ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ދިރާސާ ޓީމު މެމްބަރުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަލިވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދީފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތައް ބުނެފިއެވެ.

މި މައުލޫމާތު ހިއްސާކޮށްފައިވަނީ އެމެރިކާއިން ޗައިނާގެ ވޫހާން ސިޓީން ވައިރަސް ލީކްވީ ކަމަށް ބުނެފައިވަނިކޮށެވެ.

ރިޕޯޓުގައި ބުނެފައިވަނީ ވޫހާންއިން އެންމެ ފުރަތަމަ ކޮވިޑް އިހާ ފެނުމުގެ މަހެއްހާ ދުވަސް ކުރިން ދިރާސާ ޓީމު މެމްބަރުން ބަލި ވުމަކީ ކޮވިޑް ފެތުރުމުގެ ފެށުމަށް ވެދާނެ ކަމަށެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކޮވިޑާ ގުޅޭ ގޮތުން ހިންގަމުންދާ ތަހުގީގުގެ ދެން އޮންނަ ބައްދަލުވުންތަކެއްގައި މިކަމާ ގުޅިގެން މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުން ނަމަ ދިރާސާ ޓީމަށް ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެވިފައިވަނީ ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ.

ރިޕޯޓާ ގުޅުވައިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކޮމެންޓް ކޮށްފައެއް ނުވެއެވެ. ނަމަވެސް، ވިދާޅުވެފައިވަނީ އެމެރިކާއިން ކޮވިޑް ފެށުނު ގޮތާއި، އޭގެ ކުރިން ކަންތައް ހިނގައި ދިޔަ ގޮތާ ގުޅިގެން ވަރުގަދަ ސުވާލުތަކެއް އުފައްދަމުންދާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކޮށްފައިވާ ތަހުގީގާ ގުޅިގެން ކެނެޑާ، ނޯވޭ، އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހަރުދަނާ ތަހުގީގެއް ކުރުމަށް ގޮވާލައިފައެވެ.

ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި ބުނެފައިވަނީ ކޮރޯނާވައިރަސް ފެތުރިގެން އައީ ޗައިނާގެ ލެބަކުން ލީކް ވެގެން ކަމަށެވެ. މި ތުހުމަތު ޗައިނާއިން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންގަބަލަ

    ތިޔަ ވާހަކަ ދައްކާއިރު ވޫހާންގެ ލެބްގަ ހިނގި ތަހުލީލުތައް ފަންޑުކުރީ އެމެރިކާގެ ކޮން ބަޔަކުކަންވެސް ކިޔަންވާނެ. ޗައިނާއާ އެކުވެގެން އެމެރިކާ މީހުން ތަހުލީލުކުރަމުން ދިއަ ވާހަކަ އެއީ ނުދައްކާ އޮއްބާލާ ކަހަލަ ވާހަކަ. ޗައިނާގެ ލެބުން އެއްޗެއް ލީކްވެގެން ފެތުރުނުނަމަ އެއީ ޗައިނާއެކޭ އެއްވަރަށް އެމެރިކާގެވެސް ޒިންމާ އެކަމުގައިވާ ކަމެއްވީމަ އެވާހަކަ އެހާ ބޮޑަށް ދުނިޔޭގަ ނުހިނގައިގެން އުޅެނީ.

    12
    3
  2. ކޯރި

    ޖެހިގެން މިހިރަގޭ ރުގިއްޔާވެސް އެނދުމަތިިކުރި ތިޔަބައްޔެއް ފެނުމުގެ ކުރިން.