އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް ވޭރިއެންޓް 53 ގައުމަކުން ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ރަސްމީ ރިޕޯޓުތަކުން 53 ގައުމަކުން އިންޑިއާއިން ފެނުން ކޮވިޑް ވޭރިއެންޓް (ބީ.1.617) ފެނިފައިވާއިރު، ނުރަސްމީ މައުލޫމާތު ތަކަކުން އިތުރު ހަތް ސަރަހައްދަކުން އެ ވޭރިއެންޓް ފެނިފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. އދ. ގެ ހެލްތް އެޖެންސީއިން ބުދަ ދުވަހު އިއުލާން ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިހާތަނަށް 60 ގައުމަކުން އިންޑިއާ ވޭރިއެންޓް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބީ.1.617 ވޭރިއެންޓަކީ ފެތުރޭލެއް އަވަސް އަދި ބަލީގައި ބޮޑުވަރު ވުމުގެ ފުރުސަތު ބޮޑު ވައްތަރެއް ކަމަށެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދާއި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ ދަށް ވެފައެވެ. އެގޮތުން ދުނިޔެއިން 4.1 މިލިއަން މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، 84،000 މީހުން ކޮވިޑުގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ވޭތުވެދިޔަ ހަފްތާތެރޭގައި އިންޑިއާއިން 1,846,055 މީހުން ކޮވިޑަށް ފައްސި ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ދިރާސާ ތަކުން ދައްކާގޮތުން އޭގެ ކުރީ ހަފްތާއާއި އަޅާ ބަލާއިރު، އިންޑިއާއިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 23 އިންސައްތަ ދަށަށް ގޮސްފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އިނގިރޭސި ވިލާތުން ދެނެގަނެވުނު ބީ.1.1.7 ވޭރިއެންޓް 149 ސަރަހައްދަކުން ފެނިފައިވާއިރު، ސައުތް އެފްރިކާއިން ފެނުން ބީ.1.351 ވޭރިއެންޓް 102 ސަރަހައްދަކުން ފެނިފައިވާ ކަމަށެވެ. އަދި ބްރެޒިލްއިން ފެނިފައިވާ ޕީ.1 ވޭރިއެންޓް 59 ސަރަހައްދަކުން ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންޑިޔާވޭރިއަންޓް

    އިންޑިޔާއިން ދެނެގަނެވުނު އެއްނޫން. އިންޑިޔާ ވޭރިއަންޓް

  2. ބޭޗާރާ

    އިންޑިޔާ ކޮވިޑް އެންމެބޮޑަށް ފެތުރޭނީ އިންޑިޔާ މީހުން ދާ ގައުމުތަކުގައި.

  3. ގޯސް

    ރައްޔިތުން އެއްބާރުލުންނުދީގެންނެއްނޫ އަދި އިންޑިޔާއިން މީހަކު ނުގެނެވގެންނެއްނޫން މިއުޅެނީ މިއުޅެނީ ދޯހަޅިސިޔާސތުގެ ސަބަބުން ޑޮަރު ބޭބޭނުންވެގެން އިންޑިޔާއިން ބަލިމީހުންތަކެއް އެތެރެކޮ ށ ްއިންޑިޔާގެ ފެސސިލިޓީއަކަށް ރާއްޖެ ހެދިހިޔާބުން އެކަމުން ސަލާމތް ވާން މިހާރު ޖަހާނެ މަޅިއެއް ނޭގިގެން މިހާރު އިންޑިޔާއިން ކޮްމެވެސް މީހަކު ގެންނަްމަސައްކަތް ކުރާނެ ކަމެއްނެތް ރައްޔިތުން މިހުރިހާކަމެއް އެބަބަލާ ަމަގާތުން