މުހައްމަދު ސޮޔޭ އަކީ މިޔަންމާގެ ރަކީން ސްޓޭޓްގެ ބުތިޑުއަންގް ޓައުނަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޒުވާނެކެވެ. އޭނާ މިޔަންމާ އިން ފިލައިގެން ބަންގްލަދޭޝް އަށް ހިޖްރަކުރީ މީގެ ދިހަވަރަކަށް ދުވަސް ކުރިންނެވެ. މިއީ މުހައްމަދު އަލްޖަޒީރާއަށް ކިޔައި ދިން އޭނާގެ ދިރިއުޅުމުގެ ވާހަކަތަކެވެ.

އަހަންނަކީ ބުތިޑުއަންގ ޓައުނަށް އުފަން މީހަކީމެވެ. އެހެން ރޮހިންޖާ މުސްލިމުންނެކޭ އެއްފަދައިން އަހަންނަކީވެސް  ދަނޑުވެރިއެކެވެ. ރަސްމީ ވަޒީފާ އަދާ ކުރުން އަހަރެމެންނަށް މަނަލެވެ. ތައުލީމް ހާސިލް ކުރުންވެސް މަނަލެވެ. އެފަދަ ހައްގުތަކުން އަހަރެމެން ވަނީ މަހްރޫމް ކޮށްފައެވެ. އެހެން ކަމުން ފުލުހުންގެ ޚިދުމަތް ނުވަތަ ސިފައިންގެ ޚިދުމަތް ފަދަ "ސްމާޓް" ވަޒީފާތަކެއް އަހަރެމެންނަކަށް ނުލިބެއެވެ. އަހަރެމެންނަށް މަސައްކަތް ކުރަންޖެހޭނީ ދަނޑުތަކުގައެވެ. ނުވަތަ އުޅެން ޖެހޭނީ ޖަންގަލިން އޮނު ހޮވާށެވެ.

އެއީ ކިރިޔާ އަނގަޔާ އަތާ ދިމާވާ ވަރުގެ މަސައްކަތްތަކެވެ. އަހަރެމެންނަށް އެއްވެސް މިނިވަންކަމެއް ނެތަސް ކޮންމެވެސް ގޮތަކުން ދިރި ދުނިޔޭގައި ތިބެވުނީ އެވެ. އެގޮތަށް ދުވަހެއް ދުވަހެއް ފާއިތުވެ ދަނީއެވެ.

މީގެ ދެ ހަފްތާ ކުރިން ސިފައިންނާ ބުޑިސްޓް ފާދިރީން އަހަރެމެންގެ ވިލެޖަށް އައެވެ. އެމީހުން އައިސް އަހަރެމެންގެ ގަޔަށް ބަޑިޖަހަން ފެށިއެވެ. ފަހަރަކު މީހެއްގެ ގަޔަށެވެ. އަހަރެމެންގެ ގެދޮރުގައި ހުޅުޖަހަން ފެށިއެވެ. އަހަރެންގެ ބޭބެގެ މޫނަށް އެމީހުން ބަޑިޖެހިއެވެ. ބަޑި ޖެހުމާއި އެކު ބޭބެ މަރުވެގެން ވެއްޓުނީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެމެންގެ މަރުން ސަލާމަތްވާން އޮތް ގޮތަކީ އަވަހަށް ގައުމު ދޫކޮށް ފިލުމެވެ. ނޫނީ އަހަރެމެންނަށްވެސް އޮންނާނެ ގޮތަކީ މަރާ ކުރިމަތި ލުމެވެ.

އަހަރެމެން ކުރިއަށް ހިނގައިގަތީ އެވެ. ދެވޭ ނުދެވޭ ތަނެއް އެނގިގެންނެއް ނޫނެވެ. ދިހަ ވަރަކަށް ދުވަހު ހިނގި ފަހުން އަހަރެމެންނަށް މި އާދެވުނީ ބަންގްލަދޭޝް އަށެވެ.

އަހަރެންގެ މަންމަންގެ އުމުރަކީ 80 އަހަރެވެ. މަންމައަކީ ވާގިނެތް މީހެކެވެ. އޭގެ އިތުރުން ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެކެވެ. ދިހަ ދުވަސް ވަންދެން މަންމަ ޖެހުނީ އުފުލައިގެން ގެންގުޅޭށެވެ. ދަތުރުގައި ތިން ކޯރު ހުރަސް ކުރީ ބޯޓެއްގައެވެ. ދަތުރުގެ ބާކީ ބައި ކަޑައްތު ކުރީ ފައިމަގުގައެވެ. ދަތުރުގައިވެސް ސިފައިންނާ ދިމާވެއެވެ. އެމީހުންނަށް އަހަރެމެން ފެންނައިރަށް ބަޑި ޖަހައެވެ. ރޭގަނޑު ނިދީ ނުރައްކާތެރި ބައިވަރު ޖަނަވާރުތަކުގެ މާހައުލުގައި ޖަންގަލީގައެވެ.

