މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައި އިއްޔެ ހުކުރު ޚުތުބާ ދެއްވަނިކޮށް "ހަތިޔާރެއް" ހިފައިގެން މިމްބަރަށް އަރައި، އިމާމަށް ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ހުކުރު ނަމާދުގެ ކުރިން ޝެއިހް ބަންދަރު ބަލީލާ ޚުތުބާ ދެއްވަނިކޮށް މިމްބަރަށް އަރަން މަސައްކަތްކުރީ އިހްރާމް ހެދުމުގައި ހުރި ފިރިހެނެކެވެ. މިހާދިސާގެ ވީޑިއޯއެއް ހަރަމްފުޅާ ބެހޭ މައުލޫމާތު ހާމަކުރާ ހަރަމައިން ޝަރިފައިންގެ ޓުވީޓާ އެކައުންޓުން ވަނީ ހާމަކޮށްފައެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ޚަތީބު ޚުތުބާ ކުރިއަށް ގެންދަވަނިކޮށް އިހްރާމްގައި ހުރި ފިރިހެނަކު ކުއްލިއަކަށް ތެދުވެ މިމްބަރާ ދިމާލަށް ދުއްވައިގަނެ އެވެ. އޭނާގެ އަތުގައި ކަނޑިއެއް ކަހަލަ އެއްޗެއް އޮތެވެ. މިމްބަރުގެ ދޮރާއި ދާދި ގާތައް އޭނާއަށް ދެވިފައި ވަނިކޮށް އެތަނުގައި ތިބި ޕަބްލިކް ސެކިއުރިޓީ އޮފިޝަލުން ވަނީ އެ މީހާ ހުއްޓުވައި ހައްޔަރުކޮށްފަ އެވެ.

ޚުތުބާ ކުރިއަށް ދަނިކޮށް ޚަތީބަށް ހަމަލާދޭން މަސައްކަތް ކުރި މީހާގެ އެއްވެސް މައުލޫމާތެއް އަދި ސައުދީ ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާ ޚަތީބަށް ހަމަލާދޭން ދިޔައިރު އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ. ލަފާކުރެވޭ ގޮތުގައި އެއީ ދަނޑިބުރިއެކެވެ. ނަމަވެސް އޭނާ އަތުގައި އޮތީ ކޮންއެއްޗެއްކަން އަދި ސައުދީ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ހަރަމްފުޅުގެ އިމާމުންގެ ސަލާމަތީ ކަންކަން 2000ގެ އަހަރުތައް ފެށުނުފަހުން ވަރަށް ވަރުގަދައަށް ބަލަހައްޓައެވެ. އެއީ އިމާމުންނަށް ހަމަލާދޭން ބައެއް މީހުން މަސައްކަތް ކުރާތީއެވެ. ޝައިހް ސުދައިސް ހަރަމްފުޅުގައި އިންނަވަނިކޮށް އެމަނިކުފާނަށް ވަޅިއަކުން ހަމަލާދޭން ވެސް މީހަކު މީގެ އަހަރުތަކެއް ކުރިން މަސައްކަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    ހަރަމްގެ އެއްވެސް އިމާމަކަށް މީހަކަށް ހަމަލަ ނުދެވޭނެ ، އެބޭފުޅުންގެ ސިކިއުރިޓީ ހުންނަގޮތް އަޅުގަނޑު ދެކުނިން ، ގައުމެއްގެ ރައީސް އަކަށްވެސް އެހާވަރުގަދަ ސިކިއުރިޓީ އެއް ދޭތަން ނުދެކެން ، އެބޭފުޅުން ވަޑައިގަންނަވާއިރު ހަތިޔާރާއި އެކު އެތެއްސިފައިންނެއް ވަށާގެން ތިއްބަވާނެ ، ނަމާދުކޮށް ނިމެންދެން.

    25
  2. ރަބަރޭ

    ތިޔަ ވެދާނެ މިކިޔާ ހަ ރުކަށި ފިކު ރުގެ މީހަކަށް އޭނާ ބޭނުންވާ ގޮތަށް ހުތުބާ ނުކިޔަައިގެން އިމާމް މީހާއަށް ހަމަލާދިނީ ކަމަށްވެސް

    28
  3. ކޮސްބެ

    ހަމަލާ ނާކާމިޔާބު ކުރެއްވީތީ ﷲއަށް ހަމްދު ހުރި
    އެމީހުން އެކަން ކުރަން އުޅުނީ އިރާދަފުޅާ ޚިލާފަށް

    13
  4. މެން

    ބޯހަމަޖެހޭ ގޮލައެއްނޫ އެއީ

    13