ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 20 ޑޮލަރު ހަމަޖައްސައިފިއެވެ.

ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަ އަހަރުގެ ބަޖެޓަކަށް އެދިފައިވަނީ 34 މިލިޔަން ޑޮލަރުގެ ބަޖެޓަކަށެވެ. ނަމަވެސް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓުގެ ބާރު އޮންނަ މަޖިލީހުން ވަނީ 20 ޑޮލަރުގެ ބަޖެޓެއް ދޭން ފާސްކޮށްފައެވެ.

މިގޮތަށް ހަމަޖެއްސީ ފިލިޕީންސްގެ ރައީސް މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެގައުމުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް އެ ކޮމިޝަނުން ތަހުގީގް ކުރާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އދ. އާއި އެމެރިކާއިންވެސް ދަނީ ފާޑުކިޔަމުންނެވެ. އެހެންނަމަވެސް، އެ ފަރާތްތަކުގެ ފާޑުކިޔުމަކަށް ބެލުމެއްނެތި، ރޮޑްރިގޯ ހިންގަވާ އޮޕަރޭޝަންވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް 7000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ކަންބޮޑުވުން މިކަމުގައި ފާޅު ކުރަމުންނެވެ. އަދި އެ މައްސަލަތައް ބަލަމުންނެވެ.

ADS BY SHEESHA

 

ADS BY ASTERS

1 ކޮމެންޓް

  1. ސަޅި. ސުޕާހީރޯ އެއްތި