ތޫފާން އެރެމާގެ ސަބަބުން ކެރީބިއަންގެ ރަށެއްކަމަށްވާ އެސްޓީ މާޓިންގައި ހުންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 11 އެނދުގެ އަގުބޮޑު ގެ ފުނޑުފުނޑުވެއްޖެއެވެ.

ޓްރަމްޕް މީގެ ކުރިން އެ ގެ ވިއްކުމަށް ވަނީ މަސައްކަތްކޮށްފައެވެ. އޭނާ ވެރިކަމާއި ހަވާލުވުމުގެ ކުރިން ގަތް އެ ގެއަކީ މޫދު ކައިރީގައި އިންނަ ޕޫލަކާއި، ޖިމެއްވެސް ހުންނަ ގެއެކެވެ. އެ ގެ ވިއްކުމަށް އެންމެ ދަށް އަގަކަށް ކަނޑައަޅާފައި ވަނީ 16.9 މިލިއަން އެމެރިކާ ޑޮލަރެވެ.

ފްރާންސްގެ އޮފިޝަލުން ވިދާޅުވިގޮތުގައި، އެރަަށުގައި ހުރި އެންމެ ވަރުގަދަ ހަތަރު އިމާރާތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ޓްރަމްޕްގެ ގެ ވަނީ ބޭނުން ނުކުރެވޭވަވަރަށް ހަލާކުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ތޫފާނުގެ ސަބަބުން 10 މީހަކު ވަނީ މަރުވެފައެވެ. މި ތޫފާންގެ އަސަރު އެންމެ ފުރަތަމަކޮށްފައި ވަނީ ބަރްބުޑާއަށެވެ. އެ ރަށަށް އެއްކޮށްހެން ދޮވެލާފައިވާކަމަށް ހަބަރުތައް ބުނާއިރު، އެރަށުގެ އިލެކްޓްރިކް ޕަވާ އޮތޯރިޓީން ބުނީ އެ ރަށުގެ ބޮޑުބަޔަކަށް ކަރަންޓުވެސް ކެނޑިފައިވާކަމަށެވެ، އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގައިވެސް އެރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ނުދެވޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

މިއީ މިހާތަނަށް އެޓްލާންޓިކްގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނުކަމަަށް ރިޕޯޓްތައް ބުނެެއެވެ.

ހަބަރުތައް ބުނާގޮތުގައި، މިހާރު އެ ތޫފާނުގެ ބާރު ކުރިއަށްވުރެ ދަށްވި ނަމަވެސް، ނުރައްކާތެރިއެވެ.

 

9 ކޮމެންޓް

  1. ވަރަށް ދެރަ

  2. ވަރަށް ދެރަ ކޮންމެއަކަސް. މެކްސިކޯއިން ޖެހޭނީ އެ ގެ ހަދައިދޭން

  3. މުސްލިމުންނަށް ވިސާނުދޭން އުޅުނު ކަމުގެ ހިތިރަހަ ދޯ؟

  4. الله أكبر الله أكبر الله أكبر...
    الحمد لله... الحمد لله ... الحمد لله

  5. ޢަލްހަމްދުﷲ

  6. މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ. މި ކަމަކީ ވިސްނާ ފިކުރު ކޮށްފިބަޔަކަށް ބޮޑު އިބުރަތެއް.

  7. ނުހައްގު ކޮންމެ ކަމެއް ނިމިގެންދާނީ ނުހައްގުން...6

  8. ޙުސައިން ނައީމު

    ޢަލްހަމްދު ލިއްލާހް ﷲ އަށް ޝުކުރުކުރަން

  9. ކީކޭ ބުނާނީ ދޯ.. ކިތައް ނިކަމެތިންގެ ގެތޯ ބިމާ ހަމަވީ ކިޔަާފަ ހަބަރެއް ގެނެނައިއާ މާ ތާހިރެންނު..