ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައިވާ އިންޑިއާގައި އިތުރު ނުރައްކާތެރި ބައްޔެއް ކަމަށްވާ މިއުކޯމައިކޯސިސް ނުވަތަ ކަޅު ފަންގަސް ހަލުވި ކަމާއި އެކީ ފެތުރެން ފަށައިފިއެވެ.

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19ގެ ހަލުވި ކަމާއި އެކީ ފެތުރި އެގައުމުގެ ސިއްހީ ނިޒާމު ވަނީ ގަޑުބަޑުވެފައެވެ. ބަލި ޖެހިގެން ފަރުވާ ދެވޭނެ އިންތިޒާމުތައް ހޮސްޕިޓަލްތަކުގައި ނެތި އޮކްސިޖަންތައް ހުސްވެ، ބަލި މީހުން މަގުމަތީގައި ސަލާން ޖަހާ ހިސާބަތް ވަނީ ހާމަލަތު ގޮސްފައެވެ.

މިހާލަތަށް އެގައުމު ވެއްޓިފައިވާއިރު، މިހާރު އަނެއްކާ ވެސް އެގައުމަށް މިވަނީ އަނދިރި ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ ނުރައްކާތެރި ކަޅު ފަންގަސް ބަލި އެގައުމުގައި ފެތުރެން ފަށާފައިވާތީއެވެ.

އެގައުމުން މިހާތަނަށް 26 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ބަލި ޖެހިފައިވާއިރު، ދާދި ފަހުން ފެނިފައިވާ ކަޅު ފަންގަސް މިހާތަނަށް 10 ސްޓޭޓަކުން 7،250 މީހުންނަށް ޖެހިފައި ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި 219 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކަމާއި ބެހޭ މާހިރުން ބުނާ ގޮތުގައި ކަޅު ފަންގަސް އެންމެ ނުރައްކާ ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ދާއިމަށް ބޭސް ފަރުވާ ކުރާ ނުވަތަ ހައިރިސްކު މީހުންނަށް ކަމަށެވެ.

އޭގެ ތެރޭގައި ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީ ނިޒާމު ދަށްނަމަ މިބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ އަސަރު ކުރާ މީހުންގެ 54 އިންސައްތަ މީހުން މަރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

އިންޑިއާގެ ހާލަތު ކަޅު ފަންގަސްގެ ސަބަބުން ގޯސްވެދާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، ކޮންމެ އަހަރެއްގެ މައްޗަށް މި ބަލީގެ 20 ވަރަކަށް މީހުން އެގައުމުން ފެނޭ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހުރަބު

    އަލްޙަމްދުލިﷲ ޝިރްކް އިންޑިއާ އަށް ގެއްލޔމާއި ހަލާކު އިތުރުކުރައްވާށި ، އާމީން

    4
    2
  2. މުހައްމދު

    ކަޅު ފަންގަސް ބައްޔަކީ ފެތުރޭ ބައްޔެއްނޫން. ތިހެން ބުނީމަ ހީވަނީ ގައިންގަޔަށް އަރާ ފެތުރޭބައްޔެއްހެން.