ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނުނު ކޮވިޑް-19 ދުނިޔެ އަށް ފެތުރިއްޖެއެވެ. ބަލި ޖެހިގެން އެތައް ބަޔަކު މަރުވެފައިވާ އިރު، ސައިންސްވެރިންގެ ހޯދުންތަކުން ކޮރޯނާވައިރަހުގެ އެތައް ވައްތަރުތަކެއް ދެނެގަނެވިފައިވެެއެވެ. އެކި ގައުމުތަކުން ވޭރިއެންޓްތައް ދެނެގަނެވިފައިވާއިިރު، އިންޑިއާއިން ދެނެގަނެވިފައިވާ ވޭރިއެންޓަކީ މުޅި ދުނިޔެއަށް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. އެ ޖަމިއްޔާ އިން މިހެން ބުނެފައިވަނީ އިންޑިއާއިން ފެނުން ވޭރިއެންޓް އިތުރު 44 ގައުމަކުން ފެނުމާ ގުޅިގެންނެވެ.

ވެކްސިންގެ ދެ ޑޯޒް ޖެހުމުން އިންޑިއާ އިން އެންމެ ފުރަތަމަ ފެނުން ކޮވިޑް ވޭރިއެންޓާއި އިންގްލޭންޑުން ފެނުން ވޭރިއެންޓުން ރައްކާތެރި ކޮށްދޭ ކަމަށް ދިރާސާ އިން ދައްކައެވެ.

އިންގްލޭންޑުގެ ޓީމަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުން، އިންޑިއާ އިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ބީ1.617.2 ވޭރިއެންޓުން ވެކްސިން ދެ ޑޯޒް ޖަހާފައިވާނަަމަ 81 އިންސައްތަ ރައްކާތެރި ކޮށްދެއެވެ. އަދި އިންގްލޭންޑުން ދެނެގަނެވުނު ބީ.1.1.7 ވޭރިއެންޓުން 87 އިންސައްތަ ރައްކާތެރި ކޮށްދޭ ކަމަށް ދައްކައެވެ.

އިންގްލޭންޑް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާނަމަ އިންޑިއާ ވޭރިއެންޓް، ބީ.1.617.2 އިން ރައްކާތެރި ކޮށްދެނީ 35 އިންސައްތައެވެ. އަދި އެގައުމުގައި ފެތުރެމުންދާ ބީ.1.1.7 ވޭރިއެންޓުން ރައްކާތެރި ކޮށްދެނީ 51 އިންސައްތައެވެ.

އިންގްލޭންޑުގެ ހެލްތް މިނިސްޓްރީއިން އާންމު ކޮށްފައިވާ މައުލޫމާތުގައި ހިމެނެނީ އެސްޓްރަޒެނެކަ އަދި ފައިޒާ ވެކްސިނުގެ މައުލޫމާތެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުގަނޑު

    ޥެކްސިން ޖެހިޔަސް ވާކަމެއް ހަރާމް. ޤައުމުގެ ގިނަ ބަޔަކަށް އިންޑިއާގެ ކޮވިޝީލްޖަހައިފި. ކުރިއަރާފައިވާ ޤައުމުތަކުން ކޮވިޝީލްޑް ބަލައިނުގަނޭ. ސައުދީއަށް ދާން ބެލި އިރު އެތަނުން ޤަބޫލުކުރާ ވެކްސިނެއްނޫން ކޮވިޝީލްޑަކީ.އެހެންކަމުން ޙައްޖު ޢުމުރާ ފުރުޞަތު ލިބުނަސް ސައޫދީއަށް ނުދެވޭނެ. ކިހާބޮޑު ގެއްލުމެއްތޯ އިންޑިއާ ކޮވިޝީލް ގެނެސްގެން ތި ދެނީ.