ޗައިނާގެ އީޔޫ މެމްބަރުންނާއި، ޔޫރަޕުގެ ގައުމުތައް ހިމެނޭހެން 17 ގައުމެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޯޕަރޭޝަނުން ލިތުވެނިއާ ގުރޫޕު ވަކިވާން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ކޯޕަރޭޝަނުން އެގްރިމެންޓާ ހިލާފުވާ ކަމަށް ބުނެއެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން މެމްބަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ބާލްޓިކް ސްޓޭޓުން އެދިފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުން ވެސް ކޯޕަރޭޝަން ދޫކޮށްލުމަށެވެ. މިފަދައިން އެދިފައިވަނީ 27 މެމްބަރުންގެ މެދުގައި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވަމުން ދާތީއެވެ.

ލިތުވެނިއާ ގުރޫޕުން މިހާރު އެއީ 17+1 ގުރޫޕުގެ މެމްބަރެއްގެ ގޮތުގައި ނުދެކޭ ކަމަށް ފްރާންސުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯޕަރޭޝަން ޕްލެޓްފޯމުން އެގްރިމެންޓުތަކާއި ހިލާފުވާން ފަށާފައިވާ ކަމަށް އީޔޫގެ ނަޒަރުގައި ފާހަގަވާ ކަމަށެވެ. އަދި އީޔޫ މެމްބަރުން 27+1 ކޯޕަރޭޝަން ނެގުމަށް ބުނެދީފައެވެ. އެއީ ޗައިނާ އާއި މުއާސަލާތީ ގުޅުން ރަނގަޅު ވާނެ މަގެއް ކަމުގައި ވިދާޅުވިއެވެ.

ޔޫރަޕިއަން މަޖިލީހުން ނިންމާފައިވަނީ އީޔޫ-ޗައިނާ އިންވެސްޓްމެންޓުގެ އެއްވެސް ޑީލެއް ނުނެގުމަށެވެ. ވިޔަފާރީގެ މައްސަލަތަކެއް ފެންމަތިވި ދުވަސްތަކެއް ދެގައުމުގެ ދެމެދުގައި ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، ލިތުއަނިއާއިން ޗައިނާގެ އިންވެސްޓްމެންޓުތައް އެތަނުގައި ކުރިޔަށް ގެންދިޔުން ހުއްޓުވާ ޓައިވާނަށް ވިޔަފާރި އޮފީހެއް ހުޅުވުމުގެ މަޝްވަރާތަކެއް ކުރުން ހިމެނެެއެވެ.

ލިތުއަނިއާގެ މަޖިލީހުން ވަނީ ޗައިނާގެ ޒިންޖިއާންގައި މުސްލިމުން ބަންދުކޮށް، ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އދ.އިން މި މަައްސަލަ ތަހުގީގް ކުރުމަށް ގޮވާލައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަދަ

    ޔޫރަޕްގަ ދޮންމީހުން ބޭނުމެއްނުވާނެ އެމީހުން ނޫން ބަޔަކު ދުނިޔޭގައި އެންމެ ކުރިއަރާދާކަށް.