އިންޑިއާގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އާ ވައްތަރާއި ގުޅޭ މައުލޫމާތު މީޑިއާތަކުން އުނިކޮށްދިނުމަށް އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން އެދިއްޖެއެވެ.

އިންޑިއާއިން އެގޮތަށް އެދިފައިވާ ކަން ހާމަ ކޮށްފައިވަނީ ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށްވާ ރޮއިޓާސް އިންނެވެ.

އިންޑިއާ ސަރުކާރުން މިހެން ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން އިންޑިއާއިން އެންމެ ފުރަތަަމަ ދެނެގަނެވިފައިވާ ކޮވިޑް ވޭރިއެންޓަކީ ދުނިޔެއަށް ހުރި ނުރައްކަލެއް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ މީޑިއާ ރިޕޯޓުތަކުގައި 'އިންޑިއާ ވޭރިއެންޓް' މި ނަން ބޭނުން ކުރަމުންދަނީ އެންމެ ފުރަތަމަ އިންޑިއާއިން ދެނެގަނެވުނު ކޮޮވިޑް ވޭރިއެންޓަށް ބީ.1.617 ނަމުން ނަން ދެވިފައި ވަނިކޮށް ކަމަށެވެ.

ހުކުރު ދުވަހު އިންފޮމޭޝަން ޓެކޮނޮލޮޖީ މިނިސްޓްރީއިން މީޑިއާ ކުންފުނިތަކަށް ފޮނުވި ސިޓީގައި 'އިންޑިއާ ވޭރިއެންޓް' މިފަދައިން ބޭނުން ކޮށްފައިވާނަމަ، އެބައެއް އުނިކުރަން އެދިފައިވެއެވެ.

ކުންފުނި ތަކަށް ފޮނުވި ސިޓީ އާންމު ނުކުރި ނަމަވެސް އެ ސިޓީ ވަނީ ރޮއިޓާސްއަށް ލިބިފައިކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

އޭގައި ލިޔެފައިވާ ކަމަށް ބުނެެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑްގެ އާވައްތަރެއް ދެނެގަނެ އެ ވައްތަރަކަށް 'އިންޑިއާ ވޭރިއެންޓް' މި ނަން ދެވިފައިވާ އެއްވެސް ވޭރިއެންޓެއް ނުވާ ކަމަށެވެ. އެހެން ކަމުން، ސައިންޓިފިކް ނަމަކަށް އެ ނަން ނުވާއިރު މީޑިއާތަކުން ފަތުރަމުންދަނީ ދޮގު މައުލޫމާތު ކަމަށް ލިއެފައިވެއެވެ.

އިންޑިއާ ސަރުކާރުގެ އިސް ފަރާތަކުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިނިސްޓްރީއިން ސިޓީ ފޮނުވާފައިވަނީ އެ ނަމުގެ ސަބަބުން ސަރުކާރަށް އޭގެ ނޭދެވޭ އަސަރުކޮށް، ގައުމުގެ އަގު ވެއްޓެމުންދާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސުޒާ

    ދެން ކިޔާނީ ބަޖާޖް ވޭރިޔަންޓޭ..

    27
  2. ޕޫޖާ

    ބާރާތު ވޭރިއެންޓޭ

    14
  3. ދޯދި

    ގެރި ވޭރިއެންޓް ކިޔަންވީނު ؟

    22
  4. ފޮނި ބައިސާ

    މޮޑި ވޭރިއަންޓު

  5. ސަލާމް ނަމަސްތޭ

    "ކޮވިޑް ގެރިންޑިއާ ވޭރިއަންޓް"

  6. ޕެޑްމޭން

    ސަރުކާރަށް އަސަރުކުރިއަސް އަސަރު ނުކުރިއަސް ހަގީގަތްވާނީ ހަގީގަތަށެވެ. ހަހަރުމެން ކިޔާނީ ރާއްޖޭގައި މިހާރު ދައުރުވަމުންދަނީ ކޮވިޑް އިންޑިޔާ އިންޑިޔާ ވޭރިއެންޓް ކަމަށެވެ. ފެންނުވަރާ އިންޑިޔާ މީހުން ރާއްޖޭގެ ހަގުހެޔޮ ގެސްޓްތަކަށް އަންނަން ފެށުމުން މިބަލިމިވަނީ ކޮންޓްރޯލް ނުވާވަރަށް މުޅި ރާއްޖެއަށް ފެތުރިފައެވެ. ކޮވިޑް އިންޑިޔާ އިންޑިޔާ ވޭރިއެންޓްގެ ސަބަބުން ދިވެހި އިގްތިސާދު ފުޑިއްޖެއެވެ. ގައުމުގެ ޒުވާން އެތައްބަޔެއްގެ ފުރާނެ ގެއްލިއްޖެއެވެ. މިނާބިލް ސަރުކާރު އިސްތިއުފާ ދޭން ގޮވާލަމެވެ،

    11
  7. އަލިފުތާ

    ދެން ކޮންމެވެސް ނަމެއް ދީބަލަ