އަވަހާރަވި ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ފަސް ގެރިން ޖޫރިމަނާ ކޮށް، މުގާބޭގެ ގަބުރު ކޮނެގެން ނަގަންޒިމްބާބްވޭގެ ކޯޓުން ނިންމައިފިއެވެ.
އެ ކޯޓުން ނިންމީ މުގާބޭގެ ހަށިކޮޅު ވަޅުލާފައިވާ ތަނުން ކޮނެގެން ނަގައި، އަލުން އެހެން ތަނެއްގައި ވަޅުލުމަށެެވެ. މި ނިންމުން ނިންމާފައިވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް ގަވާއިދާ ހިލާފަށް މުގާބެ ވަޅުލުމުގެ އިންތިޒާމް ހަމަޖައްސާފައިވާތީ ކަމަށް ބުނެއެވެ.
މުގާބޭ ވަޅުލާފައިވަނީ ކުތަމާ ވިލެޖުގައި ހުރި އޭނާގެ ގެއެއްގައެވެ.
ނަމަވެސް ޒިމްބާބްވޭގެ އިސް ފަނޑިޔާރު ވިދާޅުވެފައިވަނީ މުގާބޭ ހަށިގަނޑު ވަޅުލަން ޖެހޭނީ ނޭޝަނަލް ހީރޯސް އެކްރެގައި މިއަހަރުގެ ޖޫން މަހު އެއް ވަނަ ދުވަހުގެ ކުރިން ކަމަށެވެ.
އިސް ފަނޑިޔާރު ވިދާޅުވީ އެ ސަރަހައްދުންނާއި ކުތަމާ ވިލެޖް ހިމެނޭހެން މުގާބޭ ވަޅުލި ގޮތާއި ގުޅިގެން އޭނާގެ ކްލޭން މެމްބަރުންގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ވިލެޖު ކޯޓުގައި މި މައްސަލަ ބެލުމަށް ފަހު މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ގަވާއިދާ ހިލާފަ އޭނާގެ ފިރިމީހާ މުގާބެ ވަޅުލާފައިވާ ކަމަށް ވަނީ ނިންމާފައެވެ. ކޯޓުން އަމުރު ކޮށްފައިވަނީ މުގާބޭގެ ހުރިހާ އަންނައުނަކާއި، މުދަލަކާއި، މުގާބޭގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ގެނައުމަށެވެ.
ކޯޓުގެ އަޑު އެހުމަށް ގްރޭސް މުގާބޭ ހާޒިރު ވެފައިނުވާތީ އޭނާ ވަނީ ފަސް ގެރި އާއި ބަކައްޓަކުން ޖޫރިމަނާ ކޮށްފައެވެ. އަދި މުގާބޭގެ ހަށިގަނޑު ކޮނެގެން ނަގައި އަލުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންނަށް ގްރޭސްގެ ފަރާތުން އުޖޫރައެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މުގާބޭގެ އާއިލާއިން ވަނީ މި ނިންމުމާއި ދެކޮޅު ހަދާފައެވެ. އާއިލާގެ ތަރުޖަމާނު ވިދާޅުވީ ޗީފްގެ ނިންމުނެއް ކަމުގައި ވިޔަސް، މި ނިންމުން އިސްތިއުނާފްް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
37 އަހަރު ވަންދެން ވެރިކަން ކޮށްފައިވާ މުގާބޭ އަވަހާރަވީ އުމުރުން 95 އަހަރުގައެވެ. އެއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.
ހާދަބޮޑުޖޫރިމާނާއެއްތި ކުރީ .. އަދި ތީގެތެރެއަށް ދެތިން ކު ކުޅާއި ހާލެއްވެސް އިތުރު ކޮށްލެވުނުނަމަ ތިޔަޖޫރިމާނާ ފުރިހަމަވީސް ..
އެފްރިކާގެ އަސްލު ހީރޯ އަކީ މުގާބޭ. މަންޑޭލާ އަށްވުރެ ފުރިހަމަކޮށް އިސްތިއުމާރީންނާއި ކުރިމަތިލި. މުގާބޭ ޑިކްޓޭޓަރަކަށް ވީ ދޮން މީހުން ފޭރިގެންފައި ހުރި ބިންތައް އަތުލި ހިސާބުން. މަންޑޭލާ ހީރޯއަކަށް ވީ ދޮންމީހުން އަތުން ބިންތައް އަތުނުލުމުން. ސ.އެފްރިކާގަ އަދިވެސް ބާރުގަދަވެފަ މުއްސަންދިވާނީ ކޮން މީހުން.
ހޫންންން... ގެރިއެއް ގަންނަން ލިބޭނެ ފިނިކުރި ކުކުޅެއް ގަންނަން ލިބޭވަރަށް،، ރެފުރީ އިސްތިއުފާ
އޯކޭ ދެދުވަހަށްއިސްތިއުފާދީފިން
ހާހާހާ...