ރޮހިންޖާ މުސްލިމުންގެ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިނުވާން ނޯބެލް އިނާމު ހޯއްދަވާފައިވާ މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަދި އެ ގައުމުގެ ސްޓޭޓް ކައުންސިލާ އަން ސަން ސޫކީ ނިންމައިފިއެވެ.

ސޫކީގެ ޕާޓީ ކަމަށްވާ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީގެ އޮފިޝަލަކު "ރޮއިޓާސް" އާ ވާހަކަދައްކަމުން ވަނީ މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގައި ފަށާ މި ބައްދަލުވުމުގައި ބައިވެރިނުވާން ސޫކީ މިފަހަރު ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިނުވާން ސޫކީ ނިންމީ މިޔަންމާގައި ހައްލުކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރުމުން ކަމަށް އޭނާ ބުންޏެވެ.

"ކިޔާފާނެ ފާޑަކަށް ބިރަކުން ސޫކީ ނޫޅުއްވާ. ގައުމުގައި ހައްލުކުރަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި" އޮފިޝަލް ބުންޏެވެ.

މި ބައްދަލުވުމުގައި ބައިވެރިނުވާން ސޫކީ ނިންމިއިރު ބައިމަދު ރޮހިންޖާ މުސްލިމުންނަށް އިހާނެތިކޮށް ހިތާއިރު ވެސް އެއްޗެކޭ ނުބުނެ ހުރުމުން އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ސޫކީއަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މިޔަންމާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތް ވުމަށް އެތަށް ހާސް ބަޔަކު ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންދާއިރު މި ޖަރީމާތަށް ފަށާފައި ވަނި ރޮހިންޖާ މުސްލިމުންތަކެއް މިޔަންމާގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ހަމަލާދީ ފުލުހުންތަކެއް މަރާލި ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން މިޔަންމާ ސިފައިންނާއި ބުދިސްޓުން ވަނީ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަޙައިން ސްޓޭޓަށް އަރައި މީހުން މަރައި އަންހެނުން ރޭޕްކޮށް ގެތަކުގައި ހުޅު ޖަހާފައެވެ. އެގޮތުން ރޮހިންޖާ މުސްލިމުން ދިރުއުޅޭ ސަރަހައްދުތަކަށް ދީފައިވާ ގެއްލުންތަށް ސެޓަލައިޓުން ވެސް ފެންނަ ކަމަށް މީގެ ކުރިން އދ އިން ވަނީ ބުނެފައެވެ.

މިޔަންމާ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

ADS BY ASTERS

Comments are closed.