ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިންގެ ފަހުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރު ވެފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިވެކްސިންގެ ރައްކާތެރިކަން ލިބޭނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް މޮޑާނާއިން ވަނީ ބުނެފައެވެ.

މިވެކްސިނާއި އެކީ އެމެރިކާގައި ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު ވާނީ ދޭކަށް އަރާފައެވެ. އެގައުމުގައި އުމުރުން 12 އަހާރާއި 15 އަހަރުގެ ދެމެދުގެ ކުދިންނަށް މިވަގުތު ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ.

މޮޑާނާއިން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒާއި އެކީ ރައްކާތެރިކަން 93 އިންސައްތަ އަށް ވާނެ ކަމަށާއި ދެވަނަ ޑޯޒާއި އެކީ 100 އިންސައްތަ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތަށް ދައްކާފައިވަނީ ދެވަނަ ތަހުލީލާއި ތިން ވަނަ ތަހުލީލުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މި ތަހުލީލުތަކަށް 3،700 ވަރަކަށް ކުދިން ވަނީ ބައިވެރިވެފައެވެ.

"އަޅުގަނޑުމެން ޖޫން މަހުގެ ތެރޭގައި މިނަތީޖާތައް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށާއި ބައިނަލްއަގުވާމީ އެހެން އިދާރާތަކަށް ހުށަހަޅައި ހުއްދަ ހޯދާނަން" މޮޑާނާގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސްޓެފެން ބެންސެލް ބުންޏެވެ.

12 އަހަރާއި 17 އަހަރުގެ ކުދިންނަށް ދިނުމުގެ ހުއްދަ މޮޑާނާއިން ހޯދާފައިވާއިރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ 18 އަހަރުން މަތީގެ މީހުންނަށް އެކުންފުނީގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދީފައެވެ.

އެއުމުރުގެ ކުދިންނަށް ބަލީގެ އަލާމާތްތަކެއް ފެންނަން ނެތަސް، ކަމުގެ މާހިރުން ބުނާ ގޮތުގައި ވެކްސިން ދީފިނަމަ، އެކުދިންނަށް ބަލި ނުޖެހި މި ބަލި މަޑުކަމުން ފަސޭހައިން އަރައިގަނެވޭނއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަންމަތީ ސޭޓު

    ރާއްޖެކަހަލަ ކުދިކުދި ނިކަމެތި ގައުމުތަކަށް މިވަބާއިން އަރައިގަނެވޭނީ އެމެރިކާއާ ޔޫރަޕުގެ ގައުމުތަކާއަދި އެނޫންވެސް ބޮޑެތި މުއްސަނދިގައުމުތައް މިވަބާއިން ސަލާމަތްވިދުވަހަކުން