ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީޕް ޓެރިޓަރީގެ އާ އެޑްމިނިސްޓްރޭޝަނުން އެ ސަރަހައްދުގައި ބަނގުރާ ހުއްދަކޮށް، މަސްވެރިންނަށް އުނދަގޫ ވާނެގެން ގަވާއިދު އެކުލަވާލައި، ބޯޓްޔާޑަށް ގެއްލުން ދިނުމުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އެތަނުގެ ސިޔާސަތުތަކަށް ޕަޓޭލް ގެންނަވާ ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ވިދާޅުވެ ރާ ބުއިމާއި ވިއްކުން ހުއްދަ ކުރުން ހިމެނެއެވެ. އެއީ 97 ޕަސެންޓު މުސްލިމް އާބާދީއެއް އޮންނަ އެ ސަރަހައްދުގައި މީގެ ކުރިން މަނާ ކަމެކެވެ. ގެރި ކަތިލުމާއި ގެރީގެ މަސް ކެއުން މަނާކުރާ ގާނޫނެއް ފާސްކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެެއެވެ.

އަލަށް އައި ލީޑަރު ޕްރަފުލް ޕަޓޭލް ވަނީ މަސްވެރިންގެ ހައްގުތަކަށް އަރައިގަނެ، ލަކްޝަދީޕް އަލުން ތަރައްގީ ފެންވަރަކަށް ހަދައިދޭނެ ކަމުގެ ދަޅަ ދައްކައިގެން ރަށުގެ އެތައް ސަރަހައްދެއް ހަލާކު ކުރަމުންނެވެ. އެގޮތުން، ބޯޓުޔާޑްތައް ސުންނާފަތިކޮށްފައިވެއެވެ.

އަންގާރަ ދުވަހުން ކޮންގްރެސްއިން ގޮވާލައިފައިވަނީ މިހާރުގެ ލަކްޝަދީޕް ލީޑަރު ޕްރަފުލް ޕަޓޭލް މަގާމުން ވަކި ކުރާށެވެ. ކޮންގްރެސްއިން ޕަޓޭލް ވަކިކުރަން ގޮވާލައިފައި ވަނީ ލަކްޝަދްވީޕްގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށް، އެތަނުގެ ސަގާފަތްތައް އުވާލަން އުޅޭ ކަމުގެެ ތުހުމަތު ކޮށްފައެވެ. ޕަޓޭލް އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެކެވެ.

ކޮންގްރެސް ޖެނެރަލް ސެކްރެޓަރީ އަދި ސީނިއާ ޕާޓީ ތަރުޖަމާނު އަޖޭ މަކީން ވިދާޅުވީ ލަކްޝަދްވީޕުގެ ވެރިން އެރަށުގައި ތިބި ރައްޔިތުން ނުބައި މަގަކަށް އެޅުމަށް ރާ ހުއްދަ ކޮށްފައިވާ ކަމަށެވެ.

ހަމަޖެހުން ގެއްލި، މަސްލަހަތު ގޯސްވެދާނެ ކަމަށާއި ސަގާފަތް އުވިގެން ގޮސްދާނެ ކަމަށް ބަލައި ޕަޓޭލް މަގާމުން ދުުރުކުރަން ގޮވާލައިފައިވެއެވެ. ކޮންގްރެސް ޖެނެރަލް ސެކްރެޓަރީ ޕްރިޔަންކާ ގާންދީ ވަނީ އޭނާގެ ފުރިހަމަ އެއްބާރުލުން ލަކްޝަދީޕްގެ ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް ފުރިހަމަ އެއްބާރުލުން ދިނުމާއި އެކު، ރައްޔިތުންގެ ހައްގުތައް ހޯދަން މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

 

