މީސްމީޑިއާގައި ފަހުގެ ތާރީހުގައި އުފައްދާ ކާރުތައް އުދުހޭ މަންޒަރު ފެންނަ ވީޑިއޯތައް ފެނުމާއި އެކީ އެކަމަށް ޖޯކު ޖެހި ޓެސްލާ ކުންފުނީގެ ވެރިޔާ އެލޮން މަސްކް އެންމެ ފަހުން އުދުހޭ ކާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެލޮން މަސްކު ކޮށްފައިވާ ޓުވިޓެއްގައި ބުނެފައިވަނީ ދެން ނެރޭ ޓެސްލާ ރޯޑްސްޓަރ ވާނީ އުދުހޭ ކާރަކަށް ކަމަށެވެ.

އެގޮތުން އުދުހޭ ކާރެއްގެ ކުޑަ ވީޑިއޯއެއް ޓުވިޓު ކުރަމުން އޭނާ ބުނީ، ފަހުން ނެރޭ ރޯޑްސްޓަރ ވެގެންދާނީ އެކަހަލަ ކަމެއް ކުރެވޭ ކާރަކަށް ކަމަށެވެ. އެގޮތުން އެކާރަށް ސްޕޭސްއެކްސް ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށް ޓެސްލާ ކުންފުނިން ވަނީ ބުނެފައެވެ.

އުދުހޭ ކާރެއް އުފެއްދުމުގެ މަސައްކަތް އެލޮން މަސްކު ފަށާފައިވާއިރު، އޭނާ މީގެ ކުރިން ވަނީ އުދުހޭ ކާރުތަކަށް ފާޑު ކިޔާފައެވެ. އަދި އެކަން އޭނާ އަމިއްލައަށް ވެސް ވަނީ ޖޯކު ޖަހާފައެވެ.

އޭނާ ބުނީ ގޮތުގައި ފަހުން އުފައްދާ ކާރު 1.1 ސިކުންތުގެ ތެރޭގައި 60 މޭލު ބާރު މިނުގައި ދުވާނެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި ކާރު ހުންނާނެ ގޮތް ދައްކާފައިވާއިރު، މި ކާރު ބާޒާރަށް ނެރޭނެ ކަމަށް ބުނެފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުރުއްބި

    1.1 ސިކުންތުން 60 މޭލު ބާރުމިނުގައި ދުވާ ކާރެއް ލޮލަކަށް ވެސް ފެންނަވަރު ނުވާނެ ތޯއްޗެއް!!! ހައް ހައް