މާތްވެގެންވާ މަސްޖިދުލްޙަރާމް ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

މިފަހަރު މަރުވީ އުމުރުން 26 އަހަރުގެ ނަފްސާނީ ގޮތުން ބަލިކަށި، ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އޭނާ އެމީހާ މަރުވެފައިވަނީ މިމަހު 15 ވަނަ ދުވަހުގެ ރޭ، ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއިން، ކައުބާ ހުންނަ ސަރަޙައްދަށް ފުންމާލައިގެންނެވެ. އެވަގުތު ބައެއް މީހުން ގެފުޅު ކައިރީ ޠަވާފު ކުރަމުން ވެސް ގެންދިޔައެވެ.

މި ހާދިސާ ހިންގި ވަގުތު މަސްޖިދުލްޙަރާމް ހުންނަ ސަރަޙައްދުގައި ގިނަ ބަޔަކު ތިބި އިރު އަމިއްލަޔަށް މަރުވާން ފުންމާލި މީހާ ވެއްޓުނީ ސޫދާން މީހެއްގެ ގައި މައްޗަށެވެ. މިހާދިސާގައި އޭނާ އަށް ވެސް އަނިޔާ ލިބުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސައުދީގެ ފުލުހުން މިހާދިސާ ތަހުގީގު ކުރަމުންދާއިރު ސީސީޓީވީ ކެމެރާތަކުން ދައްކާގޮތުގައި އޭނާ މަރުވީ ފުރަތަމަ ފްލޯގެ ފެންސް މައްޗަށް އަރައި ފުންމާލައިގެންނެވެ.

މިހާދިސާ ހިނގާފައިވާއިރު އުމުރުން 35 އަހަރުގެ ޕާކިސްތާނަށް ނިސްބަތްވާ މީހަކު ވަނީ މިމަހު ނުވަވަނަ ދުވަހު މަސްޖިދުލްޙަރާމްގެ އެންމެ މަތިން ފުންމާލައިގެން އަމިއްލަޔަށް މަރުވެފައެވެ. އޭނާ ފުންމާލައިފައިވަނީ މީހުން ތަވާފްކުރާ ތަނަށް ކަމަށް ސައުދީގެ ފުލުހުން ބުނެއެވެ.އެމީހާ ފުންމާލުމުން އޭނާގެ ބޯފަޅައިގެން ގޮސް ބައެއް ގުނަވަންތައް ބިންދައިގެން ދިޔައެވެ.

އެމީހާގެ މަރުގެ މައްސަލަ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު މައްކާގެ ހަރަމްފުޅުގައި މީހުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނީ ކުއްލި ހާލަތުގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އެމީހާ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުލްސޫމު

    އެއީ ދެން ސުވަރުގެ ދިޔައްޔޯ!!!! ހީކުރާގޮތް ދޮތަ؟ ކޮންމެ ތަނެއްގައިނަމަވެސް އަމިއްލަޔަށް މަރުވުމަކީ ކުފުރުމަރެއް! އެފަދަ މީހުންގެ ޖަޒާއަކީ ނަރަކަ!

  2. ނަންްްްް

    ﷲގެ އިރާދަފުޅާ ނުލާ އެއްކަމެއް ވެސް ނުވާނެ. މައްކާގަވެސް ހަރަން ފުޅުގަވެސް

  3. ޢާއިޝަތު

    ޢެވަރުގެނުބަ ކަމެއް އެވަރުގެ ތަނެއްގައި ކުރާނީ ހާދަހާ އީމާންތެރިކަން ނެތީމައޭ. ޢެ.މާތްވެގެންވާ ބިމަށް ދެވުމަކީ ވަރަށް އުފާވެރިކަމެއް އެކަމަކު އެފުރުސަތުގެ ބޭނުން އެހިފީ ކުފުރުގެ ނިމުމެއްގައި ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. ޢާމީން.

  4. ސުވާލަކީ

    ސުވާލަކީ އަމިއްލައަށް މަރުވި މީހުންނަކީ ސަޢޫދީ ޢަރަބިއްޔާއަށް ކޮން ބޭނުމެއްގައި އެތެރެވެފައި ތިބި ބައެއްހެއްޔެވެ؟ އެއީ ސަޢޫދީގައި އަޅުންގެ ދަރަޖައިގައި އުޅޭ މަސައްކަތު މީހުން ހެއްޔެވެ؟ އެމީހުންނަކީ ސަޢޫދީ ބައެއްގެ އަނިޔާ ލިބެމުންދިޔަ ބައެއްހެއްޔެވެ؟