްވިޔާ މުސްލިމުން ގަދަވެ އެބައިމޫން ނަސްރު ހޯދާނެއެވެ.

  26. ނަބާ

    الحمد لله ، الله اكبر ، އިބަ ﷲ މުސްލިމުންގެ ދުޢާ އިޖާބަ ކުރައްވައި، ޔަހޫދީންގެ މައްޗަށް މުސްލިމުނަށް ނަސްރު ދެއްވާފިއެވެ !! ހަމަ ކަށަވަރުން އިބަ ރަސްކަލާނގެ އަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ!! އަޅުގނޑުމެން މުސްލިމުން ވާގި އެދެނީ ހަމަ އެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.. އެޔަޤީން ކަމާއި އެކު ހުރިހާ މުސްލިމުންވެސް ދުޢާ ކުރައްވަމުން މިގެންދަނީ !! الله اكبر ، الله اكبر ❤️❤️❤️❤️

  27. سعدية عبدالله

    الحمدالله الله كبر