ހަނގުރާމަ ހުއްޓާލާފައި އޮއްވާ އަނެއްކާވެސް އިސްރާއީލް ސިފައިން އަލް-އަޤްސާ މިސްކިތަށް ހަމަލާދީފިއެވެ.

އިސްރާއީލްގެ ސިފައިން އަޤްސާ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގައި ހަމަލާ ދީފައިވަނީ ހުކުރު ނަމާދަށް ފަހު މިސްކިތުގައި އުފާ ފާޅު ކުރަން ބަޔަކު މީހުން ތިއްބާއެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުކުރު ނަމާދަށް ފަހު ގިނަ ބަޔަކު ވަނީ އިސްރާއީލާއި ހަމާސް ޖަމާއަތުގެ ހަނގުރާމާ ހުއްޓާލުމާއި ގުޅިގެން އުފާ ފާޅު ކުރުމަށް މަޑު ކޮށްފައެވެ. އެވަގުތުގައި އިސްރާއީލް ސިފައިން އެމީހުން އެތަނުން ފޮނުވާލުމުގެ ބޭނުމުގައި ކަރުނަގޭސް ފަދަ ތަކެތި ވަނީ ބޭނުން ކޮށްފައެވެ.

"އިސްރާއީލް ސިފައިން މިސްކިތަށް ވަދެގެން އައިއިރު، ގިނަ މީހުން ތިބީ އެކަމުގެ އުފަލުގައި ވާހަކަ ދައްކަން. ކުއްލިއަކަށް ވަދެގެން އައިސް، ސްޓަން ގްރެނޭޑް ކަރުނަ ގޭސް ފަދަ ތަކެތި އުކަން ފެށީ" އަލްޖަޒީރާގެ ނޫސްވެރިއަކު ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، އިސްރާއީލް ސިފައިން އެ ސަރަހައްދުގައި ބަޑި ޖަހައި މީހުން ފޮނުވާލުމުގެ މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް މީހަކު ޒަހަމް ވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އައި ހަމަލާތަށް ރޭ ދަންވަރު ވަގުތީ ގޮތުން މެދު ކަނޑާލާފައިވާއިރު، މިއަދު އަޤްޞާ މިސްކިތުގައި މަޑުކޮށްގެން ތިބީ ބަޔަކު އެތަނުގައި ތިބީ އެކަމުގެ އުފާ ފާޅު ކުރަން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިސްރާއީލުން އަޤްސާ މިސްކިތުގައި ތިބި މީހުން ފޮނުވާލަން މަސައްކަތް ކޮށްފައިވަނީ މިސްކިތުގައި މާ ގިނަ ވަގުތު އެމީހުން މަޑުކޮށްފިނަމަ، އިސްރާއީލްގެ ސަލާމަތަށް ނުރައްކާވޭނެ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އައިޝާ

    ކިހާބޮޑު މުސީބާތެއްދެން މީ ލައިގަނެފައިއޮތް އިސްރާއިލޭ ކިޔާފަ😠😠😠

    70
    1
  2. އުގުރި

    ކާފަރުންނަށް ދުވަހަކު ވެސް އިތުބާރު ކުރާކަށް ނުވާނެ. އޭގެ ހިތި ނަތީޖާ މާޒީގައި ވަނީ ފެނިފަ..

    75
  3. Anonymous

    ޔަހޫދީން އިޞްލާޙެއް ނުވާނެ. މުޖާހިދުން ކުރިއަށްބާރަށްދާންވީ.
    ޞަހްޔޫނިންތައް ހަލާކު ކުރައްވާށި. އާމީން.

    65
  4. ކާމިޔާބު1

    ޔަހޫދީން ދުވަހަކުވެސް މުސްލިމުންނަކަށް ހެވެއް ނޭދޭނެ ' އެމީހުނާ ސުލްހަވުމުގެ އިންތިޒާރުަގައި ކިތައްމެ ދުވަހަކު މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ ' ހަނގުރާމަ ހުއްޓާނެ ކަމެއް ނެތް އެއްމެ ފަހު މީހާއާ ޖެހެންދެން ހަނގުރާމަ ކުރަންވީ ނަސްރަކީ މާތްﷲދެއްވާ އެއްޗެއް ހައްގަސް ނަސްރުލިބޭނެ ' ކޮންމެ ފަހަރަކު އެތައްބައެއް ޝަހީދުކޮށްފަ އެމީހުންގެ މަގުސަދު ހާސިލުވީމަ މައިތިވެލާފަ މާސުލްހަވެރިބައެއްކަމަށް ދެއްކެނީ ' އެއީ ޔަހޫދީން ދުވަހަކުވެސް އަހުދަކަށް އިހްތިރާމެއް ނުކުރާނެ. މުސްލިމުންވެސް ތަންކޮޅެއްބޮޑަށް ހޭލަންވެއްޖެ ކޮޅެއްގަ ޖައްސާފަ ނޫނީ ހަނގުރާމަ ހުއްޓާނުލާތި ...

    48
  5. ވިސްނާބަލަ

    އަޖައިބެއް! މިސްކިތުގައި ގިނައިރު މަޑުކޮށްގެން މި ބައިގަނޑަށް ކޮން ގެއްލުމެއްވާނީ!

    46
  6. ބަރުގޮނު

    އިޤްދިޞާދީ ގޮތުން ނަމަވެސް އެމެރިކާއަށް ދަތިވާނެ ކަމެއް ކުރެވިގެންނޫނީ މިކަންވާނީ ނުހިދޭ ކުޅިއަކަށް. ފަލަޞްދީނަށް ހެޔޮއެދޭ ހަމަ ހުރިހާ ޤަވްމަކުން އެކީއެކީ މިމަސައްކަތް ކުރެވިގެންނޫނީ އެއްވެސް ކާމިޔާބެއް ނެތް.

    39
  7. ނުރަބޯ

    މިމީހުން ބުނާގޮތުން ކާމިޔާބީގެބައެއް މީވެސް

    10
  8. ޔަހޫދީ އެލެކްސް

    ޔަހޫދީން ވާނީ ހަމަ ހަޔޫދީ އައް

    24
  9. އެލކްސް ޔަހޫދީ ގ

    ޔަހޫދީންގެ މިސްކިތެއްތަ ފޮނުވާލަން

    21
  10. ރަބަރޭ

    އިޒްރޭލު މީހުންނަ ކީ ވަރަށް ހަޔާއް ކުޑަ ގޮތެއް ފޮތެއް ނެތް ބައިގަނޑެއް އިޒްރޭލު އާލާތުން ނަން ހީވާ ކަހަލަ ފަލަސްތީނު ބިމަ ކީ އެމީހުންނަށް ލިބިފައިވާ ވާރުތަ މުދާ ގަޑެ ކޭ
    ޔާ ﷲ އިޒްރޭލުގެ ޔަހޫދީން ބަލި ކުރައްވާ ނި ކަމެތި ކުރައްވާ ފާންދޭވެ
    އާމީން

    15
  11. ވެރިން

    އަސްލު އަގްސާ މިސް ކިތުގެ ފޮޓޯ އެއް.

  12. ފަލަސްތީން

    ތީ ޔަހޫދީންކަން ހަނދާން ކުރާތި

    2
    1