އިންޑިއާގައި ބްލެކް ފަންގަސް ނުވަތަ ކަޅު ފަންގަސް ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުގެ ކެމިކަލް ތަކާއި ފާޓިލައިޒާސްތަކާއި ހަވާލުވެ ހުންނެވި ޖޫނިއަރ މިނިސްޓަރ މަންސުކް މަންޑަވިޔާ އަނީ ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ މި ބައްޔަކީ އެއީ ވަރަށް މަދުން ފެންނަ ނުރައްކާތެރި ބައްޔެއް ކަމަށާއި މިވަގުތު އެގައުމުގައި ކޮވިޑް ޖެހިފައިވާ ބަލި މީހުންނަށް މި ބަލި ހަލުވި ކަމާއި އެކީ ޖެހެމުން އަންނަ ކަމަށެވެ.

އޭނާ ވި ވީ،ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންގެ ތެރެއިން މި ބަލި ބޮޑަށް ޖެހެނީ ހަކުރު ބަލި ހުންނަ ފަރާތްތަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުއްލި ގޮތަކަށް މި ބަލި ފެތުރޭތަން ފެނިފައިވަނީ މޭއި މަހުގެ ފަހު ހަފްތާގެ ތެރޭގައި. މިހާތަނަށް 10،000 ވަރަކަށް މީހުންނަށް މި ބަލި ވަނީ ޖެހިފައި" މަންސުކް ވިދާޅުވެފައި ވެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ކަޅު ފަންގަސް އެގައުމުގެ އަށް ސްޓޭޓަކުން ވަނީ ފެނިފައެވެ. ހަމަ މިއާއި އެކީ މި ބަލި ޖެހިގެން މަހްރަސްތަރް ސްޓޭޓުން މިހާތަނަށް 120 މީހަކު ވަނީ ޖެހިފައެވެ. އެސްޓޭޓްގެ ހެލްތް މިނިސްޓްރަ ރަޖޭޝް ޓޯޕް ވިދާޅުވެފައި ވަނީ މިހާތަނަށް އެ ސްޓޭޓުން 2،245 މީހަކު މި ބަލި ޖެހިފައިވާ ކަމަށެވެ.

މި ބަލި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނައިރު، ބައްޔަށް ފަރުވާ އެއް ކަމަށް ބުނާ "އެޕްފޮޓޯރިސިން ބީ" ގެ ދަތުކަން ގިނަ ސްޓޭޓްތަކަށް ވަނީ ކުރިމަތިވެފައެވެ.

މަންސުކް ބުނެފައިވަނީ މިފަދަ ބައްޔެއް މިހާ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނައިރު، އިންޑިއާގައި ބޭސް އުފެއްދޭނެ އިންތިޒާމު ވެސް ގަށްވެފައިވާ ކަމަށެވެ. އަދި އޭނާ ބުނީ އެ ބޭހުގެ 700،000 ބޭސް އެގައުމަށް ބޭރުން އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.