ދުބާއީގެ ވަލީއަހުދު ޝައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށް އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ. ދުބާއީގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ޝައިހް ހަމްދާނަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެެކެެވެ.
ފިރިހެން ކުއްޖާއަށް ރާޝިދުގެ ނަމުން ނަން ދީފައިވާއިރު، އަންހެން ކުއްޖާއަށް ކިޔާފައިވަނީ ޝެއިހާއެވެ.
ޝެއިހް ހަމްދާން، 38، ކައިވެނި ބައްލަވައިގަތީ 2019 ވަނަ އަހަރު ޝައިހާ ބިންތް ސައީދު ބިން ތާނީ އަލް މަކްތޫމާއެވެ.
ވަލީ އަހުދަށް އެއްމާބަނޑު ދެ ކުދިން ލިބުމާ ގުޅިގެން ދުބާއީގެ މިނިސްޓަރުންނާއި ބޮލޫވުޑްގެ އެންމެ މަޝްހޫރު ފަންނާނުން ވަނީ މަރުހަބާގެ މެސެޖުތައް ފޮނުވައިފައެވެ.
ދުބާއީގެ އިންޓީރިއާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިހް ހަމްދާނަށް ދެ ދަރިން ލިބުމަކީ އުފާ ކުރާ ކަމެއް ކަމަށާއި، ބައްޕައަކަށް ވީތީ ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ.
ދުބާއީގެ ޒުވާން ވަލީއަހުދު ޝެއިހް ހަމްދާން ވަނީ ދެ ކުދިން ލިބުމާއެކު އިންސްޓަގްރާމާއި އެހެން މީސް މީޑިއާ ބޮޑަތި ޕްލެޓްފޯމް ތަކުގައި ދެކުދިންގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރޭގައި ކުޑަ ދެ ކުދިންގެ ފައިތިލަ ފެންނަ ފޮޓޯއެއް ހިމެނެއެވެ.
އިންސްޓަގްރާމުގައި ފޮޓޯ ފްރޭމްއެއްގައި ކައިރީގައި ދެކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ހަމްދާން ވިދާޅުވީ ﷲ އަށް ޝުކުރު ދަންނަވާ ކަމަށެވެ.
އާއިލާއަށް ލިބުނު އުފާވެރި ކަމުގެ ހަބަރު ދެއްވަމުން ޝެއިހް ހަމްދާނުގެ ދައްތަ ވެސް ވަނީ މީސް މީޑިއާގައި ތުއްތު ދެކުދިންގެ ފޮޓޯ ހިއްސާ ކޮށްފައެވެ.
💔
ވަލީއަހުދު ހާދަ ރީއްޗޭ 2 ވައިފް އަކަށް ޗާންސް އެއް ނެތްތައް
އަދި ކިރިޔާ ތި ހަބަރު ގެންނަން އިނގުނީ....
ވަލީއަހުދު އަތުގައި ވަނީ ހުސް ލޭ. ޔަމަނުގެ ކުޑަކުދިންގެ ލޭ. މައުސޫމު އެތައް ފުރާނައެއްގެ ޒިންމާ ދެ ވަލީއަހުދުން ނަގަންޖެހޭނެ.