އެތައް ނުރައްކާތެރި ގޮންޖެހުންތަކުގެ ތެރެއިން އަހަރެމެންނަށް ކުރިއަށް ދެވުނީ ވަރުގަދަ އަޒްމެއް އޮތުމުންނެވެ. ބޯޑަރު ހުރަސް ކުރެވި ބަންގްލަދޭޝް އަށް އާދެވުމުން ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. އަހަރެމެންގެ ވަޒަނުގައި ތިބި ނަމަ ހަމަ ކޮންމެ ވަގުތަކުވެސް މަރާ ކުރިމަތިލާން ޖެހުނީއެވެ.

އެކަމަކު ބަންގްލަދޭޝް އަކީ އަހަރެމެންނަށް މުޅިން އައު ގައުމެކެވެ. އަހަރެމެންނަށް ބަންގްލަދޭޝް އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭގެއެވެ. އަހަރެމެންނަށް ލިޔަން ކިޔާކަށް ނޭގެއެވެ. އަހަރެމެންނަށް މިތާނގައި ކުރަންވީ ކަމެއްވެސް ނޭނގެއެވެ. އަހަރެމެންގެ ވަޒަނަށް ސުލްހަ އިއާދަ ވެއްޖެނަމަ އެނބުރި ދާން ބޭނުމެވެ.

ރޮހިންޖާގެ ހަމަނުޖެހުންތަކުގެ މަންޒަރުތައް މުޅި ދުނިޔެ ބަލާކަން އަހަރެމެންނަށް އެނގެއެވެ. އެހެން ނަމަވެސް އަހަރެމެންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވަން އެއްވެސް ބަޔަކު މިޔަންމާ ސަރުކާރަށް ޕްރެޝަރެއް ނުކުރެއެވެ. މައްސަލަ ހައްލު ކުރަން ބޭނުމެއްވެސް ނުވެއެވެ. އެހެންނަމަ އެކަމުގެ ނަތީޖާ އަހަރެމެންނަށް ފެނުނީހެވެ. އެކަމަކު ދުނިޔޭގެ ގައުމުތަކުގެ ސަރުކާރު ތަކުން އެމީހުންނަށް (މިޔަންމާ ސަރުކާރަށް) ޕްރެޝަރ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

ދުނިޔެއަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ، ހުރިހާ އިންސާނުންނަކީވެސް އެއް ބައެކެވެ. ވަކި ދީނަކަށް ނިސްބަތްވީތީ އަހަރެމެން އިންސާނުންނަށް ނުވާންވީ ގޮތެއް ނޯންނާނެއެވެ. ބުޑިސްޓުންވެސް އުފެދިފައިވަނީ އަހަރެމެން ގޮތަށް މަހާއި ލެއިންނެވެ. އެމީހުންނަށް ހަމަޖެހިގެން ސުލްހަވެރިކޮށް މިޔަންމާގައި އުޅެވޭ ނަމަ އަހަރެމެނަށް އެގޮތައް އުޅެވޭނެ ފުރުސަތު ނޯންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެމެން އެންމެންނަކީ ވެސް އިންސާނުންނެވެ. އަހަރެމެން އުފަންވީ ހަމަހަމަ ބައެއްގެ ގޮތުގައެވެ.

24 ކޮމެންޓް

  1. ތިހެން ކިޔައިގެން މިހާރުވެސް އެއޮށް ބޭރުކޮށްލީ ބަންގާޅިންތަށްވެސް ދެންވެސް ތިހެން ގަދަވެފަ ނުފޮހެވޭނޭ ނުވާނޭ ކިޔާކިޔާ ހުއްޓާ ރާއްޖެއިންވެސް ފައްސާލާނަން ރެޑިކަލޭމެން

  2. ކިތަންމެ ވަރަކަށް ފުހެލަން އުޅުނަސް މިދީނެެއް ނުފޮހެވޭނެ އަސަރުކުރޭ ދެރަވޭ

  3. ބޯލަބޭ ދުށިންތަ އެމީހުން ބަޑިހިފައިގެން ދުވިތަން

  4. މިމީހާއަކީ އަސަރެއް ކުރާނެ މީހެއް ނޫން. މިހާރުވެސް ހީވަނީ ވަލު ސިންގާއެއްހެން. ރޮހިންޏާ ވައްތަރު ހުންނަނީ ދޯ

  5. ބަލާލީމަވެސް އެނގޭ ތިމީހާގެ އަސްލިއްޔަތު

  6. ތިމީހާ ވަކި ސަހަލުވާނެހެންނެއް ހިޔެއް ނުވޭ

    • މަ ބުރޯ ބުރޯވެސް ސަހަލު ހެނެއް ހީއެއް ނުވޭ

    • "މަ" އަކީ ވަރަށް ނުރައްކާތެރި ގޮތަށް ދިވެހިން ލާދީން ކުރަން މަސައްކަތް ކުރާ އެތީސްޓެއްތަ؟
      މީހަކަށް އަނިޔާ ލިބި، އެ މީހާގެ ތިމާގެ މީހުން ތައް ވަރަށް އަނިޔާ ވެރި ގޮތަކަށް މަރާލެވުމުން، އެ މީހާ އަށް ޙިމާޔަތް ދޭންވީ ވަގުތު އެ މީހާ ސަހަލުވާނެ ހެންނެއް ހީ ނުވާ ކަމަށް ނިންމާ ޔޫރަޕުން އިތުރު ނޯބަލް ޞުލްޙައިގެ އިނާމު ހޯދަންތަ ތި އުޅެނީ؟

    • މަށަކީ ސުލްހަވެރި ޓޮލެރޭޓް ކުރެވޭ މީހެއް. ބުރޯ ކިހިނެއް؟ ރުޅިމޫނު ދޯ؟

  7. ޥަރަަށް އަސަރުގަދަ ބަސްކޮޅެއް..

