ކަނޑު އޮތް ސަރަހައްދު
ކަނޑު އޮތް ސަރަހައްދު

ކެރިބިއަން ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމުގައިވާ ބަހާމާސްގެ ކަނޑުގެ ފެންގަނޑު ހަރިކޭން އިރެމާ، ދަމާލުމުގެ ސަބަބުން ކަނޑު "ގެއްލިފައި" ވާ ތަން ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް މާހިރުން ބުނާ ހަރިކޭން އިރްމާގެ ސަބަބުން ކަނޑުގެ ފެންގަނޑު ދަމާލައި އުދަރެހުންވެސް ކަނޑު ގެއްލޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައ ދަނީ ދައުރު ވަމުންނެވެ. މި ވީޑިއޯއަކީ ބަހާމާސްގައި ހުރި ޓްވިޓާ ބޭނުން ކުރާ ފަރާތެއް އަޕްލޯޑު ކުރި ވީޑިއޯއެކެވެ.

ވިޑިއޯއިން ފެންނަނީ ކަނޑު އެއްކޮށް ހިކިފައި އޮތް މަންޒަރެވެ. އަދި އުދަރެހުން ވެސް ކަނޑު ގެއްލިފައިވާކަން ވިޑިއޯއިން ފެނިގެން ދެއެވެ. އަދި ކަނޑުގެ އަޑީގައި ތިބި ބޮލިތަށް ވެސް ވިޑިއޯ ކުރާ ފަރާތުން ދައްކާ މަންޒަރު ފެނެއެވެ.

ސައިންސުވެރިން ބުނަނީ މިކަމަކީ ވަރަށް ވެސް މަދުން ފެންނަ ކަމެއް ކަމަށެވެ. މިކަން ހިނގަން ދިމާވާ ސަބަބަކީ މިހާރު އެމެރިކާގެ ފްލޮރިޑާއަށް އަރަމުންދާ ހަރިކޭން އިރްމާގެ ބާރުގަދަކަމުން އުފެދޭ ލޯ ޕްރެޝަރުގެ ސަބަބުން ކަނޑުގެ ހުރިހާ ފެންތަކެއް ތޫފާނުގެ ތެރެއަށް ދަމާލާތީ ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ވިޑިއޯ އާންމު ވުމާއެކު ގިނަ ބަޔަކު ވަނީ މިކަމަކީ ސުނާމީއެއް އަރަން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ސުނާމީއެއް އެރުމަކާ ނުލައި ކަނޑުގެ ފެންގަނޑު އަނެއްކާވެސް އޭގެ އިރުކޮޅެއް ފަހުން ވަނީ އަނބުރާ އައިސްފައެވެ.

ހަރިކޭން އިރެމާ ފްލޮރިޑާއަށް އަރާނެ ކަމަށް ލަފާކޮށް މިދިޔަ ހަފްތާ ބަންދުގައި ވަނީ 6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މިއަދު އިރެމާ ފްލޮރިޑާއަށް އަރާފައިވާއިރު އަދިވެސް އެ ސްޓޭޓުގެ އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި މީހުން ދިރުއުޅެމުން އެބަދެއެވެ.

ADS BY ASTERS

8 ކޮމެންޓް

  1. ތީ ކަނޑެއް ނޫން ތީ ފަޅެއް، ނޫނީ މޫދެއް

  2. ލޮލް...... ޢެއީ ދިޔަވަރު ހިކިފަ.... ???

  3. އަހރުން މި އުޅޭ ރަށުގަވެސް ތިގޮތަށް ހަވީރާއި ހެނދުނު ކަނޑު ގެއްލޭ .

  4. ހާދަ ތިލަކަނޑެކޭދޯ މަސްތައް ކޮބަައިތަ

  5. ޑިމޮކްރަޓިސްޓް

    ކާކުތަބުނީ ﷲ އިރާދަކުރައްވައިގެން ނޫނޭ.. ކޮންމެ ކަމެއްގެ ވެސް ސަބަބުތަކެއްހުރޭ.. އެކަން އެހެންވަނީ ކީއްވެކަން ސައިންސާ އެހެންކަންކަމުގެ އަލީގަ މިހާރުހޯދޭ.. އެހެންނޫންނަމަ ބައްޔަށް ބޭސްހޯދާނެ ކަމެއްނެތް.. ތިބެންވީނު.. މިދެން މާކަންކަން ދަންނަ ބައެއް..

    • އިޓްސް ނޮޓް ދެޓް ބަޑީ. ﷲ މެދުވެރި ކުރައްވާ ކޮންމެ ކަމަކީ "ސައެންސް" އިން އެނގޭނެ ކަންކަމެއް ނޫން.

  6. Wow kandu dhw hama e gellunee???

  7. ބޭކާރު ވާހަކަ ނުދައްކާ... ތިކަން އުފެދެނީ ﷲ އިރާދަ ކުރެއްވީމާ... ކޮންހާ ބޭކާރު ވާހަކައެއް....