އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް ބޮން އަޅައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަފާތު ވާހަކައެއް ދައްކައިފިއެވެ.

ޓްރަމްޕް ބުނީ އޭނާ އެމެރިކާގެ ރައީސް އަކަށް ހުރި ނަމަ ޣައްޒާ އިން އިސްރާއީލަކަށް ބޮމެއް ނޭޅޭނެ ކަމަށެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވާހަކަ ދައްކަވަނީ އެމެރިކާ ބަލިކަށިވވާ ގޮތަކަށް ކަމަށާއި އިސްރާއިލް އާއި ޣައްޒާއާ ދެމެދު އޭނާގެ ވެރިކަމެއްގައި ހަނގުރާމަ ނުހިނގާނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

މެންހެޓެންގައި ހުންނަ ޓްރަމްޕް ޓަވަރުގައި މީޑިޔާއަށް ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މެދުއިރުމަތީގެ މަސްރަހު އޭނާ ވެރިކަމުގައި ހުރިނަމަ ސުލްހަވާނެ ކަމަށެވެ. ޓްރަމްޕް މިގޮތަށް ބުނެފައި ވަނީ 11 ދުވަސް ވަންދެން އިސްރާއީލާއި ޣައްޒާއާ ދެމެދު ރޮކެޓް ހަމަލާތައް ބަދަލުކުރަމުން ދަނިކޮށް އެކަން ނިމުމަކަށް ގެންނަން އެއްބަސްވެފައިވާކަން އިއުލާން ކުރި ފަހުންނެވެ.

ޓްރަމް މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ބުނީ މުސްތަގުބަލުގައި މެދުއިރުމަތީގެ މަސްރަހު އޮންނާނެ ގޮތާއި މެދު ކަންބޮޑުވާ ކަމަށެވެ. ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާ އާއި އިސްރާއީލާއި ގާތް ގުޅުމެއް ބޭއްވިއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިއްޔާހޫ އަކީ ޓްރަމްޕުގެ ގާތް މީހެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕް އަށް ބޮޑު ނާކާމިޔާބީއެއް ލިބުނު އިރު އޭނާގެ އަމަލުތައް ހުންނަ ގޮތުން މީސްމީޑިއާގެ ގިނަ ޕްލެޓްފޯމުތަކުން ޓްރަމްޕް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. 🤨

  ކަލޭ މޮޅުވާހަކަ ނުދައްކަބާ… ކަލޭ އެންމެ ގިނައިން ބޮންއެޅީ 😡😡😡

  41
  7
 2. އަލީ

  ދޮގުވެރިއެއް.

  34
  5
 3. އަލްޖިބްރާ

  ކަލޯ ! ނަމަނަމަ އެއްގައި ކުރާނެ ކަމެއް ނެތް ! މިރާއްޖޭގައިވެސް މިވެނި މީހަކު ވެރިކަމުގައި ހުރިނަމަ އެވެނި މިވެނި ކަންތަށް ވާނެއޭ ކިޔައިގެން ތެޅިފޮޅޭތަން ފެނޭ ! ވަގުތު ފާއިތު ވީމާ ނަމަނަމަ ނުކިޔާ ! ތިހިރީ ވަގުތު ހަމަވެގެން ބޭރު ކޮށްފަ ! ދެން މައިތިރިވެގެން ހުރޭ !

  32
  4
 4. Anonymous

  އެހެންވެއްޖެއްޔާ ކަލޯ ވެރިކަ މުގާ ހުރެގެން ޢައްޒާޔަށް ބޮން އަޅާ ޝަހީދުކުރި އެތަށް ހާސް މީހުންގެ ޙައްޤު ކޮބާ؟ އިންސާނީ ޙައްޤުގާ އެކަން އޮންނަނީ އެހެންތޯ ޑޮނަލް ޖޭ ޓްރަންޕާ ސުވާލުކޮއްލަން..
  ކަލޯ މެން އިންސާނީ ޙައްޤުގެ ފިލާވަޅުތައް ނަގައިދޭއިރު މަމ މެންނަށް އެނގޭ ކަލޯމ މެންނަށް ދޭނޭ ރައްދު

  29
  1
 5. އިސްމާލު

  ޝުކުރިއްޔާ ޓްރަން މްޕް!

  5
  13
 6. ޓުރަންޕް

  ސްޕީކް އިންގްލިސް…ޕުލީސް….އައިޑޯންޓް އަންޑަސްޓޭންޑް ޑިވެހި 😎

  14
  1
  • ކިޔާ

   ހައްހައްހާ....

  • ފާއިޒު

   ފަތިސްނަމާދަށް ފަހު ޓްރަންޕް އިންނަނީ ވަގުތު ނޫސް ކިޔާލަންތަ؟

 7. އެޖެންޑާ2021

  އެހެންވީމަ އެގެނީ ޙަމަލާތައް ދެނީ ފިލާތިބެވެސް
  އެމެރިކާއިންކަން. އަހަރެމެންދަންނަން ދެބުރިއަށް ބުރިކޮށްލައިފިނަމަ އެއްބުރި އިސްރާއީލް އަނެއް
  ބުރި އެމެރިކާ ކަންވެސް.

  10
 8. ޢަހު

  މީނާ އެޅީ ޣައްޒާއަށް ފެންތަ؟

 9. Anonymous

  އަސްލު ޓުރަންޕް އަކީ މުސްލިމުން ދެކެ ވ ޖެހިލުންވާ ވެރިއެއް. އިރާން މަސްރަހުގެ ވީ ކަންތައް ބަލާލީމަ އެނގޭނެ. އެކަމު މިހާރު ހުރި ބައިޑަން މުސްލިމުން ސުލްހަ ކުރަން މެޑަލް ޖަހާގެން ވެރިކަމަށް އާއްސަ މަންޖަރު ބަލަން ނޫން ކަމެއް ނުވެ

 10. ހުސޭނުބެ

  ތިހެންވީރު ދެންއަންނަ ދައުރެއްގަ ހޮވޭނެ އިންޝާﷲ