އެތަނުގެ އާބާދީގެ ތެރެއިން ގިނަ މީހުންނަކީ ސުންނީ މުސްލިމުންނެވެ. ބުނެވޭ ގޮތުގައި އެމީހުންނާއި ދިވެހިންނާއި އެއްގޮތް އެތައް ކަމެއް ހުރެެއެވެ. އެގޮތުން ވާހަކަ ދެކެވެނީ ދިވެހި ބަހުން ކަމާއި ސަގާފަތައް ބެލިޔަސް އެއްގޮތް ގިނަ ކަންތައްތަކެއް ހުންނަ ކަމަށް ބުނެއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މޯޑީޖީ

  މުސްލިމުންނަށް ކުރެވެން އޮތްހާ ޖެއްސުމެން ބީ.ޖޭ.ޕީ .ކުރާނެ ނަސްލުތަކުގެ މެދުގައި ތަޅާފޮޅުން އުފެއްދުމާ އިންޑިޔާ ބައިބައިކުރުން ފިޔަވައި އިތުރު ކަމެއް ކުރާތަނެއް ނުފެނެއެވެ.

  44
  1
 2. Anonymous

  މަލި ކް ފޭރިގަންގޮތަށް މިހާރު އެއުޅެނީ އައްޑޫ ފޭރިގަންނަން. ކޮންމެ ޒަމާނެއްގައި ވެސް އެމީ ހުންއެ ކަންކުރަނީ ގައުމަށްގައްދާރު، ވެރި ކަމަށްދަހިވެތިވެފައިވާ ދިވެހިންގެ ބަޔަ ކާ ގުޅިގެން.

  31
 3. ދަރަނި ދަންތުރަ

  އިންޑިޔާ އަބަދުވެސް މުސްލިމުންނަށް އަނިޔާވެރިވެ ދުއްތުރާ ކުރާނެ އިންޑިޔާ އައުޓް

  34
 4. ......

  އެހެންވިއްޔާ އެމީހުންވެސްވާނީ ހަރުކަށި ފިކުރުގެ މީހުންނަށްތާ...ނަޝީދު އެއީ ބައިބަޔަށް އަޅާމީހާ...އޭނަކައިރިން އަހާލަބަލަ ކުއްޖަކު

  24
  1
 5. ރަށުމީހާ

  ދުވަސްކޮޅަކުން މިރާަޖޭގެ ދެކުނުގެރަށްތަކުންވެސްމިކުޅިގަނޑުފެންނަގޮޔްވާންފަށާނެ ބަލަންތިބެމާހިނގާ

  28
  • ހޯރަ

   އަދިވެސް ބަލަންތަ ތިބެންވީ އިންޑިއާގެ ބަލާވެރިކ ކަމުން މިގައުމު ސަލާމަތް ކުރުމައް
   ޕާޓީ ހަނދާން ނައްތާލާފަ މުޅިގައުމު އެ ކީ ތެދުވަން ޖެހިއްޖެ މިހާރުވެސް ލަސްވެއްޖެ

 6. ރ

  ތި ތަން ރާއްޖޭގެ ތަނަކަށް ހެދޭތީ ސަރުކާރުން މަސައްކަތް ކޮށްދިނުން އެދެން، ތި ތަނަކީ އެންމެ ކުރީގައި ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތްތަނެއް، އޭރު ދަތުރު ފަތުރުގެ ދަތިކަމުން އެތަން ރާއްޖެއިން ވަކިކޮށްފައިވަނީ، އަލުން އެތަން ރާއްޖެ އަށް ހޯދައިދިނުމަށް ހުރިހާ މީޑިއާ ތަށް ބައިވެރިވެގެން މަސައްކަތް ކުރުން އެދެން

 7. ޖުލައި

  ދިވެހިން އަދިވެސް ހޭލާކަށްނުވޭތަ. ހާއްސަކޮށް އައްޑޫގެ ރައްޔިތުން. ވަކި ޕާޓީއަކަށް ތާއީދުކުރަން ތިއްބާ އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް ހިނގައިދާނެ.