ވެނެޒުއެލާގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެޖެއެވެ.

އިއްޔެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒައިދު ވިދާޅުވެފައި ވަނީ އޭނާގެ އޮފީހުން މިދިޔަ މަހު ނެރުނު ރިޕޯޓުގައި ވާނީ މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ވެނެޒުއެލާ ސިފައިން އެކަށީގެންނުވާ މިންވަރަށް ވުރެ ގަދަ ބާރު ބޭނުން ކުރާކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސެއިން ވަނީ މިކަންކަން ބައިނަލް އަގުވާމީ ތަހުގީގެއް ކުރުމައްވެސް ގޮވާލާފައެވެ.

"ވެނެޒުއެލާ ސަރުކާރުން ދަނީ ޑިމޮކްރެޓިކް މުއައްސަސާތައް ފުނޑާލަމުން އަދި ފާޑު ކިޔާ ފަރާތްތަކުގެ އަނގަ ބަންދުކުރަމުން. އޭގެ ތެރޭގައި އިދިިކޮޅު ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުން ހިމެނޭ ކަމައް" ޒައިދު ވިދާޅުވިއެވެ.

ވެނެޒުއޭލާގެ އިގްތިސޯދު ބޮޑު އަދަވަޅަކަށް ވެއްޓި އެގައުމުގައި ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. ސިޔާސީ ހަމަނުޖެހުން ބޮޑު ވެފައިވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެމެރިކާއިން ދާދިފަހުން ވަނީ އަޅާފައެވެ.

އެގައުމުގެ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި އަދި ރައީސް މަދޫރޯގެ މައްޗަށް އޮތް އިތުބާރު ގެއްލި އޭނާ ވެރިކަމުން ފޭބުމަށް އެގައުމުގެ ރައްޔިތުން ދަނީ ގޮވަމުންނެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ވެނެޒުއެލާގައި ހިންގާ ހަމަނުޖެހުންތަކުގައި ވަނީ 120 މީހުން މަރުވެފައިވާ އިރު
ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގެ ހަމަނުޖެހުން ބޮޑުވެ ދިރިއުޅުމުގެ އަސާސީ ބޭނުން ތަށް ފުއްދުމަށް ރައްޔިތުންނަށް ދަތިތަކާ ކުރިމަތި ވެފައި ވާ އިރު އެގައުމުގެ އިންފުލޭޝަން ވަނީ %700 މައްޗަށް ޖެހިފައެވެ.

 

1 ކޮމެންޓް

  1. ހަމަހުވާ މިއަލިފުދާލު އުވާލަންވެއްޖެ! އަބަދުވެސް ގައުމުތަކާދިމާކުރުން.. މިޔަންމާ، ދިވެހިރާއްޖެ، ނޯތުކޮރެއާ، ޒިމްބާބުވޭ، ވެނެޒުވޭލާ.... ޕިސް ޕިސް