ދުނިޔޭގެ ފުރަތަމަ އެކޯ ފްރެންޑްލީ ފްލޯޓިން މޯބައިލް ހައުސް އަޅައިފިއެވެ.

މި ފްލޯޓިން މޯބައިލް ހައުސް އަޅާފައި މިވަނީ ދުބާއީގެ ރަސް އަލް ހައިމަގެ އަލް ހަމްރާ ޕޯޓްގައެވެ. މި ފްލޯޓިން ހައުސްގެ ބޮޑުމިނުގައި 300 ސްކެއާ މީޓަރު ހުންނަ އިރު މިތަން އަޅާފައި ވަނީ ދެ ބުރިއަށެވެ.

ފުރަތަމަ ފްލޯޓިން ހައުސް އަށް ދީފައިވާ ނަމަކީ "ނެޕްޓޫން" އެވެ. މި ފްލޯޓިން ހައުސްގެ މަތީގައި ބިއްލޫރިން ހަދާފައިވާ ސުވިމިން ޕޫލް އެއް ހުރެއެވެ. އަދި ބޮޑު ބެލްކަނީއެއްވެސް މިތަނުގައި ހުރެއެވެ.

ނެޕްޓޫންގެ ފުރަތަމަ ފްލޯގައި ހަތަރު ކޮޓަރި ހުރެއެވެ. މިއިން ކޮންމެ ކޮޓަރިއެއްގައި ފާހަނާއެއްވެސް ހުރެއެވެ. މިތަނުގެ ތަޅުން ހަދާފައި ހުންނަ ގޮތުން މޫދުގެ އަޑިވެސް ފެނެއެވެ. އަދި މިތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ކޮޓަރިތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

މި ފްލޯޓިން ހައުސްގެ ވެރިފަރާތުން ބުނީ ދުބާއީގައި މިތަން ހެދީ ދުބާއީއަކީ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ފަތުރުވެރިކަން ފުޅާވެފައިވާ ތަނަށް ވާތީ ކަމަށެވެ.

ދުބައިގައި ފްލޯޓިން ސިޓީތައް ހަދަމުންދާއިރު މި ޕްރޮޖެކްޓުގެ ދަށުން ލަކްޒަރީ ހޮޓެލް ފެންވަރުގެ 156 ސޫޓްސް، ކޮޓަރި އަޅާނެއެވެ. މި ޕްރޮޖެކްޓަަކީ ދުބައިގެ 870 މިލިއަން ދިރްހަމް އަށް އެޅި ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޣޯސް

    ތިޔައީ ހަމަ އޮޑިދޯނިފަހަރު ޑިޒައިން ބަދަލުކޮށްލުން

  2. ލޮލް

    ކޮބާ ރާއްޖޭގައި އަޅާ ފުލޯޓިން ހައުސްތައް؟ ވިހޭއިރުއްސުރެން މިއަދާ ހމައަށް ލިބުނު ލާރި އެއްކޮށްގެން މިހިރީ ރާއްޖެއިން ފުލޯޓިން ހައުސްއެއް ގަންނަން. މިހާރު މިވީގޮތުން މިޖެހުނީ ދުބާއީއަށްބަދަލުވާން.

    11
  3. އޮވެދާނެއެއްނު

    އެއްވެސް ކަހަލަ އޮއެއް ވައެއް ޖެހޭތަނެއްނޫން ދެން އަޅާފަ ބާއްވަންވީނު

  4. ދަރަނި ދަންތުރަ

    ދޮންމަނިކާ މަޑުކޮށްލާ 2023 ގެ ރިޔާސީ އިންތިހާބަށް ރީނދޫ ޕާޓީން ތައްޔާރުކުރާ މެނިފެސްޓޯގައި ލަގުޒަރީ ފުލޯޓިންގ ފުލެޓު ތަކެއްގެ ވާހަކަ ލިޔާނެ ، ދެން ރައްޔިތުން ލަވަކިޔާ ނަށާފަ ތިލަފަތަށް ވޯޓުދޭންވާނެ އެ ހިސާބުން ދެން ....

    12
  5. އަހަންމަދު

    ތިތަނުގަވަރަށްއެކޯވާނެތާ! އެވަރަކުންއެހާއެކޯވާތަނެއްހެދުމުގެބޭނުމަކީ؟