ދެން ދުނިޔެއިން ފެންނާނީ ކޮވިޑަށް ވުރެ ނުރައްކާ، ކޮވިޑަށްވުރެ ފަސޭހައިން ފެތުރޭ އަދި ކޮވިޑަށް ވުރެ މާގިނަ މީހުން މަރުވާ ބައްޔަކަށް ވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އެދަނޮމް ވިދާޅުވެއްޖެއެވެ.
ޓެޑްރޯސް މިހެން ވިދާޅުވީ އދ.މެންބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޓެޑްރޯސް ވިދާޅުވީ ސްޕީޝީސްއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެހެން ވެސް ބަދަލެއްގެ ސަބަބުން ބޮޑު ބަލިމަޑުކަމެއް ފެތުރިގެން ދިއުން އެއީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.
"ގޯހެއް ނުހައްދަވާ ހުރިހާ އަމަލުތަކެއް ވެސް އެންމެ ރަނގަޅަށް ބަހައްޓަވާ. މިއީ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވާނެ އެންމެ ފަހު ފަހަރެއް ނޫން. ކޮވިޑަށް ވުރެ މާނުރައްކާތެރި ވައިރަސް އަކާއި ކުރިމަތިވުމުގެ ފުރުސަތު އެބައޮތް. އެއީ ކޮވިޑް-19 އަށްވުރެ މާފަސޭހައިން ފެތުރޭ، މާނުރައްކާތެރި މާގިނަ މީހުން މަރުވާ ބައްޔަކަށް ވެގެން ހިނގައިދާނެ." ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި، އަދި ވެކްސިން ޖެހި ނަމަވެސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ތިބުން ވެސް އެހައި މުހިއްމު ކަމަށެވެ.
ޓެޑްރޯސް ވަނީ ކޮވިޑް-19 ވެކްސިން ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް އދ.އިން އިސްވެ އުފައްދާފައިވާ ގާވީ ޕްރޮގްރާމަށް ވެކްސިން ހަދިޔާ ކުރުމަށް ފޯރުންތެރި ގައުމުތަކަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ދެން ފެންނާނީ ކޮވިޑަށް ވުރެ ނުރައްކާ، މާގިނަ މީހުން މަރުވާ ބައްޔަކަށް ވެދާނެ ކަމަށް ޓެޑްރޯސް ވިދާޅުވެފައި ވާއިރު ކޮވިޑް-19 އާއި ދުނިޔެ ކުރިމަތިލާން ޖެހުނީ ވެސް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމާއި އެކަމަށް ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށް އެތައް ތަޖުރިބާކާރުންނެއް ވިދާޅުވަމުން ގެންދަވާތާ އެތައް އަހަރެއް ފަހުންނެވެ.
ތަޖުރިބާކާރުން އެފަދަ އިންޒާރުތައް ދެއްވަމުން ގެންދެވި ނަމަވެސް ޑަބްލިއުއެޗްއޯ އާއި އަދި އެހެން ގައުމުތަކުން ވެސް މިފަދަ ބަލި މަޑުކަމަކަށް ތައްޔާރުވެފައެއް ނެތެވެ.
ކޮން ސްޕީޝީސް އެއް ކިޔާ ކަށް އެބަޔެއްގެ ތެރޭގައި ޒިނޭ އާއްމު ވެއްޖެނަމަ މިފަދަ ކިތަންމެ ބައްޔަކާވެސް ކުރިމަތިލާން ޖެހިދާނެ... މިކަމުން ވެސް އެނގިގެން ދަނީ އަހަރެމެންގެ ނަބިއްޔާ ގެ ބަސްފުޅުގެ ތެދުކަން
އަދިވެސް އެއްޖިންސުން ކާވެނި ކުރުމަށް ބާރުދީ މުޅި ދުނިޔެއަށް އެ ކަންފަތުރާ
ވެކްޒިން ޖައްސުވަން އަދިވެސް ނަފްސަނީ ގޮތުން ބަލިކަށިކުރަނީ
އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުމުގެ ހުއްދަ ދެނީވެސް ކަލޭމެންގެ ހުއްދަ އެހުރިހާ ބަޔަކަށް ދީގެން ! އެއީ އިންސާނީ ހައްޤުތަކޭ ކިޔައިގެން ! ދުނިޔޭގެ ސިއްހީ ޖަމިއްޔާގެ ނަމުގައި ތިބެ އިންސާނުން އުފެއްދެވި ހުރިހާ މަޤްސަދެއް ވަނީ ތިޔަކަހަލަ ޖަމިއްޔާތަށް ހިމެނޭގޮތަށް ސުންނާފަތި ކޮށްފަ ! ދެން މާމޮޅުވާހަކައެއްކަމަށް ކަންކަމަށް ތައްޔާރު ނުވަނީ އޭ ގޮވިއަސް ވާނެފައިދާއެއް ނެތް !
ގައުމަށް ޙިދުމަތް ކުރަންތިބި ވެރިން ހުރިހާ ގޮތަކުންވެސް މިހާރަށްވުރެ ބޮޑަށް އަމިއްލަ ނަފްސައްށާއި ގައުމަށް ތެދުވެރިވާން ވެއްޖެ. ޢެނޫންގޮތެށް ނެތްމިގައުމު އިސްލާހުވާނެ. އެކިފަންތީގެ ވެރިން މިގައުމު އެމީހަކަށް ކުރެވެން އޮތް ގޮތަކަށް ވަށްކަން ކުރަމުން ދާއިރު ގައުމު ހަމަޔަކަށް އެޅޭނީ ކޮންގޮތަކުންބާ؟؟
ރުޕީޓް ކޮށްފަ އެއް ވާހަކައެއް އަބުރާފަ.