ހައްދުފަހަނަ އަޅާފައިވާ އިސްރާއިލް ސިފައިން ދެ ހަފްތާއެއްހާ ދުވަހު ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ގެއަކަށް އަމާޒުވިއެވެ. ގިނަ ބަޔަކު މަގުމަތި ވެފައިވާ އިރު، ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، ހާހަކަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަ ކޮށްލެވެއެވެ.

ހަމަލާތަކުގައި ގެއްލުންވެ، ބިމާ ހަމަވި އިމާރާތްތަކުގެ ތެރެއިން ވެސް މީހުން ސަލާމަތް ކޮށްފައިވެއެވެ. ތަލްބަނީ އާއިލާއެއްގެ ގެޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިމާރާތް ސުންނާފަތިވެ، އިމާރާތުގެ ބައިތައް ތެރޭގައި ތާށިވި 10 މީހެއްގެ ހަށިގަނޑު ސިފައިންގެ ޓީމުން ހޯދައިފިއެވެ. ޓައިމްސް އޮފް ޣައްޒާއިން ރިޕޯޓު ކޮށްފައިވާ ގޮތުން އެ 10 މީހުންގެ ތެރޭގައި އުމުރުން ތިން އަހަރުގެ މަރިޔަމް ތަލްބަނީ ހިމެނެއެވެ.

މަރިޔަމް ތަލްބަނީގެ ހަށިގަނޑު ފެނިފައިވަނީ ސިފައިންގެ ޓީމުން އެ މަސައްކަތް ކުރާތާ 10 ދުވަސް ފަހުން ކަމަށް ޓައިމްސް އޮފް ޣައްޒާއިން ރިޕޯޓު ކޮށްފައިވެއެވެ. އިސްރާއިލުގެ ލާއިންސާނީ ހަމަލައިގައި މަރިޔަމް ތަލްބަނީގެ މަންމަ އާއި ބޭބެ ވެސް ޝަހީދުވެފައިވެއެވެ.

މަރިޔަމް ތަލްބަނީ ދިރިއުޅެމުންދިޔަ އެޕާޓުމެންޓުގައި އުޅެނީ ދެމަފިރިންނާއި ދެ ދަރިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއިލުން މި އެޕާޓްމެންޓަށް ހަމަލާދީ 5 އަހަރުގެ ފިރިހެން ކުއްޖާ އާއި ދެކުދިންގެ މަންމަ ރީމާ ޝަހީދު ކޮށްލި އިރު ރީމާގެ ބަނޑަށް ހަތަރު މަސް ކަމަށް ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވެއެވެ.

މެއި 15 ވަނަ ދުވަހު އަލްޖަޒީރާ ނޫހުން ރިޕޯޓު ކޮށްފައިވަނީ ރީމާ، 31، އާއި އޭނާގެ ފިރިހެން ދަރިފުޅު ޒައިދް، 5، އެޕާޓުމެންޓަށް ހަމަލާ ދިން ވަގުތު ޝަހީދުވެފައިވާ ކަމަށެވެ. އަދި ފިރިމީހާ މުހައްމަދު ތަލްބަނީ، 29، އަށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ދުނިޔެ ދޫކޮށްފައިވާ ކަމަށާއި އޭރު މަރިޔަމް ތަލްބަނީ ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓާފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓޫކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މި އަލިފް ދާލް އޭ ކިޔާ ޖަމުއްޔާ ވަރަށް ސަޅި ވާނެ. މުސްލިމުންނަށް ހަމަލައެއް ދޭނަމަ އެ ތަނެއް ފަނާވެ ރައްޔިތުން މަރައި ހުސްކުރަންދެން ތިބޭނީ ހަނު.! މިހިސާބަށް ކަންތަށްގޮސް ދުނިޔޭގެ ގައުމުތަކުން އަރައިގަންނަ ހިސާބަށް ކަންކަން ދިއުމުން ނުވިތާކަށް އެ ހަމަލާދޭން ބަޔަކު ހިތްފުރޭވަރަށް އެ ތަނެއް ސުންނާފަތި ކޮން ހަނގުރާމަ ހުއްޓާލީ މާ އެހީގެ ވަފުދުތަށް ފޮނުވާނެ!! އަދި ބުނާނެ! އަލިފޫދާލު މި އޮތީ އަނިޔާވާމީހުންނަށް އެހީވާށާއި ފަނާވި ތަންތަން އަލުން އާރާސްތު ކުރުމުގައި އެހީވުމަށް ކއތްމަދުވެފައޭ!! ދެން ފޮނުވާނެ ކާއެއްޗެއްސާ އަންނައުވެސް!! މި ވަރުގެ އޯގާތެރި ތެދު ނިޔަތުގައި މަސައްކަތްކުރާ ޖަމުއްޔާއެއް އެބޮތްތަ!!!

  2. އަހުމަދު

    މީގެން އެބަ އެއްޗެއް ގެޓުވޭ... އައިއެސް އަށް ހަމަލާދޭންވީމަ އަލިފްދާލު ފުންމަައިގެން ތެދުވި އެކަމު މި ނިކަމެތިން މުޅި އުމުރު ހޭދަ މިކުރަނީ މި އަނިޔާވެރިކަމުގައި. އަލިފްދާލަށް ކަމެއްނުވި.......ވީމާ އަސްލު ކާފަރުން އައިއެސްއަށް ހަމަލާދިން ސަބަބު ވަރަށްސާފު