އެމެރިކާއިން ފަލަސްތީނަށް ދެމުންގެންދާ މާލީ އެހީތެރިކަން އިތުރުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި ފަލަސްތީނަށް ދެމުން ގެންދިޔަ އެހީ ބޮޑު ތަނުން ކުޑަ ކޮށްފައިވަނިކޮށެވެ.

އެމެރިކާ އިން މި އެހީ ދީފައި ވަނީ އެގާރަ ދުވަސް ވަންދެން އިސްރާއީލުން ފަލަސްތީނަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ގެއްލުންވެފައިވާ ތަންތަން އަލުން އާރާސްތު ކުރުމަށާއި، އިގްތިސާދު ކުރިއެރުވުމަށެވެ.

ފަލަސްތީނުގެ ރައީސް މަހަމޫދް އައްބާސްއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތޮނީ ބްލިންކެން ވިދާޅުވީ އެމެރިކާއިން އެހީގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ޣައްޒާއަށް އެހީ ވުމަށް ކަމަށާއި، 32 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އދ އިން ގާއިމް ކޮށްފައިވާ އިދާރާއަށް އެހީތެރިކަމެއް ފޯރު ކޮށްދިނުން ކަމަށެވެ.

އެމެރިކާއިން ފަލަސްތީނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި ބަލާފައިވަނީ ހަމާސް ޖަމާއަތައް އޭގެ އެއްވެސް ފައިދާއެއް ނުވާނެ ގޮތަކަށް އެހީތެރިކަން ދިނުމަށް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަ މަގެއް ހޯދުމުގެ ގޮތުން އިރުމަތީ ގުދުސްގައި އެމެރިކާގެ ކޮންސުލޭޓެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށްވެސް ބްލިންކެން ވިދާޅުވިއެވެ. މި ނިންމުމަކީ ޓްރަަމްޕުގެ ވެރިކަމުގައި ނިންމާފައިވާ ގޮތެއް ކަމަށާއި، އެކަން ތަންފީޒު ކުރުން އަވަސް ކުރުމަށް މިހާރުގެ ސަރުކާރުން ބޭނުންވާ ކަމަށާއި، އެކަމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ.

މި މަހުގެ ދިހަވަނަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް މިހާރު މެދުކަނޑާލާފައިވާ އިރު ބޭނުންވަނީ އެގޮތުގައި ދެމިގެން ދިޔުން ކަމަށް އެމެރިކާއިން ބުނެއެވެ. އެންތޮނީ ބްލިންކެން ވަނީ އިސްރާއިލުގެ ބޮޑުވަޒީރާއި މީގެ ކުރިން ބައްދަލު ކުރައްވާ، އެ ސަރަހައްދުގެ ހަމަޖެހުމާއި މަސްލަހަތު ދަމަހައްޓަން މަސައްކަތް ކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ......

  ވަރަށް ބޮޑު ގޯހެއް ތިހަދަނީ....ތި ފައިސާ ނެގުމަށްވުރެ ބަނޑަށް މަރުވުންވެސް ފަލަސްތީނަށާއި އިސްލާމީ އުންމަތަށް ހެޔޮވެގެެންވޭ...

  18
  4
 2. ޖޖޖޖޖޖ

  ފަލސްތީނު މިވީ ގެވެށި އަނިޔާލިބޭ މީހަކަށް.
  އިންތިހާއަށް އަނިޔާކޮށްފަ ރީތިކޮށް ދެފަހަރަކު އަނގައިން ބުނީމަ ކޯޓުގަ ބުނާނެ އަނިޔާއެއް ނިލިބެއޭ. ދައުލަތުގެ ވަކީލުންގެ ރެއާ ދުވާލުގެ މަސައްކަތް ފެނަށް.
  ފަލަސްތީނުން މިފައިސާ ބޭނުން ކުރީމަ އެމީހުންނަށްޓަކައި އެމެރިކާއާ ދެކޮޅަށް އަޑުނއުފުލި އެންމެނގް މަސައްކަތް މިޖެހުނީ ކޮންތާކު؟

  7
  1
 3. ލޮލް

  ސަލާންޖަހާ ބައިގަޑެއް

  5
  1
 4. ވެރިން

  ފަހަތުން އިޒްރާއީލަށް ބިލިއަނުން ފައި ސާގެ އެހީޔާ ހަތިޔާރުގެ އެހީ

  7
  1
 5. ާއަހުމަދު

  ބެދޭމަޅިއެއް ތީ ސަލާމަތް ނުވާވަރުގެ

  6
  1