ނަވާރަސަތޭކަ ބާރަވަނަ އަހަރު އަޑިއަށްދިޔަ ޓައިޓޭނިކްގެ ރެޕްލިކާ ބޯޓު އަނެއްކާ ވެސް ބަންނަން ޗައިނާއިން ފަށައިފިއެވެ.

ޗައިނާއިން ޓައިޓޭނިކްގެ ރެޕްލިކާއެއް ބަންނަމުން ދަނީ އަޑިއަށް ގޮސްފައިވާ ޓައިޓޭނިކްގައި ދަތުރުވެރިން ހޯދަމުން ދިޔަ އުފަލާއި އޭގެއިން ލިބުނު ހިތްހަމަ ޖެހުން އާންމުންނަށް ލިބިދޭނެ ގޮތަކަށް ހެދުމުގެ ބޭނުމުގައެވެ.

ސިޗުއަން ޕްރޮވިންސްގައި ބަންނަމުން އަންނަ މި ބޯޓަށް ދީފައިވާ ނަމަކީ 'އަންސިންކަބްލް ޓައިޓޭނިކް' ނުވަތަ އަޑިއަށް ނުދާނެ ޓައިޓޭނިކްއެވެ. އެގޮތުން ބޯޓަކީ ކުރީގެ ބޯޓު ގޮތަށް ދިގު މިނުގައި 882 ފޫޓު، ފުޅާ މިނުގައި 92 ފޫޓު ހުރި ބޮޑު ބޯޓެކެވެ.

މީގެ އިތުރުން ކުރީގެ ބޮޓުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެގޮތުން ސުވިމް ޕޫލާއި ތިއޭޓަރު ފަދަ ހުރިހާ ހިދުމަތެއް މިބޯޓުން ވެސް ލިބޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާއިން މި ބޯޓުގެ މަސައްކަތް އަނެއްކާ ވެސް ފަށާފައިވާއިރު، 2016 ވަނަ އަހަރު ވެސް އެގައުމުން ވަނީ އެ ބޯޓު ބަންނަން ފަށާފައިވާ ކަމަށް ބުނެފައެވެ. އޭރު އެގައުމުން ބުނެފައިވަނީ އެ ބޯޓުގައި ހުންނަނީ 269 މީޓަރު ދިގުމިން އަދި 28 މީޓަރު ފުޅާމިން ކަމަށެވެ. އަދި ބޯޓުގެ އަދު އުޅޭނީ 145 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.

މި ބޯޓު ނިމުމާއި އެކީ އަޅާފައި އޮންނާޏީ ޖިއަން ކޯރުގައި ކަމަށާއި އާންމުންގެ މީހުންނަށް ރޭގަނޑުގެ ވަގުތުތަކުގައި ބޯޓަށް އެރޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ބޯޓު ނިމޭނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އޭއެފްޕީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓައިޓޭނިކްގެ ރެޕްލިކާ ބޯޓެއް ބަނުމަށް އެންމެ މަދުވެގެން 23،000 ޓަނުގެި ދަގަނޑު އަދި 153.5 މިލިއަން އެމެރިކާ ޑޯލަރު ހަރަދުވާނެއެވެ.

މިއީ ޓައިޓޭނިކްގެ ރެޕްލިކާއެއް ހަދަން ފަށާފައިވާ ހަމައެކަނި ގައުމެއް ނޫނެވެ. މީގެ ކުރިން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ބްލޫސްޓަރ ކޮމްޕެނީން ވެސް ވަނީ ޓައިޓޭނިކް 2 ގެ ނަމުގައި ބޯޓެއް ބަންނަން ނިންމާފައެވެ. އެހެން ނަމަވެސް އުނދަގޫތަކަކާއި ކުރިމަތިވެ އަންނަ އަހަރު ބޯޓު ނިންމަން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދީދީ މަޢާފްކުރޭ ބޮޑުބޭބެ މޯދީބޭ ނުރުހޭތީ ތިކަން މިފަހަރަކުވާކަށްނެތް. އެބޭ ހިތްރުއްސާފަ ރައްޔިތުން ސަލާމަތްކޮށްދެވޭނީވެސް. 65 އަހަރުން މަތީގެ މީހުން މަރުވުމަކީ ސަރުކާރުގެ ޚަރަދުކުޑަވާނެކަމެެއް. ބޮލަކަށް 5000 ރުފިޔާ ސޭވްކުރެވޭނެ
    ރައްޔިތުން މަރުވިޔަސް ގޮތް ދޫނުކުރާންވެގެން