  8. ތިހަމަހަމަކަން ކޮބާ ކަލޭމެން ބުދިސްޓުންގެ ފައްޅިތައް ރޯކުރިއިރުގަ؟ އެހެން ދީންތަކުގެ މީހުންނަށް މަރުގެ އަދަބު ދިނުންތަ ހަމަހަމަކަމަކި؟ މުޅި ދުނިޔެ އިސްލާމްކުރުމުގެ ނަމުގަ ބޮމާ ކަނޑިބަޑި ހިފައިން ތެޅުނީމަ ވާނެ ހައެތި ތިވީ. ޢަދި ތިއަށްވުރެ މާ މަޖާކަންތަށްވެސް ދިމާވާނެ އެހެން ތެޅެންޔާ

    • މުސްލިމުންނަށް ގޮންޖަހާ ވާހަކަ ދައްކަން ކޮންހައިސިއްޔަތެއް އޮތީ ކަލޭގެ.

    • އެމީހުން ނުދޭ ބޮމާއި ބަޑި ހިފައިގެނެއް މީހުންމަރާކަށެއް

    • އެއްޗެއް އެނގިގެން ވާހަކަ ދައްކަބަލަ...ކަލޭ ތީ ޔަހޫދީ އެއްތަ؟

    • ބޯލަބޭ ހަމައިގަތަ ބުރޯ. ހިނދުކޮޅު އައިއްސަ ދޯ.

    • ހީރޯޝީމާ ނަގަސާކީ

      ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ދިވެހިން އެތީސްޓުން ނަށް ހަދަާފައިވާ ފައްކާ ލާދީނީ ނިޒާމެއް، މި މީހުން ދެޖޭ ގޮތުގައި 1 ވަނަ އަދި 2 ވަނަ ބޮޑު ހަނގުރާމަ ކުރި މީހުންނަށް ވުރެ ވެސް މުސްލިމުން މާ ގޯސް.
      މި މީހުންނަށް ހިދާޔަތް ދެއްވާނދޭވެ!

    • އެމީހުން ކޮންތާކުން ބޮމާއެއްޗެތި ހޯދާނީ.. އެއުޅެނީ ދެއިރު ކާލާނެ އެތިކޮޅެއްހާހިސާބުވެސް ނުލިބގެން... ބޯލަބޭގެ މައުލޫމާތު ގެ މުއްސަނދިކަމާއެވެ.. ކެ ކެ ކެ

    • ހައިސިއްޔަތު އެނގޭނެ އޭރުން

    • މުސްލިމުންނާ ބުޑިސްޓުންނާ ހަމަ ހަމަ ކުރަން ނޫޅޭއިނގޭ. . . ފައްޅިތަކުގަ ހަމަރޯކުރަންވީ. . . ދީނަކީ ހަމައެކަނި އިސްލާމްދީން. .

  9. ޔާﷲ މިއަންމާގައި ދިރިއުޅޭ މުސްލިމުންނަށް އެޤައުމަކީ އަމަން ރައްކާތެރި ތަނެއްކަމުގައި ލައްވަންދޭވެ. އާމީން

  10. މީ ހާދަ ދިވެއްސަކާ ވައްތަރު މީހެކޭ...... ޔާ ﷲ މިމީސްތަކުންގެ ހިތަށް ފިނިކަން ގެނެސްދީ މިމީހުންނަށް ދިމާވެފައިވާ ބަލާވެރުކަމުން ސަލާމަތް ކޮށްދެއްވާށި.... އާމީން

  11. ޔާﷲ މިއަންމާގައި ދިރިއުޅޭ މުސްލިމުންނަށް އެޤައުމަކީ އަމަން ރައްކާތެރި ތަނެއްކަމުގައި ލައްވަންދޭ

    • މިއޮތްހާ ދުވަހު ތިޔަ ބުނާ ރޮހިންޔާއަކަށް އެތާ އުޅެވިފަ މިހާރު މި ނޫޅެވެން ފެށީ ކީއްވެކަން ތިޔައިން މީހަކު ބުނެދީބަލަ. ޔާﷲ ތި ރޮހިންޏާ މީހުންނަށް އެހެނިހެން މީހުންނާ އެކުގައި ސުލްހަވެރިކަމާއެކު އުޅެވޭނެ ހެޔޮ ވިސްނުން ދެއްވާށި. އަދި ވަކީން ޚާއްސަކޮށް ރާއްޖޭގައި މިތިބަ އައިސިސް އަށް ފައި ނަގާ މީހުންނަށްވެސް.