ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާތާ 12 މަސް ފަހުން ބޫސްޓް ޑޯޒް ޖަހަން ޖެހޭނެ ކަމަށް ފައިޒާ ކުންފުނީގެ ސީއީއޯ އަލްބާޓާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒްގެ ޑިރެކްޓަރ، އެންތޮނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ފައުޗީ ވިދާޅުވީ ވެކްސިނުގެ އަސަރު ހަށިގަނޑުގައި ހުންނާނީ ހަ މަސް ދުވަހަށް ކަމަށެވެ. ފަހަރުގައި އެއަށްވުރު ވުރެ ގިނަދުވަސް ވަންދެން ހުރި ނަމަވެސް، ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާތާ އަހަރު ދުވަސް ފަހުން ބޫސްޓް ޑޯޒް ޖަހަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކޮވިޑްގެ އާ ވައްތަރުތަކާއި ގުޅުވައިގެން ބޫސްޓް ޑޯޒެއް ޖަހަން ނުޖެހޭނެ ކަމަށް ފައުޗީ ވިދާޅުވެފައިވެެއެވެ.

ފައިޒާ ކުންފުނިން ބުނެފައިވާގޮތުން، ކޮވިޑާއި ދެކޮޅަށް ބޫސްޓް ޑޯޒެއް އަދި ތައްޔާރު ނުކުރެވެއެވެ. އެހެން ނަމަވެސް ދެތިން މަސް ދުވަހުގެ ތެރޭގައި ބޫސްޓް ޑޯޒްއާއި ގުޅޭގޮތުން ސައިންޓިފިކް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ކުންފުނިން ބުނެއެވެ.

ވެކްސިން ދެ ޑޯޒް ޖެހުމުން އުމުރު ދުވަހަށް ބަލިން ސަލާމަތް ވެވުނީ ނޫން ކަމަށާއި ބޫސްޓް ޑޯޒެއް ބޭނުންވާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ފައުޗީ ވިދާޅުވީ ދެވަނަ ޑޯޒް ޖެހުމާއި އެކު ރައްކާތެރި ވެވުނީ ކަމަށް ނިންމައި، މާސްކު ނާޅާ އުޅެން އަދި ލަފާ ނުދެވޭނެ ކަމަށެވެ.

އަދި ވެކްސިން ޖެހިކަމުގައި ވިޔަސް، ބަލިން ސަލާމަތް ވުމަށް އެކުލަވާލައިފައިވާ ސިއްހީ ގަވާއިދުތަކަށް އަމަލުކުރުމަށް ތަޖުރިބާކާރުން ގޮވާލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާވެކްސްމޭން

    އެންތޮނީ ފައުޗީ ދައްކާ ވާހަކަތަކާއި، ބިލްގޭޓްސްއ މީގެ 5 އަހަރު ކުރީން ފެށިގެން ދައްކަމުން އަންނަ ވާހަކަތައް ދިރާސާކޮށްފިނަމަ ވަރަށް ގިނަ ހަގީގަތްތައް އެނގޭނެއެވެ. އެވާހަކަތަކުން ޕެންޑެމިކެއް 2019 އާއި 2020 އާއި ދެމެދު އަންނާނެ ކަން އިޝާރާތް ވަރަށް މައްޗަށް ލިބެއެވެ. ހަމައެހެންމެ ކޮވިޑް 19 އަކީ ބަޔަކު އުފައްދައިގެން އުޅޭ އެއްޗެއްކަން އެނގޭނެ ވަރަށް ގިނަ ހެކި ލިބެއެވެ. ޕީސީއާރު ޓެސްޓް އުފެއްދި ފަރާތް އެ ޓެސްޓާ މެދު ބުނެފައިވާ ވާހަކައިން އެކަނިވެސް މިއީ މުޅިން ފޭކެއްކަން އެނގެއެވެ. ކޮވިޑް ވެކްސިން ޖެހުމުގެ ކުރީން މަރުވެފައިވާ މީހުންގެ ނިސްބަތަށް ބަލާށެވެ. އަދި ފުރަތަމަ ޑޯޒްޖަހާ، ދެވަނަ ޑޯޒްޖަހަން ފެށި ހިސާބުން މަރުތަކުގެ އަދަދުތަކަށް މިވަނީ ކިހިނެއް ހެއްޔެވެ. ތަފާސް ހިސާބުތަކުން މިވާގޮތް އެނގޭނެއެވެ. ރާއްޖޭގައި ވެކްސިން ޖަހާމީހުންގެ ތަފާސް ހިސާބުތަކާއި އެއިން އެއްވެސް މިންވަރެއްގެ ގެއްލުމެއް ލިބުނަސް އެކަން ރިޕޯރޓްކޮށް ސިސްޓަމެޓިކްކޮށް ރެކޯޑްކުރާނެ ގޮތެއް ނެތެވެ.

    • ޗައިނާ އިން އެމީހުން ފެށީ

      ސަތޭކައިގެ ވާހަކައެއް 💯

  2. އަހްމަދު

    ބޫސްޓާ، މެކްސް ބޫސްޓާ، އެކްސްޓްރާ މެކްސް ބޫސްޓާ މިހުރިހާ އެއްޗެއް ޖައްސުވަން ވާނެ، ބައިވަރު ބައިވަރު މެކްސް ޑޮލަރ...

  3. ޕީކް

    މިގައުމުގައި ކިޔާ އުޅެނީ ބަލިޖެހި ރަގަޅުވީމަ 3 މަސްވަންދެންކަމަށް އިމިއުނިޓީ ލިބެނީ. އެކަމު އަސްލު 6 މަސް ލިބޭ. އަދި އެއަށްވުރެ ދިގުމުއްދަތުވެސް ލިބޭ. ބަލި ޖެހި ރަގަޅުވިއަސް ވެކްސިންޖަހުވަން އުޅޭވަރުން ހީވަނީ އެހެން ފަދަ ކަމެއްހެން. 2 ޑޯޒްޖެހިތާ 2 ހަފްތާ ފަހުން ކޮވިޑްޖެހުނު އެތައް ބަޔަކު މިގައުމުގަ އެބަތިބި. އެކަމުވެސް ބައްޔަށްވުރެ ވެކްސިންގެ ދިފާއު މޮޅުކަމަށް ކިޔައި އުޅެނީ. ހުސް އޮޅުވާލުން.