Bangladeshi Prime Minister Sheikh Hasina, center, meets with Rohingya Muslims at Kutupalong refugee camp, near the border town of Ukhia, Bangladesh, Tuesday, Sept. 12, 2017. Hasina visited the struggling refugee camp that has absorbed some of the hundreds of thousands of Rohingya who fled recent violence in Myanmar, a crisis she said left her speechless. (AP Photo/Saiful Kallol)

މިޔަންމާގެ ސަލާމަތީ ފައުޖުތަކުން ރޮހިންޖާ މުސްލިމުނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމާއި ވޭން ތަހައްމަލް ކުރަން ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް ބަންގްލަދޭޝްއަށް އެތެރެވުމަށް ހުރަސް ނާޅުއްވަނެ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ހަސީނާ ވިދާޅުވީ މިޔަންމާގެ ސަރުކާރުން އެގަމުގެ މުސްލިމުން މަރަމުން ދާތީ އިންތިހާޔަށް ކަންބޮޑުވާ ކަމަށާއި މިހިންގާ ޖަރީމާތަކުން އެކަމަނާވެސް ހުރީ ހުއްލި ޝޮކެއްގައި ކަމަށާއި މި ލޭ އޮހޮރޮވުން ކުށްވެރިކުރާ ކަމަށެވެ.

ބަންގްލަދޭޝްއިން މިޔަންމާގެ ރައްޔިތުން އެތެރެވުމަށް ހުއްދަ ދޭނީ ވަގުތީ ގޮތުން ކަމަށާއި އަދި ވީ އެންމެ އަވަހަކަށް މިޔަންމާ ސަރުކާރުން އެގަމުގެ ރައްޔިތުން އަނބުރާ ގެންދަން ޖެހޭނެ ކަމަށްވެސް ހަސީނާ ވިދާޅުވިއެވެ.

 

ޔަންމާ ސިފައިން މިދިޔަ މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޖާ ދަރިކޮޅުގެ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ މުސްލިމުން މަރާފައިވާ އިރު ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެ މީހުން ދިރިއުޅޭ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ރަކިނީ ދޫކޮށްދާ ގިނަ މީހުން ޖަމާވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.

އެގޮތުން ބަންގްލަދޭޝްއަށް އެތެރެވާ ރޮހިންޖާ މުސްލިމުންގެ އަދަދު ގާތްގަނޑަކަށް މިހާރުވެސް 700000 އަށް އަރާފައިވާ ކަމަށް އ.ދ އިން ވަނީ ބުނެފައެވެ.

މިޔަންމާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތް ވުމަށް އެތަށް ހާސް ބަޔަކު އަދިވެސް ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންދާއިރު މި ޖަރީމާތަށް ފަށާފައި ވަނި ރޮހިންޖާ މުސްލިމުންތަކެއް މިޔަންމާގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ހަމަލާދީ ފުލުހުންތަކެއް މަރާލި ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން މިޔަންމާ ސިފައިންނާއި ބުދިސްޓުން ވަނީ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަޙައިން ސްޓޭޓަށް އަރައި މީހުން މަރައި އަންހެނުން ރޭޕްކޮށް ގެތަކުގައި ހުޅު ޖަހާފައެވެ. އެގޮތުން ރޮހިންޖާ މުސްލިމުން ދިރުއުޅޭ ސަރަހައްދުތަކަށް ދީފައިވާ ގެއްލުންތަށް ސެޓަލައިޓުން ވެސް ފެންނަ ކަމަށް މީގެ ކުރިން އދ އިން ވަނީ ބުނެފައެވެ.

ADS BY SHEESHA

މިޔަންމާ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

2 ކޮމެންޓް

  1. ކުއްވެރިކުރީމަ އެނިމުނީތަ؟ އެކަމު އައިއެސް އާއި އަލްގައިދާ ކުއްވެރިކޮށްފަ ހުއްޓައެއްނުލި އަރާތަޅާބޭލީ.

  2. އަދުގެ ލީޑަރުން ފިލާވަޅުތަކެއް ލިބިގަންނަން އެބަޖެހޭ