ކޮވިޑް-19 ގެ ދެވަނަ ރާޅުގެ ސަބަބުން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރި ވެވޭނީ 60،000 މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާ އިން އިއުލާން ކޮށްފިއެވެ. އެގައުމުން ބުނެފައިވަނީ 60،000 މީހުންގެ ތެރެއިން ހައްޖުގެ އަޅުކަމުގައި އެ ގައުމުގެ 15،000 މީހުން ބައިވެެރިވާނެ ކަމަށެވެ.

ސެންޓްރަލް ހައްޖު ކޮމިޓީން ބުނެފައި ވަނީ ސައުދީ އިން އިންޑިއާގެ 5،000 ހައްޖުވެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ މީހުންގެ އަދަދު މަދުކުރުމުގެ އިތުރުން، ސައުދީ ސަރުކާރުން އަންގާފައިވަނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފައިވާނަމަ އެމީހަކަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ވުމުގެ ފުރުސަތު ގެއްލޭނެއެވެ.

ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ފިޔަވަޅުތަކެއް އެކުލަވާލައިފައި ވާއިރު، އަޅުކަމުގައި މަސްއޫލުވެ އުޅޭއިރު، ހައްޖުވެރިންގެ ދެމެދުގައި ދެ މީޓަރުގެ ދުރުމިނެއް ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި މިއާއެކު މަސްޖިދުލް އަލް ހަރަމްގެ ކާޕެޓުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑާ ގުޅިގެން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެތައްބަޔަކަށް ގެއްލިފައިވާކަން ފާހަގަ ކޮށްލެވެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ހިމެނޭހެން 2.5 މިލިއަން މީހުން 2019 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެ އަހަރުގެ ހައްޖުގައި އިންޑިއާގެ ލައްކައަކަށް ވުރެ ގިނަ އިންޑިއާގެ މުސްލިމުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވެއެވެ.