ހަނގުރާމަ ހުއްޓާލައިފައި ވަނިކޮށް ހަމާސް ޖަމާއަތުން ހަމަލާދޭން ފަށައިފިނަމަ އިސްރާއިލުން ދޭ ހަމަލާތައް ވަރުގަދަ ވެފައި 'ހިތި' ވާނެ ކަމުގެ އިންޒާރު އިސްރާއިލް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ދީފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތޮނީ ބްލިންކެން އާއި ވާހަކަ ދައްކަވަމުން ނަތަންޔާހު ބުނީ މިހާރު މިއޮތް ހަމަޖެހުން ނަގާލާ، ހަމާސްއިން އިސްރާއިލަށް ހަމަލާ ދީފިނަމަ އިސްރާއިލުން ދޭ ރައްދު ވަރުގަދަ ވާނެ ކަމަށެވެ.

އަދި ދެބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން ދެގައުމު ގުޅިގެން މަސަައްކަތްކޮށް، ހަމާސްއިން ހަތިޔާރާއި އެކު ކުރިމަތިލުމަކަށް އައިސްދާނެ ކަމަށް އެކަމުން ސަލާމަތް ވުމަށް ކުރާނެ ކަންކަމާއި ގުޅިގެން ވާހަކަ ދެކެވިފައިވެއެވެ.

ނަތަންޔާހު ބުނީ އިރާނުގެ އަމަލުތަކާއި މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. މި ވާހަކައިގެ ތެރެއިން އޭނާ ފާހަގަކޮށްފައި ވަނީ އިރާނުން ހަމާސް ޖަމާއަތަށް ހަނގުރާމަ ކުރުމަށް ހިތްވަރުދީ އިސްރާއިލާއި ދެކޮޅަށް އަޑު އުފުލި ކަމަށެވެ.

ބްލިންކަން އާއި ދެބޭފުޅުން ދެކެވުނު ވާހަކައަށް އިޝާރާތްކޮށް ނަތެންޔާހު ބުނީ ސަރަަހައްދުގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން ވަނީ އެހީވާން ނިންމާފައެވެ. މިކަމާއި ގުޅިގެން ބްލިންކެން ވިދާޅުވީ އެމެރިކާއިން ދެވޭ އެހީ އަކީ ހަމާސްގެ ލީޑަރުންނަށް މާލީ ފައިދާއެއްވާ އެހީއަކަށް ވެގެން ނުވާނެ ކަމަށެވެ. ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ވަރަށް ކައިރިން ބަލައި ހަމާސްގެ ލީޑަރުންނަށް ފައިދާއެއް ނުވާނެގޮތަށް އެމެރިކާގެ އެހީ ކުރިޔަށް ދޭތޯ ބަލާނެކަމަށް ބްލިންކެން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރެފްރީ

  އއއމިހާރުވެސް ކަލޭމެންދޭހަމަލާފޮންޏެ އްނޫނޭ!!
  ކަލޭހީކޮށްގެންތިހުރީ ކަލޭމެންހަމަލާތިދެނީ މާމުޔާ އި ހަކުރު އަޅާފާކަމަ އްތަ ؟

  22
  1
 2. ކާފަބޭ2020

  މިބީތާމެނެއްނޫންތަ ކޮންމެރޯދަމަހެއްގެފަހުދިހައިގައަޅުކަންކުރަން މިސްކިތަށްޖަމާވާގިނަމުސްލިމުންފެނި ހިތްދަތިވެގެންހަމަލާދެނީ އެކަންވެސްމިއަޅުވަނީ ފަލަސްތީނުގެއަޚުންނާއުޚްތުންގެބޮލުގަ! މުޖާހިދުންގެހަމަލާތައް ވަރުގަދަވާންފެށީމަ ރަށުތެރޭންއަންނަ ދެކޮޅުހެދުންތަކާހެދިކޮންމެފަހަރަކުހަމަލާދިނުންހުއްޓާލަނީ ރާޑިވެގޮތްހުސްވެގެން!

  4
  1
 3. Anonymous

  ހަޔާތްވެސް ކުޑަ ބީތާއެއް ޔަހޫދީ ކަލޭގެ އަކީ

  8
  1
 4. ލީލް

  ޔަހޫދީ ނަތަންޏާހޫ ޝައިތާނާ ކަލޭގެ ދާއިމީ ގޮވައްޗަކީ ނަރަކައިގެ އަޑި.

  3
  1
 5. ޝިޔާމް

  ހަމާސް އަތުން ބަލިވީމަ ބޮޑާ ހާކަނީ.

 6. އެޖެންޑާ2021

  އެބުނަނީ ތިމަންމެން އަތުގަ އެމެރިކާއިންދިން މާމޮޅެތި ގިނަހަތިޔާރު އެބަހުއްޓޭ ތިމަންމެން ދެކެބިރުން ތިބޭށޭ. އެކަމަ މުއުމިނުންތިބޭނީ ޙައްޤައްސަމާލުވެގެން.އެހެންވީމަ މާތްﷲގެ ނަޞްރުލިބިގެންދާނެކަމާމެދު ޝައްކެއްނެތް. ކާފިރުން ތިބޭނީ ބާޠިލު މަގުގަ. އަހަރެމެންނަށް
  ﷲއާއި އެކަލާނގެ ފޮނުއްވެވި ރަސޫލާއިން ފުދޭ.