މި އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ހިންގި ފަހުން އެގައުމުގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީ ކޯޓަށް ހާޒިރު ކޮށްފިއެވެ.

ބަޣާވާތް ފެށުނީއްސުރެ ބަންދުގައި ބެހެއްޓި ސޫކީ އަށް އޭނާގެ ވަކީލުންގެ ޓީމާ ފޭސް-ޓު-ފޭސް ކޮށް ބައްދަލު ކުރުމުގެ ފުރުސަތު ވެސް ލިބުނީ އިއްޔެއެވެ. އެ ޓީމުން މައުލޫމާތު ދިން ގޮތުގައި ބައްދަލު ކުރުމުގެ ފުރުސަތު ދީފައިވަނީ 30 މިނެޓަށެވެ.

ޓީމުން ބުނީ ސޫކީ އާއި އެކު މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަަމަށެވެ. ސޫކީގެ މައްޗަށް ވަނީ އެތައް ދައުވާއެއްް އުފުލާފައެެވެ. އޭނާގެ މައްޗަށް ވަނީ ކެމްޕޭން ކުރުމުގައި ކޮވިޑްއާއި ގުޅިގެން އެކުލަވާލި ގަވާއިދުތަކާއި ހިލާފުވުމާއި، ގަވާއިދާ ހިލާފަ އެތެރެ ކޮށްފައިވާ ވޯކީޓޯކީތަކެއް ގެންގުޅުމާއި، ދައުލަތުގެ ސިއްރުތަކާ ބެހޭ ގާނޫނަކާ ހިލާފުވުމުގެ ދައުވާކޮށްފައެވެ. އޭގެ ތެރެއިން ގިނަ މައްސަލަ ތަކެއްގެ ހުކުމަށް ބަލާއިރު، 14 އަހަރަށް ދެމިގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓީމުން ބުނި ގޮތުގައި މައްސަލަ އާއި ގުޅިގެން މަޝްވަރާ ކުރުމަށް 30 މިނެޓަކީ މަދު ވަގުތުކޮޅެއް ކަމަށް ބުނެ ސޫކީ ޝަކުވާ ކޮށްފައިވާ ކަމަށެވެ. އަދި އިތުރު ބައްދަލުވުމެއްގެ ފުރުސަތު ހޯދައިިދިނުމަށް އެދެން ވަކީލުންގެ ޓީމުން އެދުމަށް ވަނީ ނިންމާފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އިންތިހާބު އޮޅުވާލައިފައިވާ ކަމަށް ބުނެއެވެ. ސޫކީ ކޯޓަށް ހާޒިރުކޮށްފައި ވަނީ މިޔަންމާގައި ބަޣާވާތާ ދެކޮޅަށް މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކާއި މުޒާހަރާތައް ބާއްވަމުން ދަނިކޮށެވެ. މުޒާހަރާތައް ރޫޅާލުމަށް އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށް، އެތައް ބަޔަކަށް ހަމަލާދީފައިވެއެވެ. މި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ އަދަދު ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހޭޝް

    މިޔަންމާގައިތިބި މުސްލިމުންނަށް އަނިޔާކުރި ހިޔަޅެއް ނޫން ތީ. ތީނަ މަރާލާ

    19
    2
  2. ނާއްޓޭ

    ތިޔަކަނބުލޭގެ ދޫނުކުރާތި ތިޔައީ ހަތުރެއް އަދި އެގައުމައް ހުރި ނުރައްކަލެއް

    18
    1
  3. ޒިމްޒިމް

    ތިހިރީ ފުއްޕާފަ މުސްލިމުންނަށް އަނިޔާދިން މީހާ އެސިފައިންގެ އަތްތަކުން ހައްޔަރުކޮއްފައި.. އަދި މިހާރު ތިއުޅޭ ސިފައިންތައް ވެސް ހައްޔަރުކޮށް ޖަލަށްލާނެ ބަޔަކު ހަމަ ތިމީހުންގެ ތެރެއިން ނުކުންނާނެ.. ﷲ ސވއ އަނިޔާވެރިންގެ މައްޗަށް އެއަށްވުރެ ބޮޑެތި އަނިޔާވެރިން ފާކުރައްވާ ނެރުއްވާނެ..

  4. ހުސޭނުބެ

    ހިއްވަރުގަދަ ކަބުލޭގެ އަށް ސެލިއުޓްކުރަން

    1
    2