ޗައިނާ ސަރުކާރުގެ އަސްކަރީ އެކްސިޑެންޓްތަކުގެ މައުލޫމާތު ދެ ފުށް ފެންނަ ގޮތަކަށް ހިއްސާ ނުކުރާ މައްސަލަ ބޮޑުވެއްޖެއެވެ.

ތަޖުރިބާކާރުން ގަބޫލު ކުރަނީ މިލިޓަރީ ކޮމިޝަނާއި ޗައިނާގެ ރައީސް ޖިއާންގް ޒެމިންއަށް 2003 ވަނަ އަހަރުގެ މޭ މަހު 70 މީހުން މަރުވެ ހިނގި ހާދިސާ އެނގޭނެ ކަމަށެވެ.

ޗައިނާ އަކީ މިލިޓަރީން ކުރާ އެއްވެސް ކަމެއް އާންމު ރައްޔިތުންނަށް އެނގޭނެހެން އެއްވެސް އިރެެއްގައި ހާމަކުރާ ގައުމެެއް ނޫނެވެ. ތަޖުރިބާކާރުން ބުނަނީ ޗައިނާގެ މިލިޓަރީން ހިންގާ އެއްވެސް ތަހުގީގެއްގެ މައުލޫމާތު އާންމު ކޮށްފައި ނުވާ ކަމަށެވެ. މިސާލަކަށް ޖެޓެއް ވެއްޓުމާއި، ސަބްމެރީން އެކްސިޑެންޓުތަކުގެ ތަހުގީގް ހިމެނެއެވެ.

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި، ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރެން ފެށުމަކީ ޗައިނާ ސަރުކާރުގެ އިސްވެރިންގެ އަތެއް އެކަމުގައި ވާނެ ކަމެކެވެެ. 2003 ވަނަ އަހަރު، ސަބްމެރީންއެއް ޗައިނާ ކަނޑުގެ ސަރަހައްދުން ފެނި މީހަކު އެކަން ރިޕޯޓު ކުރުމުން ޖަޕާނު ނުވަތަ ދެކުނު ކޮރެއާގެ އުޅަނދެއް ކަމަށް ހީކޮށް ޗައިނާ ކަނޑުގެ ސިފައިން ވަނީ ވަގުތުން އުޅަނދަށް ގެއްލުން ދީފައެވެ. އެއަށް ފަހު، ތަހުގީގް ކުރަމުން ދިޔައިރު އުޅަނދަކީ ޗައިނާގެ އުޅަނދެއްކަން އެނގުމުން ކަނޑުގެ ސިފައިންގެ ވެރިން ވަނީ އާންމުންނަށް ހަގީގަތް އޮޅުވާލާ، ސަބްމެރީންގެ މެކޭނިކް މައްސަލައެއް ދިމާވެގެން އޭގައި ތިބި 70 މީހުން މަރުވީކަމަށް ބުނެފައެވެ.

ކޮރޯނާވައިރަހަކީ ވެސް ޗައިނާ މިލިޓަރީއިން އުފެއްދި ވެކްސިނެއް ކަމަށް މީހުން ބުނަމުން ދާއިރު، އެގައުމުގެ ސަރުކާރުން އެ މަައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ. މި މައްސަލަ ބޮޑުވެ، ޗައިނާ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު